ަވޮލެޓަކުން ޑޮލަރު ނަގަނީ. ފޭކު ޑޮލަރުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވާން އެދެފި --ފޮޓޯ: ނިޝާން އަލީ/މިހާރު
12 ޑިސެމްބަރ 2023 - 12:19
ސަތޭކަ ޔޫއެސް ޑޮލަރުގެ ސައްހަނޫން ނޫޓު މިހާރު ދައުރުވަމުންދާތީ، އެކަމަށް ސަމާލުވާން އެމްއެމްއޭ އިން އެދެފި އެވެ.
އެމްއެމްއޭ އިިން އެގޮތަށް ދައުރުވާ ކަމަށް ފާހަގަކުރެވިފައިވާ ނޫޓަކީ 1996 އިން ފެށިގެން 2016 އާއި ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓެއް ކަމަށެވެ.
ސައްހަ ނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް:
- ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
- ފޮޓޯ ހިމެނޭ ވޯޓަ މާކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުން
- ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ "ޔޫއެސްއޭ 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން
- ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން
އެމްއެމްއޭ އިން ބުނީ ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ވެސް ފޭކު ނޫޓުގައި ނުހުންނާނެ ކަމަށެވެ. އަދި ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައި ގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެ ނަމަ، އެ އޮތޯރިޓީ އަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރުން އެދޭ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް ރާއްޖޭގެ ބާޒާރުގައި ފޭކު ޑޮލަރުގެ ނޫޓުތަކެއް އުޅޭ ކަން ފާހަގަކުރެވިފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ. އެކަމަކު އޭރު އެމްއެމްއޭ އިން ބުނީ އެފަދަ ކަމެއް ފާހަގަނުކުރެވޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
12 December 2023
މިގައުމުގަ ތިކަހަލަ ކަންތައް ރަނގަޅުނުވާނެ ކުޑަކުދިން ލައްވާ ހުކުރު ނުކުރެވިގެން އުޅޭ ސަރުކާރެއް މީ
ކިރު ސައި
12 December 2023
މިހިރަ ދިދަޔާ، ކިހިނެއްތަ މިވަނީ؟
ފޭކްދިދަ
12 December 2023
ދިދަކުރާނީ ކީއް، ދިދައުޅެނީ ގައުމު ދިރުވާނުލެވިގެން.
ފެކްޓްއޮފްފެކްޓް
12 December 2023
ފޭސްބުކްގަ ސްޕޮންސަރޑް އެޑް ޖަހައިގެން އެބަ އިސްތިހާރުކުރޭ ފޭކް ޑޮލަރު ވިއްކާކަމަށް، އެއީ ކޮންބައެއްކަން ދެނެގަނެވެންވާނެ ސްޕޮންސަރޑް އެޑް އަށް ޕޭ ކުރާ މެތަޑް މެދުވެރިކޮށް އެއީ ކާކު ހިންގާ ޕޭޖްތަކެއްކަން
ޛިހަ
12 December 2023
ފޭކު ޑޮލަރު އެތެރެވީގޮތް ބަލަންވީނު.ގައިމު ކަސްޓަމްސް އަށް އިނގޭނެޔޭބުނި ކަރަންފުލެއް ގެނެޔަސް
ތިއުޅެނި މާ ފަހަތުގަ
12 December 2023
އެތެރެކުރާކަށް ނުޖެހެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގަ މިހާރު އެހުންނަ ޕްރިންޓަރުތަކުން ފެންވަރު ރަގަޅުކޮށް ޕްރިންޓް ކުރެވޭ. ޑޮލަރު ގިނައިން ވިއއކަނީ ބަންގާޅީންނަށް. ޑޮޮަރޭ ބުނާއިރަށް އެމީހުން ތިބެނީ ކޮށިއަރާފަ. ފޭކް ޑްލަރު ބޮލުގަ އެޅުވެނީ ތަންދޮރު ނުދަންނަ މީހުންގެ.
އައްޓަމަސް
12 December 2023
100 އެކަނިތަ? 50 ގެ ވެސް ފޭކު ނޫޓު އެބަ ގެންގުޅޭ!
މީހާސ
12 December 2023
އެންމެންމޭ ގަދަ އިނގޭ! ޝުކުރިއްޔާ ތިދެއްވި މައުލޫމާތަށް