މިނިސްޓަރު އަބްދުﷲ މުއްތަލިބް: ފުށިދިއްގަރާ އެކު ގުޅީފަޅާއި ގިރާވަރު ތަރައްގީ ކުރަން ވެސް އިސްކަންދޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 ނޮވެމްބަރ 2023 - 11:13
ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ހޯދަން މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރިޔަސް ގުޅީފަޅާއި ގިރާވަރުފަޅުގެ ހިއްކި ސަރަހައްދަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވެސް އިސްކަން ދެއްވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު މައްސަލައަށް ހައްލު ހޯދައިދެއްވަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގައި ފުށިދިއްގަރު ބޮޑު އާބާދީއަކަށް ތަރައްގީކުރަން ޕްލޭނެއް ހައްދަވާނެކަން ވަނީ އިއުލާންކުރައްވައިފަ އެވެ.
"ފުށިދިއްގަރަކީ މި ސަރުކާރުން 20 އަހަރުގެ ޕްލޭނެއްގެ ދަށުން އެންމެ އިސްކަމެއްދީގެން ތަރައްގީ ކުރާނެ ތަން ނަމަވެސް, ގުޅީފަޅާއި ގިރާވަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އިސްކަން ދީގެން ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވި."
— Mihaaru (@Mihaarunews) November 30, 2023
ތަފުސީލު: https://t.co/37RDQ4GqgK pic.twitter.com/U4TdNlorNZ
ކުރީގެ ސަރުކާރުން ވަނީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަން ފަށައި، އެ ތަންތަނުން ބައެއް މީހުންނަށް ގޯތި ދޫކޮށް މީހުން އާބާދުކޮށް ސިޓީތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމައިފަ އެވެ. ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ހިމަނާފައިވަނީ ފުށިދިއްގަރުފަޅު ހިއްކަން ފެށުމެވެ.
މިނިސްޓަރު މުއްތަލިބު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅުގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތްތަކަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ. އެކަމަކު، ގުޅީފަޅުގެ ބިން ހިއްކައި ސަރުކާރާ ހަވާލުކުރަން އޮތް ތާރީހަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަސް ކަމަށާއި އެތަނުގައި މަޝްރޫއުތައް ފެށޭނީ އޭގެ ފަހުން ކަމަށެވެ.
"އަޅުގަނޑުމެން ޕްލޭން ކުރަން ޖެހޭނީ 2025 އަހަރު އެ މަސައްކަތްތައް ފެށުމަށްޓަކައި. ވަރަށް ކުޑަ ވަގުތު ލިބުނީ މި އަހަރުގެ ބަޖެޓް ހަދަން ވެސް، އެހެންވެ އެ ހުރިހާ އެއްޗަކަށް ޕްލޭން ކުރެވިފައެއް ނޫން ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ވެސް ބަޖެޓްކޮށްފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ގުޅީފަޅުގައި ޕޯޓް ހަދަން ނިންމާފައިވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމެވެ. އެހެންކަމުން، މިހާރު ގުޅީފަޅާ މެދު އޮތް ޕްލޭނަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އަބްދުﷲ މުއްތަލިބް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ފުށިދިއްގަރާ އެކު ގުޅީފަޅާއި ގިރާވަރު ތަރައްގީ ކުރަން ވެސް އިސްކަންދޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ކުރީ ސަރުކާރުން ގޯތި ދޫކޮށްފައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވުނު ނަމަވެސް، އެތަނުގެ ޝޯ ޕްރޮޓެކްޝަން ފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގިރާވަރާއި ގުޅީފަޅާ ގުޅުވުމަށް ވެސް މާލެ-ވިލިމާލެއާ ދެމެދު އަޅާ ބްރިޖަށްވުރެ ދިގު ބްރިޖެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ޕްލޭން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން އެކަމާ ގުޅޭ ޕްލޭނެއް ވެސް ހަދާފައި ނެތެވެ.
