އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މި ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ބައިވެރިވުމަށް ރައީސް އޮފީހުގައި: ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް އުފައްދަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: ރައީސް އޮފީސް
10 ޑިސެމްބަރ 2023 - 18:11
ޒަކާތާ ގުޅޭ ކަންކަން ކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ޒަކާތާ ގުޅޭ ކަންކަން މިހާރު އިންތިޒާމުކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ހާއްސަ ޑިޕާޓްމަންޓެއްގެ ދަށުން ކަމަށެވެ. މި ނިންމުމާ އެކު އެ ޑިޕާޓްމަންޓް ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކާތުގެ ކަންކަމަށް ވަކި އިދާރާއެއް ހެދުމުގެ ބޭނުމަކީ ޒަކާތުގެ ގޮތުގައި މިހާރު އެކި މީހުން ދައްކަމުން އަންނަ މިންވަރު އިތުރުކޮށް، އެ ޒަކާތުން ކުރެވޭ މަސައްކަތްތައް އިތުރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތްތަކުގެ ތެރެއިން، ޒަކާތުގެ ތެރެއިން ހޯދޭ މިންވަރު އިތުރުކޮށް، ހަމައެއާ އެކު، އެ މިންވަރުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއަދު ޒަކާތް ލިބިގަންނަ މީހެއްގެ ގޮތުގައި ހުންނަ މީހާ މާދަމާ ޒަކާތް ނެރޭ މީހަކަށް ހެދުން،" ފިރުޒުލް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޒަކާތު ފަންޑަށް މިހާރު ލިބޭ މިންވަރު ދެނުގަނަ އިތުރު ކުރުމަށް ވެސް މި އިދާރާ އިން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޒަކާތް ދައްކާ މީހުން ވެސް އިތުރުކޮށް، އޭގެ ނަފާ ޒަކާތް ހައްގުވާ މީހުންނަށް ހޯދައިދިނުމަށް މި އިދާރާ އިން މަސައްކަތް ކުރާނެ ކަމަށެވެ.
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބޭނުންކުރަމުން އަންނަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި ކަމަށާއި މި އިދާރާ ގާއިމްކުރުމުން އެ ކަމަށް ވެސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީސާ
12 December 2023
ޝަހީމަކީ ވަރަށް ބޮޑާ މީހެއް، ވަރަށް ސަލާމް
ށަހިމު
12 December 2023
ޝހީމޫ، ކޮންމެ ދުވަހަކު ވެސް ކަލޭނޫހަށް އަރާތި އިނގޭ! ސެލްފު ޕުރޮމޯޝަން މެކުހަށް
މުހައްމަދު ސައީދު
11 December 2023
ރަގަޅު ޒަކާތު ހައުސް ގެ އިތުރަށް އަދި އުފައްދަންވީ ނޫންތޯ ނަމާދު ހައުސް ، ރޯދަ ހައުސް ، ހައްޖު ހައުސް އަދި ރިބާ ކެއުމާއި ކާން ދިނުން މަނާ ކުރާ ހައުސް .
މުހައްމަދު ސައީދު
11 December 2023
ޒަކާތު ހައުސް އޭ ކިޔައި ގެން އަލަށް ކުރާ ކަމެއް ކަމަށް ދެއްކިޔަސް ރައީސް މައޫމޫންގެ ސަރުކާރުން ހިންދި ޑިޕާރޓް މެންޓް އޮފް ޒަކާތް. އެތަން އުވާލީ ކީއްވެކަމެއް ނޭގުނު. ޒަކާތް ނުދައްކާތީ ކަމެއްވެސް ނޭގުނު. ވީމާ އެހެން ނަމެއްގައި ކުރިޔަސް ކުރާނީ އެއްކަމެއްކަން ކަށަވަރު. ދެން އަނެއް ވާހަކަ އަކީ އިސްލާމް ދީނުގެ ކަންކަން ދަމަހައްޓައި ކުރި އަރުވަން އުޅުއްވާކަމުގެ މެޑަލް ޖައްސަވަމުނ ދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ހުއްޓުވައި ދެއްވާނެ ތޯ ؟ ރިބާ ކެއުން .
އަދިބޭނުން
11 December 2023
މާގިނައިން ސަރުކާރަށް ތާއީދުކޮށް ފޭކް ކޮމެންޓްކުރާތީ އެކަން ބަލާނެ އޮފީހެއްވެސް މިސަރުކާރު އޮތީމަ އެބަ ބޭނުންވޭ.
މޫސާކުއްދާ
11 December 2023
ދެން އެންމެ އަވަހަށް ދެކެން ބޭނުންވަނީ ‘މޯލްޑިވްސް ނަމާދު ހައުސް’ ގެ ނަމުގައި އިދާރާއެއް ހަދާތަން. ޝަހީމަށް ވަޒީރުކަން ކުރެވުނު ކަމަށް ބެލެވޭނީ އޭރުން.
ލުބާން
11 December 2023
މިސަރުކާރުން ޒަކާތު ފައިސާއިން ވައްކަމެއް ނުކުރާނެ އިންޝާ ﷲ
މޫސާކުއްދާ
11 December 2023
ޒަކާތު ފައިސާ ކީއްކުރަން، މިސަރުކާރުަގައި ގިނައިންތިބީ ރޯމާދުވާލު ވައްކަން ކޮށްފާނެ ބޮޑެތި ވަގުން. ނުބަަލާނެ އަމަޔަކަށް ބަފަޔަކަށް!
ފާއިޒްް
11 December 2023
ޝަހީމް ތަފާތުވާނެ. އިރާދަކުރެއްވިޔާ ފެނިގެންދާނީ އިސްލާމްދީނަށް ލޯބިކުރާ މުޖުތަމައެއް
ފޫހި
11 December 2023
ކޮންމެކަމަކަށް ވުޒާރާތަކެއް ހަދާކަށްނުޖެހޭ. މުވައްޒަފުން މަދުކޮށް ޒިންމާ އިތުރުކޮށް އެމީހުންގެ އުފެއްދުންތެރިކަން އިތުރުކުރުމުން ފުދޭވަރަށް މިހާރުވެސް މުވައްޒަފުން އެބަތިބި. އަބަދުވެސް އަޑުއިވެނީ ދައުލަތުގެ ޚަރަދު އިތުރުވާގޮތަށް ކަންކަން ކުރާވާހަކަ. އާމްދަނީ ލިބޭނެ ކަމެއް އަދިއެއްނުކުރޭ.
ކަލީމް
11 December 2023
ކޮންމެ ކަމެއް ބޮޑު އޮފީހެއްގެ ގޮތުގައި ހަދާ އެތަކެއް މުވައްޒަފުން އިތުރުކޮށް ހައިބަތު ބޮޑުކުރާކަށް ނުޖެހޭ. މިހާރުވެސް ދައުލަތުގެ އޮފީސްތައް ގިނަކަމާ މުވައްޒަފުން ގިނަކަމުން ރައްޔިތުން ފެލައިގެން ލިބޭހާ ލާރިއެއްގެ ބޮޑުބައި އެ ހުސްވަނީ ދައުލަތުގެ ސޯބު އަބުރާލަން ހަމައެކަނި.