03 ޑިސެމްބަރ 2023 - 11:27
އދ. ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެ ރަށުގެ ކުނިގޮނޑުން މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާކަށް ހާއިރު ކަމަށެވެ.
އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "މިހާރު" އަށް ވިދާޅުވީ ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ގެއަކުން ނުވަތަ ގެސްޓް ހައުސްއަކުން ނެގި ކޮތަޅެއް ކަމެއް އަދި ނޭނގެ އެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުއްޖާ އޮތީ ޑަސްޓްބިން ބޭގެއް، ކަޅު ކޮތަޅެއްގެ ތެރެއަށް ލައިފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފުސީލު ދެވެން އަދި ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އނއސ
04 December 2023
ބޮންދަކު ކުރާނީ ތިކަހަލަ ކަމެއް. މި ގައުމު ތާހިރު ކުރަން އެބަޖެހޭ ބޮންދުން ގެ ނުތާހިރު އަމަލު ތަކުން. ކުރިން ދުވަހު ދަރި ގޮވައިގެން އާރޓިފިޝަލް ބީޗަށް އިރާ ކޮޅުގައި ، ދެ ބޮންދުން މޫދުގަ ތިބެ ބޭ އަދަބީ އަމަލު އެހިންގަނީ،. އަލުގަނޑު ކާއޭ މެން ރޫމެއް ހޯދައިގެން ދާށޭ ބުނުމުން އަންހެން މީހާ އެތަނުން، ހުރެފާ ބުނީ ކައޭ ވެސް މި ފިރިހެން މީހާ ބޭނުން ވީ ދޯއޭ. އަދި އަހަރުމެން ދާން ޖެހުނީ އެމީހުން ހަމަ އެހާލުގައި ކުރިޔަށް ގެން ދިޔައީ. މިއީ މިޔަދުގެ ހާލަތު.
ކުޑަހުވަދޫ ކުއްޖެއް
03 December 2023
ބިދޭސީ އެކޯ. ގައިމުވެސް ބަލާފަވެސް އިންގޭ މިގައުމުގެ މީހަކު މިފަދަ ކަމެއް ނުކުރާނެކަން.
އައިމިނާ
03 December 2023
އިޒްރޭލުގެ އިޔަހޫދީންވެސް ރަޙުމެއް ނެތި ތުއްތު ކުދިން މަރަނީ. 100 ޕަސެންޓް މުސްލިމުން ކިޔައިގެން ތިބެ ތުއްތު ކުދިން މަރަނީ. ތަފާތަކީ ކޮބާ؟
ލޯންގްއައިލެންޑް
03 December 2023
ދިގުރަށަކީ ވަރާށްއަމާން އެކުވެރި ބަޔަކު އުޅޭ ރަށެއް...އެރަށު މީހަކު ތިފަދަކަމެއް ކޮށްފާނެކަމަށް ހިތައްވެސްނާރާ..އެކަމު ހާދަހާވާ ހިތާމަވެރި ކަމެކޭ...
ާާފާއިޒު
04 December 2023
ތީއެއްވެސް އަމާން ރަށެއް ނޫން ވަރަށްވެސް ބިރުވެެރި ރަށެއް އަބަދުވެސް އަނެއްކާ ރަށުގަ ކުރާ ހުރިހާ ގޯސްކަމެއް ސިއްރު ކުރަން މަސައްކަތް ކުރާ ރަށެއްވެސް
މަރްޔަމް
03 December 2023
ކުނިކޮށްޓަށް އެއްލާލީ ހިތުން އަންދާލާނޭ ހިތާތަ. ހުރި ނުބާކަމާ
މަރްޔަމް
03 December 2023
ހާދަ ރަހުމުކުޑަބައެކޭ ތިހެން ހަދާނީ. ހާދަ ދެރައޭ.. މިކަން ކުރި ބަޔަކު ހޯދާ އަދަބުދޭންޖެހޭ... ހިތުހުރި އެއްޗެއް ހެދުނަދީގެން ނުވާނެ
ބަބުރުއްސާދާ
03 December 2023
ފުރާވަރުކުދިން ދީނީމިންގަޑުން ބޭރުގައި އުޅުން ގައުމުގައިވަނީ އިންތިހާއަށް ނޯމަލައިޒުވެފަ، ބިޓެއް ނުހުންނަ ކުއްޖަކުވެސް ކުއްވެރިވާރަށް ޕިއާރޕްރެޝާބޮޑު. އުމުރުން 9 އަހަރުގެ ސުކޫލު ކުދިންނަށް އެބަ އެކްސެސްވޭ ޕޯނުގްރެފިކް މެޓީރިއަލްސަތަކަށް. ގެއަށްދާއިރު ގޭގެ ހަވަނަ ފަންގިފިލާ އެއީ ކޮންމެވެސް ސްޕާއެއް. މަސާޖުޕާލާއެއް. މިވަރުވީމަ ދެން ކޯޗެކޭ ކިއާނީ.
އައިމިނާ
03 December 2023
ކޮބާ. އިޒްރޭލުގެ އިޔަހޫދީންނަށްވުރެ ރަނގަޅުވެފަ.
ހުވޭ
03 December 2023
އިންސާނުންނޭވޭ.... ޖަނަވާރުވެސް އޭގެދަރި ވިހާފަ އެއްލާނުލާނެ.
ރަދީފްއޮފިޝަލް
03 December 2023
ވަރަށް ހިތާމަވެރި ހަބަރެއް. ދިވެހިރާއްޖޭގެ ލޯންގްއައިލެންޑުން މިފަދަ ކަމެއް ތިލަވުން އެއީ ދެރަކަމެއް.ކުށްކުރީ 02 މީހުން ، ނަމަވެސް އަދަބު މިލިބުނީ އެއްވެސް ކުށެއްނެތް މައުސޫމް ފުރާނަޔަކަށް. ތިޔަ އެބޯޝަން ޓްރޭސްކުރެވޭނެ ، ފުލުހުންގެ އެގަބީލްކަން ހުންނާނެ.ލޯންގްއައިލެންޑް އެއީ އެހާ ބޮޑު އާބާދިއެއް އޮންނަ ރަށެއް ނޫން.ނަމަވެސް އެމެރިކާގެ ލޯންގްއައިލެންޑް އެއީ އަދި އެހެން ލެވެލްއެއް.ވ.ވެދުން
ހަސަނޭެެ
03 December 2023
އަނިޔާ ލިބުނު މީހުންގެ ތެރޭ ދިވެހި ހުރިހާ ރައްޔިތުން ހިމެނޭނެ. ކަރުނަ ނުފޭބި ކަމަކު، ހަބަރުކިޔާ އެންމެ ރޯނެ. ތިކުއްޖާ އެއްލާނުލާ މީހަކާ ހަވާލު ކޮށްލިނަމަ ހާދަ ރަނގަޅުވީހޭ. ހާދަބަޔަކު ދަރިއަކު ދެއްވާތޯ އެބަ ދުއާވެސް ކުރެޔޭ
ލާމަސީލު
03 December 2023
ތިޔަ ކުއްޖާއަށް ތިޔަހެން ހެދި މީހުން އަދިވެސް އިޒުރޭލަށް ބަވާނެ އިޒުރޭލު މީހުން މަރަނީ މުޅިން އެހެން ނަސްލެއްގެ އެހެންދީނެއްގެ ބައެއް މިތަނުގައި މަރަނީ އަމިއްލަ ދަރިން