ދިވެހި ހައްޖުވެރިން މައްކާގައި: މި އަހަރު ސަރުކާރުން 50 މީހަކު ހިލޭ ހައްޖަށް ގެންދާނެ
05 ޑިސެމްބަރ 2023 - 20:48
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މި އަހަރު 50 މީހަކު ހިލޭ ހައްޖަށް ފޮނުވަން ނިންމައިފި އެވެ.
ހައްޖަށް ފޮނުވުމުގެ ވައުދުގެ ރައީސް ވެވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ވައުދާ ގުޅޭ ތަފްސީލްތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، މި އަހަރު މިކަން ފަށައިގަންނާނީ 50 މީހުންނަށް ފުރުސަތު ދެމުން ކަމަށާއި އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވައި 1،000 މީހުން ހަމަކުރާނެ ކަމަށެވެ.
ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރާނީ، ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމަށާއި މި އުސޫލު ގެޒެޓުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ފަސް އަހަރު މި ކަން ކުރެއްވުމަށް ފަހު ހުއްޓޭ ކަމަކަށް ވުމުގެ ބަދަލުގައި މިއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ކަމަކަށް ބަދަލު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
މިހާރު އާންމުކޮށް ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރަށް 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ ވެސް އާ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްސަނދި މަހުޖަނުން
07 December 2023
ސަރުކާރުން ހައްޖަށް ގެންދަންޏާ ހަމައެކަނި ފަގީރުންގެ ލިސްޓްގައި ތިބި މީހުންނަށް އެކަންޏެއް ނޫން މުއްސަނދިން ފިޔަވައި ދެންތިބި އަނގަޔާ އަތާ ދިމާނުވާ ހުރިހާ މީހުންނަށް ވެސް ތިޔަ ފުރުޞަތު ދޭންޖެހޭ! ދުވާލަކަށް ބަނޑުފުރާނަ މުއްތި ކުރެވޭ ފަދަ ހުއްޓަސް އެނުވޭ ފަގީރަކަށް، އަދި މުއްސަންޖަކަށްވެސް. ހަމަ ހަމަ އުސޫލަކުން ތިޔަކަން ކުރަންޖެހޭނީ!
ބަލަންތިބޭ
07 December 2023
ނިކަމެތި ސްޓޭޓްމިނިސްޓަރުން އަދި އެއަށްވުރެ ނިކަމެތި އެމްޑީން ތިޔަ ލިސްޓްގެ ކުރީގައި އޮންނަނީ
ޅިނަޑ
06 December 2023
ހިލޭ، ހިލޭ، ހިލޭ... ސަރުކާރުންވެސް އެއްވެސް ހަރަދެއްކުރާކައް ނުޖެހޭނެ. ހަމަގޮސްލާފަ އަންނަންވީ.
ރޮކެޓް
06 December 2023
ނިކަމެތިންނޭ ކިޔާފަ ކޭމްޕޭންގައި މަސައްކަތްކޮށް ދިންމީހުން ހައްޖައް ގެންދަން ޖައްސާ ރޮކެޓެއް ތިއީ
ވާނުވާނޭގޭ
06 December 2023
2024، ވަނައަހަރު ޖާގަ ލިބިފަ ކަމަށް ބުނެފަ ތިބިމީހުން މިހާރު 2025 ބަދަލު ކޮށްފަ އަދި ނޭގެ 2025 ހުގަވެސް ޖާގަ ލިބޭނެކަމެއް.
ދެރަމީހާ
06 December 2023
2024 ވަނައަހަރު ޖާގަކަށަވަރު ކަމަށް ބުނެފަ ތިބިމީހުން ކެންސަލްކޮށްފަ
މުހައްމަދު ސައީދު
06 December 2023
ހައްޖު ވާޖިބުވަނީ ފަޤީރުންނަކަށް ނޫންކަން ޜައީސް މުއިއްޒުއަށް އެގިވަޑައެއް ނުގަނޭތާ! ފަޤީރަކު ޙައްޖަށް ދެވޭނެ ތަނަވަސްކަމެއް ނެތިގެން ހައްޖަށް ނުދެވި ހުއްޓާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރިޔަސް އެކަމަކާއި އޭނަޔަކާއި އެއްވެސް މައްސަލައެއް ދިމާނުވާނެ ނޫންތޯ؟ނުވަތަ އޭނާޔަށް ހައްޖުގެ ވާޖިބު އަދާނުކުރިޔޭ ކިޔާފަ އަޒާބެއް ނުލިބޭނެ ނޫންތޯ؟ ވީމާތަނަވަސްކަން ނެތިގެން ބޮޑެތި ބަލިތަކަށް ބޭސް ނުކުރެވިތިބި މީހުންނަށް ތިފައިސާ ހޭދަކުރުން މާބޮޑަށްވެސް ޜަގަޅު.
ގފތރ
06 December 2023
އެހެން މީހުންގެ ޓެކްސް ފައިސާ ގައި ހައްޖަށް ދިއުން ހުއްދަ އެއް ނޫން. އިސްތިސްނާ އެއް ނެތި އެންމެންގެ ރުހުން ހޯދަން ޖެހޭނެ.
ހެލްޕް
06 December 2023
ނިކަމަތިންގެ ލިސްޓަށް އަރަން ހަދާނީ ކިހިނެއް
ހެދޭނުހެދޭ ވިސްނަވާ
06 December 2023
އިސްލާމް ދީނުގައި މަސައްތްކަތް ކުރަންޖެހެނީ ވެވުނު މިންވަރަކުން މިސްކީނުންނަށް ކަރާމާތްތެރި ދިރިއުޅުމެއް ބިނާކޮށްދޭން. ފުދި ތަނަވަސްކަން ލިބޭ ފަރުދަކަށް ޢައިނީ (ނަފްސުގެ) ފަރްޟެއް ގޮތުގައި ވާޖިބުވާ އަޅުކަމެއް ޙައްޖަކީ. ސިޔާސީ ޖަޒުބާތީ ކަންކަމަށް ދީން ނުހެއްދެވުން އެދެން. އެތައް ބާވަތެއްގެ ބިކާރީންތައް މަގުމަތީގައިވެސް އެތިބަ އުޅެނީ. ލަދާއި ޢިއްފަތްތެރި ކަމުގައި ކެތްތެރިވާ ނިކަމެތިން ވެސް ބައިވަރު އުޅޭނެ. ފައިދާހުރި އެހެންކަމެއް ކުރަން އުޅެމާތޯ؟
ބަލަންތިބޭ
07 December 2023
ތިޔާހެން ހެދީމާ މަށަށް ގެއްލުމޭ. ހެދުނުހާ ދޮގެއް ހަދައިގެން ވެވުނު ވަރަކަށް އޮޅުވާލައިގެން ނޫނީ މަށަށް ވޯޓެއް ނުދޭނެއެވެ.