އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: --- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ޑިސެމްބަރ 2023 - 09:25
ހުޅުމާލޭގެ އަމިން އެވެނިއު އިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބައްލަވައިގެންފައިވާ ދެ ޕެންޓް ހައުސް އާއި ހަމަ އެ ޓަވަރުގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓުގެ މެއިންޓަނެންސް ފީ ނުދައްކައިގެން އޭނާގެ ނަން އެ ކުންފުނީގެ ލިސްޓުގައި ހިމަނައިފި އެވެ.
އަމިން އެވެނިއު އިން ނެރެފައިވާ ލިސްޓުގައި ވާ ގޮތުން އޯކް ޓަވަރުގެ ދެ ޕެންޓް ހައުސްގެ އިތުރުން، ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓަނެންސް ފީގެ ގޮތުގައި 193،785.86ރ. ބައްސާމް ނުދައްކަވަ އެވެ.
އެ ލިސްޓުގައި ބައްސާމްގެ ނަން އޮތީ ބައްސާމް އަލީ ޖަލީލްގެ ނަމުގަ އެވެ. ނަމަވެސް އެއީ ބައްސާމްގެ ނަމުގައި ހުރި ތަންތަންކަން އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ.
އަމިން އެވެނިއުގެ އެޕާޓްމަންޓްތަކަށް މެއިންޓަނެންސް ފީ ނުދައްކާ މީހުންގެ ލިސްޓް "އޯކް" ބިލްޑިންގްގެ ލޮބީ އޭރިއާގައި އެންމެންނަށް ފެންނަ ގޮތަށް ހުންނަނީ ހަރުކޮށްފަ އެވެ.
އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ، ބައްސާމްގެ ދެ ޕެންޓް ހައުސް ހުންނަނީ ޖެހިޖެހިގެންނެވެ.
އަމީން އެވެނިއު އިން ނެރެފައިވާ ލިސްޓްގައި ބައްސާމްގެ ނަން: އޭނާގެ ނަން ލިޔެފައި ވަނީ ބައްސާމް އަލީ ޖަލީލުގެ ގޮތުގައި. އެކަމަކު އެއީ ބައްސާމްކަން "މިހާރު" އަށް ކަށަވަރު ކުރެވިފަ
"މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ އެ ދެ ޕެންޓް ހައުސް އެއްކޮށްލައި ލަގްޒަރީ ފެންވަރަށް ވަނީ ހަދައިފަ އެވެ. އެ ދެ ޕެންޓް ހައުސްގެ އަގު 15 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އޭނާ ބުންޏެވެ.
"މީ ރަފްލީ އަގެއް. އެގްޒެކްޓް ފިގާއެއް ނޫން،" ނަން ހާމަނުކުރަން ޝަރުތުކޮށް "މިހާރު" އާ މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.
ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާތަކަށް އެފްއޭއެމްގެ ވެރިން ހިޔާނާތްތެރިވާ ކަމުގެ ތުހުމުތުގައި ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން، ފުލުހުން އެދިގެން އިމިގްރޭޝަނުން ވަނީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ހަ މަސް ދުވަހަށެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމު އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު 22 ގައި ފުލުހުން އެފްއޭއެމްގެ އިދާރާ ބަލައި ފާސްކުރި އެވެ.
ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު
އެ ތަހުގީގާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން މިދިޔަ މަހުގެ 30 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމު ވިދާޅުވީ، އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" ބައްސާމް ކަމަށާއި ދައުވާކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ. ދައުވާ ކުރަން ފޮނުވުމުގެ ކުރިން، މިހާރު ކުރިއަށް ގެންދަނީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ކަމަށް ޝަމީމް އޭރު ވިދާޅުވި އެވެ.
"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްްއޭއެމްގެ ރައީސް ބައްސާމް،" އެ މީޑިއާ ބްރީފިންގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވެފައި ވެ އެވެ.
ބައްސާމަށާއި އެފްއޭއެމްގެ އެހެން ވެރިންނަށް ކުރެވޭ ތުހުމަތުތައް ވެސް ބައްސާމް ދޮގު ކުރައްވަ އެވެ.
އެކަމަކު ޕީޖީ ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ ނަމަހަމަ ގޮތްގޮތަށް ބޭނުންކޮށްފައި ހުންނަ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރައްވާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތުރުތަކުގައި ވަޑައިގެން ފައިސާ ހަރަދު ކުރައްވާފައި ހުންނަނީ ކޭޝް ކާޑުން ކަމަށް ވާތީ އެ މައުލޫމާތުތައް ފެންނަން ހުންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މި ހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަހުރޭ،" އެފްއޭއެމްގެ ވެރިން ބޭރު ދަތުރުތަކުގައި ވަޑައިގެން ހަރަދު ކުރައްވާ ގޮތް ފެންނަން ހުންނަކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެވޭނެ އުސޫލުތަކެއް ރާއްޖޭގައި ހުރެ އެވެ. ފީފާ އިން އެފްއޭއެމަށް އެ ފައިސާ ފޮނުވިޔަސް، އެއީ ދިވެހިންނަށް ފޮނުވާ ފައިސާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމިއްޓެ
16 December 2023
ޕީއެންސީ އަށް ސޮޔެއް ވައްޓާލާއިރައް ތިކަން ހަމަޖެހޭނޭ ބައްސާނޫ
ޢުނަގަނޑު
11 December 2023
ޢަވަހަށް ކުރިންބައިން ފަރުވާ ފަށަން އުޅޭ
ގްރެފައިޓް
10 December 2023
މިތާގައި އެންމެންވެގެން މީނާއަށް ހާދަވަރެއް ކޮށްލައޭ އެބަ! ގާނޫނާއި ޚިލާފު ގޯސްތަކެއް ހާދާފައި އޮތްކަމަށް ތުހުމަތު ކުރެވެންޏާ ޝަރީއަތަށް ގެންގޮސް ހުކުމެއް އިއްވުމެއް ނޫންތަ ރަނގަޅު ގޮތަކީ؟ އެތިވަރުތަށް ކިއުމަށް ވުރެ؟
އުމަރުމަނިކު
10 December 2023
ވަގުން ބޮޑެތި ވެރިންނަށްހަދާ ރަށްމެދަށް ދޫވެފައި ތިބީމަ ދެންވާނީމިހެން. ފީފާއިން ރާއްޖެއަށް ރާއްޖޭގެ ކުޅިވަރަށް ހަރަދު ކުރަން ފޮނުވި ފައިސާ ޗޯރުކޮށް ގެދޮރުހަދާ އަބިދަރިންނަށް ކާންދީ ބަލާ ބޮޑުކޮށް ގާތްތިމާގެ މީހުންނަށް ހަދިޔާދޭއިރުވެސް އަޅާނުލާ ތިބެފަ މިހާރު އަމީނަށް ފީނުލިބެޔޭ ބުނެގެން ވާނެ ކަމެއްނެތް.
އަބުދުގެ އައްލޫ
10 December 2023
ޕަޒްލްގެ ޕީސަސް ފޯލިން އިންޓް ޕްލޭސަސް! އެފްއޭއެމްގެ ހެޑަކަށް ހުރެ ހިންގި ޖަރީމާތަކު އަސްލު މަޑުމަޑުން މިފެންނަން ފެށީ.
ނަގިއްޔާ
10 December 2023
ބައްސާމު ކަލޭބަލާބަ ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރު ފުނޑާލާފަ ގަތް ގަނޑު. ލަނދުކޮބާ؟ ކަލޭމެންކަހަލަ މީހުންގެ ސަބަބުން ހުސްނުވާވަރަށް އަދީބު ތައް އުފެދި ގައުމުގެ މުސްތަގުބަލާމެދުވެސް މިހާރު ސުވާލު އުފެދެންފަށައިފި. ކަލޭމެން ރަގަޅުވާނީ ހަމަ ޖަލުގެ ކުޑަގޮޅިއަށް، ތަންތަނުގެ ރައީސަކަށް ހުންނަ ފެންވަރެއްނެތް.
ަާމި މީހުން ނޫން ގޮތެއް
10 December 2023
ތިމީހުންނަކީ ވަރަށް ރީތިފަށުވި އިބާރާތުން ވާހަކަ ދައްކާ ބައެއް، ތިމީހުން ވަނީ ގާނޫން ހިމާޔަށް ލިބިފައި، ތިމީސް މީހުންގެ އާއިލާ ބިނާވެފައި ވަނީ 4 ކަށިމަތި މާލޭ މީހުންނަށް، މިއިން މީހަކަށް ދިވެބަހެއް އިސްލާމް ދީނެއް ފަހުމު ވާކަށް ބޭނުމެއް ނުވާނެ، މީހުންގެ ހައްގަށް އަރައިގެން ތިބެ ދުނިޔެ ހޯދުމުގަ އަވަދިނެތި ބޮޑާވެ ކިބުރުވެރި ކަންމަތީގަ ބައްޓަންވެފައިތިބި ބައެއް! ރާއްޖޭގަ މިލްކިއްޔާތަކީ މި މީހުންގެ ތަރިކަ މުދާ ކަމަށް ދެކޭ ބައެއް! ދިރާސާއެއްކޮލަބަލަ
ހުސެއިނުބެ
10 December 2023
ކުރީގަ ޔޫތު މިނިސްޓަރު މަހުލޫފު އުޅެނީ މާމަތީގެ.
ސައިލެންޓް
10 December 2023
މީއަޅެ ބޮޑު ބަޖިޔާއެއް ކަހަލަ މީހެނެއްނު.... ބަފާ އަތުގެވެސް، ނެތް ފައިސާއަކުން 02 ޕެންޓްހައުސް ގަނެވިގެން މިއުޅެނީ.... ތަނުގެ ވެރިފަރާތަށްވެސް އެނގިހުރެ ކަންނޭނގެ މިސަކަރާތެއް ޖަހާފައި މިވަނީ.. ދެން ކޮން ކޯންޗެކޭ ކިޔާކަށްތަ...
ދޭސީ
10 December 2023
އެފްއޭއެމްގެ ރައީސްކަން ކޮށްގެން އަހަރަކު އެއް މިލިޔަން ރުފިޔާވެސް ނުލިބޭނެ. އެވަރުގެ މުސާރަ ލިބޭ މީހަކައް 15 މިލިޔަން ރުފިޔާގެ ލޯނު ދޭނެ ބޭންކެއްވެސް ނުހުންނާނެ. 15 މިލިޔަން ރުފިޔާގެ އަގުހުރި މުދާ ހޯދި ގޮތެއް ބަލަންޖެހޭނެ.