ރައީސް އޮފީސް: ބިޑަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުން ރައީސް އޮފީހުން ވަނީ އުވާލާފައި -- ފޮޓޯ: މިހާރު
07 ޑިސެމްބަރ 2023 - 10:17
ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު ރައީސް އޮފީހުން އުވާލައިފި އެވެ.
އެ އޮފީހުން ގެޒެޓްކޮށްފައިވާ ގޮތުން، ގެޒެޓްކުރާ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރާނެ އެވެ.
ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލެއް އެކުލަވައިލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖެނުއަރީ 2019 ގަ އެވެ.
އެ އުސޫލުގެ ބޭނުމަކަށްވީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމެވެ.
އެ އުސޫލުގެ ދަށުން މަޝްރޫއު ހަވާލުކުރެވޭ ފަރާތްތަކަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އެ އުސޫލު ކުރީ ސަރުކާރުން އެކުލަވައިލި އިރު ވެރިކަމަށް އައުމަށް ފަހު ނޮވެމްބަރު 2018، ގައި ބިޑަކާ ނުލައި ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް އޮންނަ އުސޫލަށް އަމަލުކުރުން މަޑުޖައްސައިލި އެވެ.
ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް، ބިޑަކާ ނުލައި ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވަނީ 2016 ވަނަ އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންނެވެ. އޭރު ސަރުކާރުން ބޭނުންވެގެން ޓޫރިޒަމް ގާނޫނު ބަދަލު ގެނައުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޝިމް
07 December 2023
ބަރާބަރު ނިންމުމެއް. ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންތެރި ކަމެއް.
ކޮރަން
07 December 2023
މިސަރުކާރުން ނިންމި އެންމެ ރަނގަޅު އެއް ނިންމުމެވެ. އަމަލީ ގޮތުން ވިޔަފާޜި ކުރާ މީހުން މިކަމާ އުފާ ވާނެ އެވެ.
އިއުފާ މުހައްމަދު
07 December 2023
ބަޔަކު ބުނި މިސަރުކާރު ވަރަށް ކޮރަޕްޓް ވާނޭ. ނަމަވެސް މާ ރަނގަޅެއްނު
ފާތުމަތު
07 December 2023
ދެން ވާގޮތް ބަލަން ކުރެބަލަ. ފަހުން ބުނާނެ މާ ކޮރަޕްޓްއޭ. ދެން ވާނެގޮތަކީ ސަރުކާރުން އިއުލާނުކުރީމަ އެބުނާ ބަޔަކު އައިސް ދޭއެއްޗެއް ސިއްރުންދީފަ ރަސްމީކޮށް ދައުލަތުން ދަމައިގަންނާނީ
ފާތުމަތު ޒައިނާ
07 December 2023
ކޮރަޕްޝަނަށް މުއިއްްޒް ނޫނެކޭ ބުނެފި
އަފްރާސިޔާބު
07 December 2023
ތީ ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކީ ވޭތުވެދިޔަ ސަރުކާރުތަކުން ރައްޔިތުންނަށް ކުރާވައްކަން ފޮރުވަންވެގެން ޖަހާފައިވާ ދަންތުރައެއް. ބިޑަކާ ނުލައި ރައްޔިތުންގެ މާލިއްޔާ ބިރަކާނުލައި ދިރުވާލަން ކޮށްފައިވާ ކަމެއް.
ހަސޯ
07 December 2023
ބިޑަކާނުލާ ސިޔާސީމަގާމުދޭގޮތަށް ބިޑަށްލުން އޮންނާނީވެސް. ބިޑިހަދާއްތެހިގަނީ.
ބޯބުނަނީ
07 December 2023
ތިވެސް ޕްރޮޕޯސަލްތައް އަޅައިގެން ޕްރޮޖެކްޓް ހޯދި ފަރާތަކާ ވަރަށް ވައްތަރު. ތިހާ އަވހަށް ރަތަށް ތިއެރީ އެހެންވީމަ.