"އަދި ބަޔަކަށް ބިންތަކެއް ދީފައި އޮތް ނަމަވެސް، ފެނާއި ނަރުދަމާ ކަރަންޓާއި މަގު ހެދުމާއި އަދި ގިރާވަރަށް ގެންނަން ޖެހޭ ބްރިޖް ކަނެކްޝަން އަކީ ވެސް ކުރަންޖެހޭ މަސައްކަތްތަކެއް. ހަރަދު ވެސް ބޮޑު ކަންތައްތަކެއް. އެހެންނަމަވެސް، އެ ކަންތައްތައް ރައްޔިތުން އާބާދުވާން ބިންތަކެއް ދީފައި ހުރި ތަންތަނަށްވާތީ ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"100 ދުވަހުގެ ޕްލޭންގައި އެ މަސައްކަތްތައް ނެތް ނަމަވެސް، ހަމަ އިސްކަން ދީގެން އެއަށް ބޭނުންވާ ފަންޑިން ހޯދައިގެން އެއަށް މަސައްކަތް ކުރާނެ ކަންތައްތައް އެއީ."
ގުޅީފަޅު: އެ ތަން ތަރައްގީ ކުރަން ވެސް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ވެގެން ދިޔައީމަ މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް އެތަން ވާނެ ކަމަށެވެ.
"ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނިފައިމިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން. ޕްލޭނިން ސްޓޭޖްގައި އަދި އޮތީ. ފަންޑު ހޯދާނެ ގޮތާއި އެފަދަ ޕްލޭނިން ސްޓޭޖްގައި ރައީސް އޮފީސް ތެރޭ އެ މަސައްކަތްތައް އެބަ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ތަނަކީ މާލެ އަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަން" އެކެވެ. އެ ތަނުން ގޯއްޗާއި ފްލެޓް ވެސް ދޫކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެ މީހެއް، މާލެއިން ގޯތި ލިބުން މުހިއްމެއް ނޫން، ކުރިޔަށް 50އ ޕްލޭން ކުރާ ތަނަކުން ލިބުން މާބޭނުން
01 December 2023
ފުށިދިއްގަރު ފަޅަށް މިހާ ފޯރިއެއް މިހުރީ ކީއްވެބާ، ކިތަށް ރަށް ކިތަށް ފަޅު ކުޑަހަރަދަކުން ގުޅުވެން އެހުރީ، ތ، ގއ، ގދ، ސ މިނޫނަސް ކިތަށް ތަން، ލޯންގް ޓާރްމް ޕްލޭން ތަކެއް ކަނޑައަޅާފަ ރައީސުންނަށް ނުކުޅެވޭ ގޮތަށް ހެދުން މުހިއްމު. މިހާރު މިދާ ގޮތުން.
މިވެރިކަން
01 December 2023
ސެޓްފިކެޓް އޮތް ކޮންމެ މީހަކީ ކަންކަން ހިނގޭނެ ބަޔެއް ނޫންކަން ، މިފަސް އަހަރު މިކަން ވަރަށް ރަނގަޅަށް ތަޖްރިބާ ކުރެވޭނެ، ބަލަން ތިބޭ. {ތައުލީމީ ގާބިލް ވައުދު}
ބޮޑުރިޔާ
30 November 2023
މުޅި ރާއްޖެ އެއީ މާލެ ކަމަށް ހަދާލީމާ މައްސަލަ ހައްލުވީ އޭރުން ކޮންމެމީހަކަށް ގޯތި ލިބޭނީ ހަމަ މާލެ އިންދެއްތޯ ފުށި ދިއްގަރު ފަޅު އެއީ މާލޭގެ ބަޔަކަށްވެ އެތަނުން މާލޭ ރައްވެހިންނަށް ގޯތި ދެވެންޏާ މުޅި ރާއްޖެވެސް އެއީ ހަމަ މާލެ
ސުނާރު
30 November 2023
