10 ޑިސެމްބަރ 2023 - 16:23
ކުރީ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ގޯތި ދޭން ހުޅުވާލުމުން ކުރިމަތިލި މީހެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ދަފްތަރު ނަންބަރު 234, ފާތިމަތު އަހުމަދު މި މައްސަލަ ކޯޓަށް ހުށަހެޅީ އޭނާއަކީ މާލޭގެ ރަށްވެއްސެއް ކަމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ނަން ލިސްޓްގައި ހިމަނާފައި ނެތުމުންނެވެ.
ވަގުތީ ލިސްޓްގައި އޭނާގެ ނަން ނެތުމުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ އާއި އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހެޅި އެވެ. އޭނާ އުފަންވެފައިވަނީ ހ. މަދަރާގެގަ އެވެ.
ނަމަވެސް، އޭރުގެ ޕްލޭނިން މިނިސްޓްރީން އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި ނިންމުން ނަފީ ކުރެވޭ ފަދަ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ ދާއިމީ ލިސްޓްގައި ވެސް ނަމެއް ނުހިމަނަ އެވެ.
ސަރުކާރުން އޭރު ކަނޑައެޅި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެއްސެއްކަން ހިނދުކޮޅަކަށް ވެސް މެދުކެނޑިފައިވާ ނަމަ ޝަރުތު ހަމައެއް ނުވެ އެވެ. ފާތިމަތުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް ކަނޑައެޅީ އެކަމަށް ބަލާފަ އެވެ. މ. މުލަކު ގެއަކަށް އޭނާ ރަޖިސްޓާވެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
އެކަމާ ގުޅޭ ލިޔުމެއް ވެސް ދައުލަތުން ހުށަހެޅި އެވެ. ނަމަވެސް، ފާތިމަތު ބުނަމުން ދިޔައީ އޭނާއަކީ އަބަދުވެސް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހުރި މީހެއް ކަމަށެވެ.
އެ މައްސަލާގައި ފާތިމަތު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގައި ބުނީ އޭނާގެ އުމުރުގެ 54 އަހަރު ވެސް ހޭދަކޮށްފައިވަނީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައިކަން އެނގެން އެބަ އޮތް ކަމަށާއި ރާއްޖޭގެ އެހެން ތަނެއްގައި އޭނާ ރަޖިސްޓްރީވެފައިވާ ކަމެއް އެނގެން ނެތް ކަމަށެވެ.
ހުކުމްގައި ބުނި ގޮތުގައި އޭނާގެ ނަން މ. މުލީގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ކަމަށް ޑީއެންއާރް އިން ދޫކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމާއި އެއީ ބާތިލްކޮށްފައިވާ ރެކޯޑެއް ކަން އެނގެން އޮތް ކަމަށެވެ.
އެހެންކަމުން، މާލޭގެ އެހެން ރަށްވެހިންނަށް ވެސް ލިބުނު ފުރުސަތު ފާތިމަތަށް ވެސް ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭނާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ކަަމަށް ކަނޑައަޅައި، އުސޫލުގެ ތެރެއިން ގޯތި ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
11 December 2023
އެކަމަކު އާޒިމު އެބަ ބުނެއެއްނު ހޯދާދޭނަމޭއެއްނު. މިހުންނަނީ ކޮށްފަހުންނަ ވައްކަން. އަކުރަމުލައްވާ ބޭނުން ބަޔަކަށް ގޯތިވެސް ފުލެޓުވެސް ދިނީ.
ޑިސްކްރިމިނޭޓް
11 December 2023
މާލޭގެ އެތައް ރައްޔިތަކަށް ޑިސްކްރިމިނޭޓް ކޮށްފައި ގޯތި ދިނީ. ވޭތުވެދިޔަ ސަރުކާރުން ގޯތި ދިނީ ދެކުނު އެފްރިކާގައި ދޮން މީހުން ވެރިކަން ކުރި ދުވަސްވަރު ކަންކުރި ގޮތަށްވުރެވެސް ނުބައިކޮށް. ނަސްލީ އިމްތިޔާޒުގެ ވިސްނުން އޮތް ޕާޓީއެއް އެމްޑީޕީ އަކީ.
އިހްލާސްތެރިޔާ
11 December 2023
ރަގަނޅު ކޮންމެބޭފުޅަކީވެސް ދިރިއުޅުމުގެ ހައްގު ގެއްލޭނެ ބޭފުޅެއްނޫން ވީމާ ފާޠުންނޫނީ މާލެއިންގޯތި ލިބެންޖެހޭ ވަކިކުލަޔަކަށްނުބަލާ ކޮންމެ ބޭފުޅަކަށްވެސް ދިރިއުޅުމުގެ ހައްޤު އޮންނާނެ މަރުހާބާ ފާޠުން ތިޔަހޯދެއްވި ކާމިޔާބީއަށް ފަށްފަށުން މަރުހާބާ ކަންކަމުގާ ފިޑިވެ ފަހަތައްޖެހުނީމާ އަބަދުވެސް ފަހަތުގައި ހުންނަށްޖެހޭނީ ގަދަ އެނގޭ ފާޠުން
ޙާމަ
10 December 2023
ގޯތި ހިލޭދެވޭ. ޢެކަމު ފްލެޓް ބޮޑުއަގުގަ..
