ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރުގެ ޔަޝް.
09 ޑިސެމްބަރ 2023 - 07:11
ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރުގެ ޔަޝްގެ އާ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.
ޔަޝް އިއްޔެ މި ފިލްމު އިއުލާންކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ ދޫކޮށްލި ކުރު ވީޑިއޯކޮޅަކުންނެވެ. ކަނައްޑާ ފިލްމު "ކޭޖީއެފް" އިން ގިނަ ބައެއްގެ ލޯބި ހޯދި ޔަޝްގެ އާ ފިލްމުގެ ނަމަކީ "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އެވެ.
ކޭވީއެން ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ގީތޫ މޯހަންދާސް އެވެ.
މި ފިލްމު ސިނަމާ އަށް ގެންނަނީ އެޕްރީލް 10، 2025 ގަ އެވެ.
ޔަޝް ވަނީ ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރާ އެކުގައި ވެސް ފިލްމެއް ކުޅުމަށް ސޮއިކޮށްފަ އެވެ. "ރަމަޔާން" ކިޔާ އެ ފިލްމާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.
ޔަޝް ލީޑު ރޯލު ކުޅުނު "ކޭޖީއެފް"ގެ ދެ ފިލްމު ގެނެސްދިނެވެ. އެއީ 2018 ވަނަ އަހަރު ގެނެސްދިން އެ ފިލްމުގެ ފުރަތަމަ ބަޔާއި މިދިޔަ އަހަރު ގެނެސްދިން އެ ފިލްމުގެ ފަހު ބައެވެ. އެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy