04 ޑިސެމްބަރ 2023 - 11:50
ޓްރެވަލް އެވޯޑުގައި ޓީއެމްއޭއަށް ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު ލިބިއްޖެ އެވެ.
މި އަހަރު ދުބާއީގައި ބޭއްވި ހަފްލާފައި މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ އާއި އެ ކުންފުނީގެ ހެޑް އޮފް ކޯޕަރޭޓް ސްޓްރެޓެޖީ އެންޑް ބިޒްނަސް ޑިވޮލަޕްމަންޓް ޝުބްހާމް މޫންދަރަ އެވެ.
އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މި އެވޯޑާ ގުޅިގެން ޓީއެމްއޭއިން ބުނީ އެ ކުންފުނިން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސް، ދަތުރުފަތުރުކުރުމުގެ އިންފްރާސްޓްރަކްޗާ ބަދަލުކުރުމަކީ ރިސޯޓުތަކުގެ ތަރައްގީއަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ހަލުވި ދުވެލީގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީވަމުން އަންނައިރު އެ ކުންފުނިން އަންނަނީ އެކި ރިސޯޓުތަކަށް އޮންނަ ޑިމާންޑާ އެއްގޮތަށް ދަތުރުތައް ތާވަލުކުރަމުން ކަމަށް ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން ދުވާލަކު 400 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ. ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ 90 އަށް ވުރެ ގިނަ ރިސޯޓުތަކަށް މި އެއާލައިންގެ ދަތުރުތައް ކުރެ އެވެ.
އެ ކުންފުނިން ބުނީ ޓޫރިޒަމްގެ ދާއިރާއަށް އިތުރުވަމުން އަންނަ ޑިމާންޑާ އެއް ހަމައެއްގައި ފައި ހަމަކޮށް، އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގައި ދެމި އޮންނާނެ ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ވެސް ސީޕްލޭން ޒޯން ލ. އަތޮޅާއި ގއ. އަތޮޅަށް ފުޅާކޮށް، ޓޫރިސްޓުންނަށް ރާއްޖޭގައި ދަތުރުފަތުރުކުރުމަށް ފަސޭހަ މަގެއް ފަހިކޮށްދީފައިވާކަން ފާހަގަކުރި އެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިން ޓޫރިސް ޓްރާންސްފާ" އެވޯޑު ވެސް ޓީއެމްއޭ އަށް ވަނީ ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާތޮޅިޕެލޭ
05 December 2023
ނަންދިވެހި ކުންފުނީގެ އިސްމަގާމްތައް ލަންކާމީހުން ދިވެހީންގެ އަތުން ދިވެހި ރާއްޖެވެސް ބީވަނީ. ޜާއްޖެއަށް ހަމައެކަނި ނުރައްކާވަނީ އިންޑިއާ ސިފައިން ތިބީމައެއްނޫން. ޜިޒޯޓްތަކުގެ ސެކިއުރިޓީ މެނޭޖަރުންނާއި އެހެނިހެން މުވައްޒަފުންނަކީވެސް ހަމަ ގައުމަށް ހުރި ނުރައްކާ. ޙަމައެކަނި ވެރިކަމަށް އަންނަންވީމަ ފެންނަނީ ގައުމުގެ އަޅުވެތިކަން. މިކަންކަމަށް އަވަސް ގިޔަވަޅު އަލާންޖެހޭ ގައުމު ބީވެ ނުދަނީސް.
އަބދުﷲ
04 December 2023
ދުނިޔޭގެ ސީޕްލޭން އޮޕަރޭޓަރކަށް ޓީ.އެމް.އޭ ވާއިރު ދިވެހިންނަށް މިކަމުގެ ފައިދާއެއް ކުރާނީ ކޮންދުވަހަކުންތޯ؟ މީގެ ދުވަސްކޮޅެއްކުރިން ޓީ.އެމް.އޭ އިން ޓިކެޓް ގަނެގެން ފުރަން ދިޔަފަހުން ބުނީ ފްލައިޓް ފުލްވެއްޖޭ މާގިނަ ޓޫރިސްޓުން އައިމަ. މާދަމާ ޖާގައެއް ލިބޭތޯ ބަލާފަ ގުޅާނަމޭ.
މަނަސް
04 December 2023
ކޮބާތަ މޯލްޑިވިއަން ސީޕްލޭން ؟