ޒައިކް24
10 December 2023
ފުލެޓު ހަދަނީ ހިއްކި ބިމުގަ އަދި އިތުރު އެތަށް މިލިޔަނެއް ޚަރަދުކޮށްގެން..އެހެންވީމަ އެބައި އެނަގަނީ.. ގޯތީގަ ގެ އަޅާނީ އެމީހެއްގެ އަމިއްލަ ޚަރަދުގަ..
އަންގްރޭޓްފުލް ޕީޕަލް
11 December 2023
ބަލަ ގޯތިދެނީ މާލެގައޮތް 4ފޫޓު ތަންކޮޅެއްނަމަވެސް އެދޫކޮށްލީމަ. ތިމީހުން މާލޭން ފްލެޓް ހޯދައި ރަށުގަ ގެސްޓްހައުން އަޅައިގެންނު ތިއުޅެނީ. އެވަރުންވެސް ނުފުދެ. ޙުރިހާ ކޮޅަކުން ކައިގެން އަދި މާ މާލެ ވާންވެގެން.
ނަމަނަމަ ނުކިޔާތި
10 December 2023
އަޅެ ފަހެ މީސްމީހުން ގާތު ނާހާ އެ ޙުކުމް ކިޔާލަ ބަލަ! އެއްޗެއް ފަހުމު ވޭތޯ!
ރޓ މީހާ
10 December 2023
އެމީހާގެ މައިންބަފައިންވެސް މާލެތޯ. މަންމަ ނުވަތަ ބައްޕަ ކޮންމެވެސް އެކަކު މާލެ ވާންޖެހޭކަމަށް އޮންނަނީ. ދަތުރުވަރެއްގައި މާލެއައިސް މާލޭ ގެއަކަށް ވިހެއަސް މާލެމީހަކަށް ނުވެދާނެ. ހޮސްޕިޓަލައުފަން އެންމެން މާލެވޭތަ. ނޫސްވެރިންވެސް އިތުރު ތަފްސީލް ގެނެސްދޭންޖެހޭ.
ޛިހަަ
10 December 2023
އަސްލުހަބަރު ކިޔާނިމުނު އިރުވެސް ތިމީހާއަކީ މާލެ ގެއެއްގެ ރަޖިސްޓްރީގަ ޖެހިފަ އޮތްމީހެއް ކަމެއް ނޫނީ kaaku ކަމެއް ނޭގެ
އޮނަރަބްލް އަފީފު ދީދީ
10 December 2023
މިކަން ހިގާފައިވާގޮތަށް ބަލާލުމިން މިކަމަކީ "އިދާރީ އޮޅުމަކުން" ހިގި ކަމެއްނޫންކަން ސާފުކޮށް އިގޭ. އެހެން ކަމުން ކ.މާލޭގެ ޤާނޫނީ އެތައްހާސް ރައްޔިތުން ބާކީކޮށް (ދަފުތަރު ރެޖިސްޓްރީގައި ތިބި އެރަށު މީހުން) އިބްރާހިމްގެ ސަރުކާރުން "ބަހާލި ބިންތައް" ބަހާފައިވަނީ "ޤަބީލާ ވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުންކަން" ދައުލަތުގެ ޝަރުއީ ކޯޓަކުން މިއޮތީ ރަސްމީކޮށް ކަޑައަޅާފަ. ދެން މިކަން ދޮގު ކުރާނެ ޖާގަ އެމްޑީޕީއަށާއި އެޕާޓީގެ މަޖީލިސް މެންބަރުންނަކަށް ނެތް.
ނަނުގެ
10 December 2023
ކަލޭ ޕީޕީ އެމްދޯ؟ ކޯޓުން ނިންމީމާ އޯކޭ، އޭގެ ކުރީން ނިންމީ ކޯޓަކުންނޫނޭ، އުޞޫލުގެ ތެރެއިން ލިއެ ކިއުމުންފެންނަން ހުރި ގޮތަށް. ކަލޭ އެވާހަކަ ފަހުމްވާވަރަށް ނުކިޔަންދޯ؟ ކިޔާލާ އަނގަ ހުޅުވުމުގެ ކުރީން. މިއަދު އިބަރާހިމެއް، އެމްޑީޕީ އެއްވެސްނެތް. ވަގު ޔާމީނެއްވެސްނެތް. ރަގަޅަށް ގެންދަންވީ. ވާނެބާ!