ބަޖެޓު ކޮމިޓީގައި ތިއްބެވި ބައެއް މެންބަރު. އަންނަ އަހަރަށް ކޮމިޓީން ފާސްކުރީ 49.8 ބިލިއަން ރުފިޔާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 ޑިސެމްބަރ 2023 - 22:13
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި އެވެ.
މިރޭ ބޭއްވި ބަޖެޓް ކޮމިޓީގައި ބަޖެޓު ފާސްވީ އެ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެގޮތުން ޕީއެސްއައިޕީ އަށް ވަނީ 249 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެއާ ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި ބަޖެޓު ވަނީ 8.6 ބިލިއަން ރުފިޔާ އިން 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބާކީ ބަޖެޓަށް އިތުރުވީ، ބައެއް އޮފީސްތަކުގެ ބަޖެޓެވެ.
ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވި އިރު އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ 400 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފަ އެވެ. އެހެންވެ އަންނަ އަހަރު އެ މަޝްރޫއުއަށް ޖުމްލަ 600 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
މި ގެނައި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް 16.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ކޮމިޓީން ވަނީ ސަބްސިޑީ ޓާގެޓު ކުރުމަށް ރެކޮމެންޑޭޝަން ހުށަހަޅައި، އެކަން ފާސްކޮށްފަ އެވެ. ބަޖެޓުގައި ސަބްސިޑީ ސީދާ ބޭނުންވާ މީހުންނަށް ސަބްސިޑީ ދޭން 600 މިލިއަން އޮތީ ހިމަނައިފަ އެވެ. އޭގެ އިތުރުން ވެސް އެސްއޯއީތައް ރީފޯމް ކުރުމަށް ވެސް ކޮމިޓީން ވަނީ ލަފާ ދީފަ އެވެ. ރިޓަޔަމަންޓް ޕެންޝަން ދިނުމުގައި މިހާރަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހި ކުރަން ވެސް ލަފާ ދިނެވެ.
- ކ. މާފުށި މަގު ހެދުން: 2.2 މިލިއަން ރުފިޔާ އިން ހަތް މިލިއަން ރުފިޔާއަށް
- ކ. މާފުށި ހޮސްޕިޓަލް ބޮޑުކުރުން: ތިން މިލިއަން ރުފިޔާ އިން 11 މިލިއަން ރުފިޔާއަށް
- ޅ. ކުރެންދޫ މަގު ހެދުމަށް: އެއް މިލިއަން ރުފިޔާއިން ހަތް މިލިއަން ރުފިޔާއަށް
- ޖަމާލުއްދީން ސްކޫލް ސްޕެޝަލް ނީޑް ކްލާސްރޫމް: ތިން ލައްކަ އިން ތިން މިލިއަން ރުފިޔާއަށް
- އއ. މޯޅޮހު މަގު ހެދުމަށް މ: ފަސް ލައްކައިން 2.5 މިލިއަން ރުފިޔާ
- އއ. ހިމަންދޫ މަގު ހެދުން: އެއް މިލިއަން ރުފިޔާ އިން ތިން މިލިއަން ރުފިޔާއަށް
މި މަޝްރޫއުތަކުގެ އަދަދު އިތުރު ކުރިއިރު އަތޮޅު ތެރޭގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ 79 މިލިއަން ރުފިޔާގެ ބަޖެޓު ވަނީ 60 މިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ޒަމާންވީ ދަތިކަން ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހާމަކުރެއްވި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުން 400 މިލިއަން ރުފިޔާ ވަނީ އުނިކުރުމަށް ނިންމައިފަ އެވެ.
- ޖުމްލަ ބަޖެޓު: 49.8 ބިލިއަން ރުފިޔާ
- އާމްދަނީ: 33.5 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 8.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ
މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފު ހއ ދިއްދޫ
08 December 2023
އެއްމެ އަހަރކުވެސް އެވރެއް ލެބެނީ އަކީއެއް ނޫން އެކަމަކު ބުނާނެ ހޮވައިދޭށޭ އަހަރެން ނާއި އަހަރެންގެ އާއިލަ މިތިބީ ގުރުބާންވާށޭ
ސަސްތީ
08 December 2023
ފުށދިއްގަރު ފަޅުހިންކުންއެއީ މިސަރުކާރުގެ ވައުދެއް. މަޖްލީހުން ޖެހޭނެ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރަން.
ދޮން
08 December 2023
ނުކިޔަވާ މީހުން މިބަޖެޓް ފާސް ކުރަނީ އެއްވެސް ތައުލީމީ މިންގަނޑެއްނޯވޭ މަޖްލީހަށް ކުރިމަތިލާން އެކަން އެބަޖެހޭ ބަދަލު ކުރަން މިފެނުނީ އޭގެ ނަތީޖާ ،މަޖްލީހަށް ކުރިމަތިލެވޭ ސަރުތަކީ ޑިގްރީ ފެންވަރު ކަމުގައި ހަދަަން ޖެހޭ،
ހާރޫން
08 December 2023
ބަޖެޓްކުރެވިފަ ހުރިކަންތައް ތައް ކުރިޔައް ދޭތޯ ރައްޔިތުނައް ނޫސްވެރިން ބަލައިދީ އަޕްޑޭޓް ކޮއްދޭން ވާނެ
ދީލިޑ
07 December 2023
އާމްދަނީއައް ވުރެއް ރިކަރަންޓް ހަރަދަދުބޮޑު. ޓެކްސް ފައިސާއިން މުވައްޒަފުންގެ މުސާރަ ގަޑާނުލެވޭ. މިޔަކީ ދެމެހެއްޓެނިވި ގޮތަކަ ކުރެވޭނެ ކަމެއްނޫން. ލަންކާ މިސާލަކަ ފުދޭ.
ގައްބެ
07 December 2023
ހެހެހެހެ. ބަޖެޓު ފާސްކުރަން މިތިބެނީ 2+2 ވެސް ނޭނގޭ މީހުން.ޢަޅެ ކަލޭމެން ތިނަގާ މުސާރަޔާ އިނާޔަތްތަށް ކުޑަކޮށްލަބަލަ ހެޔޮނުވާނެ
އަފްރާސިޔާބު
07 December 2023
ކޮންތާކުންތަ އާމްދަނީ އަށްވުރެ އިތުރަށް ޚަރަދުވާ ފައިސާ ހޯދަނީ. އާމްދަނީ އެވަރަށް ލިބޭނެ ކަމަށް ޖެހިޔަސް އަހަންނަށް ހަމަ ޔަގީން ކޮށްފައި ބުނަން ކެރޭނެ 30 ބިލިއަން ރުފިޔާވެސް އާމްދަނީ އަށް ނުލިބޭނެ ކަން. ދުނިޔޭގެ އިގްތިސާދު ދުވަހެއް ދުވަހަކަށް ދައްވެ ފައިސާ ދަރަންޏަށް ނަގާ މިންވަރު އިތުރުވަމުން ދަނީ. ވޯލްޑް ބޭންކް އައި.އެމް.އެފް އަދި ޔޫރަޕިއަން ޔުނިއަނުން ކޮންވެސް ވަރަކަށް ދަރަންޏަށް ދޭ. ކުރިމަގުގައި އެތަންތަނަށް ގައުމުތަކުގެ އިތުބާރު ގެއްލޭނީ.
އެލޮން މަސްކް
08 December 2023
އެލޮން މަސްކު 3 ބިލިއަން ޑޮލަރު ދީފާނެ، އޭރުން ހުރިހާ ކަމެއް ހަމައަކަސް އެޅޭނެ، ހާސްނުވޭ