ޒަރިޔަންދު
07 December 2023
ޤާނޫނާއި ގަވާއިދު ރަނގަޅަށް ބެލުން މުހިންމު. ބިޑަކާ ނުލައި ޕްރަޕޯޒަލް ހުށަހެޅުމުގެ އެއް މަސްދަރަކީ ދައުލަތުގެ މާޅިއްޔަތުގެ ގަވާއިދު. ގަވާއިދު އުވާނުލަނީސް އުސޫލެއް އުވާލުމަކުން އަދި ނުފުދޭނެ. އެހެންނޫނަސް ޓޫރިޒަމް ބޭނުމަށް ބިޑަކާނުލާ ލީޒްކުރުމާ، ޕްރޮކިއުމެންޓް އުސޫލުން ބިޑަކާ ނުލައިން ކަންކަންކުރުމާވެސް ހާސް ތަފާތު. އެހެންކަމުން، ޤާނޫނާއި ގަވާއިދު އިސްލުޙުކުރުމަށް ނިންމެވީތޯ ނުވަތަ އެބައިތަކަށް އަމަނުކުރަން ނިންމެވީތޯ ނޫސްވެރިން އޮޅުންފިލުވާ!
އަފްރާސިޔާބު
07 December 2023
އެއްވެސް ކަމެއް ދެފުށް ނުފެންނަ ގޮތަކަށް ކުރާނަމަ އެކަމުގައި ގޯސް ކަންތައްތަކެއް އުޅޭނެ. ދެން އަނެއްކަމަކީ މަދުމަދުން ވަގުވަގަށް އެއްބާވަތެއްގެ އެއްޗެހި ގަނެ މިލިއަން ރުފިޔާގެ މުދާ ގަތުމަށް އޮތް ފުރުސަތުވެސް ހުއްޓުވާލުން. މިސާލަކަށް ލެޕްޓޮޕް 50 އަކަށް ލެޕްޓޮޕް ހޯދަންވެފައި އޮތީއްޔޯ! މިމަހުގައި ނަގާފާނެ 2. ވިދިގެން އައި މަހު ނަގާފާނެ 2. އޭގެ 3 ދުވަސްފަހުން ނަގާފާނެ 1. މިހެން ގޮސް އަހަރު ތެރެއަށް ބަހާލައިގެން ކަރަޕްޝަން އެބަހިންގާ.
އާމިންދައިތަ
07 December 2023
އަނދުން އަޅުވާލީ. އަހަރުމެން ތިބެންވީ ގުނބޯ ހެދިފަ ހާދަރަނގަޅޭ ކިޔާލަލިޔާލަ އަތްޖަހަން
ހސޖސނ
07 December 2023
ކުރީގައި އިންޑިޔާއަށް ޕުރޮޖެކްޓް ދޭން ކުރި ކަންތައްތީ. ކަރަޕްޝަން.
ކޮރަޕްށަންގެހާލި
07 December 2023
ވަރަށް ރަނގަޅު ނިންމުމެއް. އުސޫލް އެކުލަވާލުމާއި އެކޮނޮމިކް މިނިސްޓްރީގެ ދަށުން އެކި ނަންނަމުގަ އެސް.އޯ.އީ ތައް އުފެއްދުން ދިޔައީ އެއް ދުވަސްވަރެއްގަ. ސޯލިހު ސަރުކާރުގަ ކޮރަޕްށަން ހިންގަން ގެންގުޅުނު އުކުޅު މިއީ. ފަންޑު މެނޭޖްމަންޓް ކޯޕަރޭށަން، ފަހި ދިރިއުޅުން، އެގްރޯނެޓުގެ ސޮއި ކުރި ހުރިހާ ޕްރޮޖެކްޓަކީވެސް މިގޮތަށް ޕްރޮޕޯސަލް ހުށަހަޅައިގެން ޖީބަށް ލާރިނެގި ޕްރޮޕޯސަލްތައް. ސޯލިހު ގޮސް މުއިއްޒު އަޔަސް ކުރިން ހިނގަމުންދިޔަ ކޮރަޕްށަން ކުރިއަށް ދަނީ
އައިމަން އަލީ
07 December 2023
ވަރަށް މުހިންމު ނިންމުމެއް. ވައްކަން ހުއްޓުވޭނެ