ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އަމްރު ވޯޓުލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޑިސެމްބަރ 2023 - 14:14
އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމުނުތާ 24 ގަޑިއިރުވާން ކައިރިވާއިރު ވެސް ނަތީޖާ އިއުލާން ނުކޮށް، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް، ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ދެފަޅިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ބަޔަކާ އެކު، މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓްސްގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރަން ވޯޓުލުން ބޭއްވީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ އިތުރުން ޕާޓީގެ އިސް މަގާމުތަކަށް ވެސް މީހުން އިންތިހާބުކުރި އެވެ. އެކަމަކު، އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޕާޓީގެ ރައީސަށެވެ. އެ މަގާމަށް ކުރިމަތިލެއްވީ އަމްރުގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
އެންމެންގެ ވެސް އުންމީދުކުރީ ވަގުތީ ނަތީޖާ އަވަހަށް ލިބުމަށް ކަމަށް ވިޔަސް ޑިމޮކްރެޓްސްގެ މީޑިއާ ގްރޫޕަށް، އެ ޕާޓީގެ އިސް މެމްބަރަކު ރޭ 9:45 ހާއިރު ފޮނުވި މެސެޖުގައި އޮތީ، ވަގުތީ ނަތީޖާ އިއުލާންކުރުން މިއަދަށް ފަސްކުރި ކަމަށް އިއުލާނުކުރި ކަމަށެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވި ދިގުލަަނީ! https://t.co/YbxXMy06Yq
— Mihaaru (@Mihaarunews) December 3, 2023
ނަމަވެސް، 6،000 އެއްހާ މީހުން ޝަރުތު ހަމަވާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރުން ލަސް ވަގުތެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ރިޔާސީ އިންތިހާބުގައި ވެސް 200،000 އަށްވުރެ ގިނަ މީހުން ވޯޓުލިއިރު، އިންތިހާބު ކަށަވަރުކުރެއްވި ބޭފުޅަކު އެ ރޭ ޔަގީންވި އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަމްރު "މިހާރު" އަށް ވިދާޅުވީ، އިއްޔެގެ އިރުއޮއްސި ހައެއް ޖެހިއިރު ހުރިހާ ވޯޓެއް ގުނައި ނިންމާފައިވާ ކަމަށެވެ. ލިބުނު ވޯޓާއި ވޯޓުލާން ނުކުތް މީހުންގެ އަދަދު އޭނާ ހާމަނުކުރައްވައި ހުންނެވީ މަސްލަހަތު ގޯސްވެދާނެތީ ކަމަށާއި އެކަމަކު، އެ ނަތީޖާ އާއްމުނުކޮށް ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.
ޕާޓީން ރަސްމީކޮށް ނަތީޖާ އިއުލާން ނުކުރިޔަސް، ހަސަނާއި އަމްރު ވަނީ އެ ދެ ބޭފުޅުން ވެސް ވަނީ އިންތިހާބުން މޮޅުވި ކަމަށް އިއުލާނުކޮށްފަ އެވެ.
އަމްރު ވިދާޅުވި ގޮތުގައި ފޮށިތަކަށް އޭނާ އޮބްޒާވަރުން ހަމަޖެއްސި އެވެ. އެ ފަރާތުން ދިން ނަތީޖާތަކުގައި ކުރީގައި އުޅުއްވަނީ އޭނާ ކަމަށް އަމްރު ވިދާޅުވި އެވެ. ކޮންމެ ފޮއްޓަކަށް ޕާޓީގެ އޮފީހުން އޮފިޝަލުން ބޭތިއްބި ކަމަށާއި ޝީޓުގައި ނަތީޖާ ނޯޓުކުރީ އެ އޮފިޝަލުން ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު ވަރަށް ގިނައިރު ވެއްޖެ ދެއްތޯ މި ކަމެއް ހިނގައިގެން އުޅޭތާ. އަޅުގަނޑަކަށް ދެން އުނދަގޫ މިހާރު ގިނައިރު ވީމާ. އަޅުގަނޑުގެ އެބަހުރި ކޮންސާންސްތަކެއް." އަމްރު ވިދާޅުވި އެވެ.
މިހާ ލަސްވެގެންދާއިރު ނަތީޖާއާ މެދު ޝައްކުވާ ކަމެއް އޮތްތޯ އެހުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. ނަތީޖާގައި އޮޅުވާލުންތަކެއް ނުހުންނާނެ ކަމެއް ދަންނަވަން އެނގޭނީ ވެސް ފެންނަން އޮތް އެއްޗަކަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
04 December 2023
ތިޔަ ޕާޓީގެގެ ގަހު ކުރީގައި އިނީ އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ ލާމަސީލު މިސާލެއް ކަހަލަ މީހެއް.. އޭނާ އެމްޑީޕީ ވެސް އަޅުވެތިކޮށްގެން ގެންގުޅުނީ ހަމަ ތިޔަ ހަސަން ލަތީފާ އެއްކޮށް..
އަސްތާ
03 December 2023
ތިޔަ މަސްމުޅީގަ ހުރީ މުޅަމަސްކަން ނޭނގޭ މީހަކު މި ގައުމުގަ އުޅޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ......
ބަރުބާދު
03 December 2023
އައްދެ، ވޮއިޑް އެބް އިނީޝިއޯވެފަދޯ؟. އުފެދުމުގަވެސް ތިއޮތީ ބަރުބާދު ވެފަ!!!!!
ގާސިމް
03 December 2023
އަދި ތަންކޮޅެއް އަވަސް ރޫޅެން. ލޯލް
ސަންބެބޭ
03 December 2023
ޔަގީން ފީ ނުވެ މިފަހަރު ތި އޮތީ ވައްކު ގަ ފަނި އެޅީ ތީ ! ދެން ރޫޅޭނީކީ ނޫން ފަނި ވާނީ .
ލާމަސީލު
03 December 2023
ރޫޅާލާނަން
ކޮމެންޓޭ1
03 December 2023
މައުމޫނަށް ގޮވި ހުރިހާކެމެއް އަންނި ކޮއް ނިންމައިފި ބޮޑުކާފު ކުޑަ ކާފު އުޞޫލައް ވެސް ގޮއްސި. ކުރިންވެސް އެމްޑީޕީ މެންބަރުން ހޮވި ރައީސުން ކަމަށްވާ މުނައްވަރު އިބުރާ ޑީޑީ ބޭރުކުރިހެން މިކަން މިދަނީ. ޑިމޮކްރަސީގެ މުނިކާފަ ވީމަ ވަގޮތް
އަނހަ
03 December 2023
ޑިމޮކްރަސީގެ އައް÷ަގެ ޕާޓިން ވޯޓިފޮށީގެ ދަށަށް އަތްބާފަ ހަލުވާލީތޯ?
އައިދާ
03 December 2023
ޑިމޮކްރަސީ ގެ ރައީސް އަދި ނައިބު ރައީސްގެ އާއިލީ ވަކިތަކުން މިންޖުވާހެން އެބަހީވޭ. އަމުރު ކުޑަ ދުލެއްވެސް ނުދޭތި
ބަރުބާދު
03 December 2023
ބެލްޓުއަޅާ ނައްޓާލާ... އަހަތަކުރާ އެއެރީ ފަރައް، ބޯޓުގެފުލެއްނެތް....