ތިޔައީ މިވަގުތަކަށް ހިއްކާ މަންޖޯޅިޖެން ފައިސާ އަސްރާފު ކުރާކަށް ބޭނުން ތަނެއްނޫން ތިކަން ފަހުގެ ތާރީޚަކަށް ބާއްވާފަ މިހާރު ހިއްކަންފަށާފަހުރި ތަންތަން އިތުރަށް ހިއްކާ ބިންއިތުރުކޮށް ފުލެޓާ ގޯތިދޭން ތިފައިސާ ޚަރަދުކުރުން މާ ބޭނުންތެރި
ވިސްނާލުމަށް އެދެމޭ
30 November 2023
ރމައުމޫނު ވެރިކަންކުރީ 30އަހަރު...މުއިއްޒު ވެރިކަންކުރަން މިއުޅެނީ 20އަހަރަށްބާ ވިހިއަހަރުގެ ޕްރޮޖެކްޓެ 100ދުވަހުގެ ވައުދުތެރެއަށްލާ ބަޖެޓްކަޑައަޅާފަ މިއޮތީ...އަހަރެމެން މިތިބީ ގުޅިފަޅާ ގިރާވަރުފަޅާ އުތުރުތިލަފަޅުގެ އިންތިޒާރުގަ މިތަންތަން ހިއްކާފަ އަސާސީ ޙިދުމަތްގާއިމުކޮއްފަ ދިރިއުޅެވޭނެގޮތް ހަމަޖައްސާފަ ދެން ތި ފުޑިދިއްގަރާ ހިފާބަލަ.ޕޯޑިޔަމެއްގަހުއްޓޭއިރަށް ވައުދުފުންޏެ ވަންޏާވާނީމިހެން ކޮއްމެމީހަކުވެސް ގޮނޑީގައިށީނީމަ އިގޭނީ ގޮނޑީގެހުރިވަރެއް
ސޭކުބެ
30 November 2023
ފުށިދިއްގަރުފަޅަކީ މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރަންޏާ އެނޫން އެހެންރަށެއްވެސް ހަމަ އެގޮތަށް ތަރައްޤީކުރެވިދާނެކަމަށް ދެކެން. ކޮންމެހެން ހަމަ އެފަޅަށް އެތަންވާކަށްނުޖެހޭ. މާލެ އަތޮޅުންވސް މާފުށިކަހަލަ ބޮޑެތިފަޅުހުރި ރަށްތައް އެބަހުރި. ތިގޮތަށް ގޯތި ދީގެން މާލޭ ރަށްވެހިންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަން ފިލުވަން ރާއްޖޭގެ އެހެން ރަށަކުންވެސް ބިންދެވިދާނެ. ސުވާލަކީ އެއީތޯއޭ މާލޭ މީހާ ބޭނުންވާ ގޮތަކީ
އަފްރާސިޔާބު
30 November 2023
ލ. ގަމު ފަޅަކީ މާބޮޑު ފަޅެއް. އެފަޅު ހިއްކައި ފިއްޔާ ރާއްޖޭގެ އެހެން ފަޅުތައް ހިއްކާކަށްވެސް ނުޖެހޭނެ. އެތަނަށް ރާއްޖޭގެ އެންމެންވެސް އަޅާލެވޭނެ. ޢަދި ގދ. ހޯނޑެއްދޫ ފަޅަކީ އެއަށްވުރެވެސް ބޮޑު ފަޅެއް. އެދިޔަގޮތަށް މަޑަވެލިން ފެށިގެން ފިޔޯރީގެ ނިޔަލަށް ވަރަށް ފަސޭހައިން ހިއްކާލެވޭނެ. ރާއްޖޭގެ އާބާދީގެ 20 ގުނަ އެތަނުގައި އެކަމޮޑޭޓް ކޮށްލެވޭނެ. މިކަންކަމަށް ޑރ. މުއްތަލިބުމެން ވިސްނާބަލަ.
52525
30 November 2023
މި ސަރުކާރުން ކުރައްވަން ވީކަމަކީ ސްޓެލްކޯ ފްލެޓާ ފަހި ދިރިއުޅުން ފްލެޓާ ދޭތެރޭ އޮތް 40 ވަރަކަށް ފޫޓުގެ ފުޅާ ބިމިން މިދިޔަ ސަރުކާރުން ދިން ގޯތި ތައްވެސް ހަމަ ދޭންވީ. ދެން ވިނަރެސްގެ ކައިރިންއޮތް 20 ވަރަކަށް ފޫޓުގެ ތަނަކުން ދީފަ އޮތް ގޯތިވެސް ދޭންވީ. އެކަމަކު ކުދި ބިންކޮޅު ކޮޅު ދީފަ ހުރި ތަންތަން ހަމަ ދެއްވާ. އެކަމަކު 2 އޮފަރ ކުރައވާ އެތަންތޯ ނުވަތަ ހިޔާގެ ބޭރަށް އޮތް ތަނުން 1500 ތޯ ނުވަތަ ފުށި ދިއްގަރުން 3000 އަކަފޫޓްތޯ ބޭނުމީ ބައްލަވާ.
ޜޯނުއެދުރު
30 November 2023
ތާކުން ތާކުނުޖެހޭ ވާހަކަ ކީއްކުރާނީ މިވެސް މިނިސްޓަރެއް،، އެއްވަނައިގެ ބޮޑު މާލެދާން ނުޖެހޭ ސިޓީއެކޯ.. ވަރުގަދަ ހޮސްޕިޓާ ތަކާ ކޮލެޖުތަކާއެކު މާލެކާރީ ހެދުމުގެ ބޭނުމަކީ ކޮބާތޯ،، މީހުންގިނަ މާލެއާދުރުހިސާބެއްގަ އާބާދުކުރީމަ އެފަދަ ހިދުމަތަށް ބޭނުންވެފަ ތިބި އެތައްހަސްބަޔަކަށް ފަސޭހައެއްވެދާނެތީތޯ،، މާލެއާ ހުޅުމާލެވެސް ތިއޮތީނޫންތޯ،،
ކޮސްބޮލާ
30 November 2023
މިހިރަ ދިދަޔާއެވެ. ފުށި ދިއްްގަރު ހިއްކާދެއްވާށެވެ. ތިޔަހެން ވިހިރުވި ވިހުރިވި ހުރެ މިފަޅު ނުހިއްކިއްޖެނަމަ އަހަރެންގެ ބަހުގެ އިތުބާރު އިތުރައް ގެއްލޭނެއެވެ. މިހާރުވެސް ތިޔަދިދަޔާގެ ސަބަބުން އެގޮތް މިގޮތުން ރައީސް ޔާމީނު މައިތިރި މިވަނީ ހަމަ ކިރިޔަކިރިޔާއެވެ. ތިޔަ ދިދަޔާ އިތުރު އެހީއެއް ނުވެއްޖެނަމަ ރައީސް ޔާމީނުގެ ސިޔާސީ ކަސްތޮޅު ކެނޑި އަހަރެންގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހައިފާނެއެވެ. ދިދަޔާއެވެ! ޔާމީނުގެ ފާރާތުން ސަލާމަތްކޮށްދޭށެވެ.
ފދސސ
30 November 2023
ހާދަ މަޖަލޭ! ހަހަހަހަހަ. ބަލަ މިހާރު ތި ދެން ކޮޕީ ކުރަނީ؟ ކުރިން ހަމަ ތި ފަތިވަރު ނޭނގުނީތަ؟ މީހަކުކީމަ މަލާމަތަކަށޭހިތާތަ ތި ކިޔަނީ. ދިވެހި ގައުމު މިހާތަނަށް ދުއް އެންމެ ގައުމީ އަދި އިޖުތިމާއީ އިލްމީ ތަގުރީރޭ އެއީ. ޖާހިލަކަށް އިލްމުވެރިއަކާ އެއްވަރެއް ނުވެވޭ.
ސާންތި
30 November 2023
ތަގުރީރް އިލްމީކުރީ ނޫސްވެރިޔާގެ ގަލަމުންނެވެ. އެހެންވީމައި އެނޫސްވެރިޔާއަށް އެވޯޑްދީފައި އެފަހު ތަޤްރީރްގެ ވާހަކައިން އުޅޭނީއެވެ.
ރުވާ އައިޝަތް
30 November 2023
އަހަރުމެންގެ އުންމީދަކީ ތި ފަޅު. މި ސަރުކާރުން ވަނީ ކަނޑުން ފުލެޓުވެސް ދީފަ ގޯތިވެސް ދީފި. ޑރ. މުއިއްޒު އަހަރުމެން މަގުމަތި ނުކުރާނެކަމުގެ އުންމީދު އެބައޮތް