ޚަބަރު / ނ. ވެލިދޫ

43 އަހަރުގެ ހިދުމަތަށްފަހު ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި

ނ. އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި މުދައްރިސް، ސުލްތާނާ މޫސާ ވަޒީފާއިން ވަކިވެޑައިގަތުމުން ބޭއްވި ވަދާއީ ސަލާމުގައި އޭނާ ސްކޫލްގެ އެހެން މުވައްޒަފުންނާ ސަލާންކުރައްވާއިރު ބައެއް ބޭފުޅުންނަށް ރޮވިފައި.-- ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު

ނ. ވެލިދޫގައި ހުންނަ އެ އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި ޓީޗަރު، ސުލްތާނާ މޫސާ ވަޒީފާއިން މިއަދު ރިޓަޔާކުރައްވައިފި އެވެ.

ސުލްތާނާ ވަޒީފާއިން ރިޓަޔާކުރެއްވުމުން މިއަދު ވަނީ އެ ސްކޫލްގައި އޭނާއަށް ހާއްސަ ވަދާއީ ސަލާމެއް ވެސް ބާއްވައިފަ އެވެ. މި ވަދާއީ ސަލާމުގައި ވަނީ އެ ސްކޫލްގެ ހުރިހާ ޓީޗަރުންނާއި މުވައްޒަފުން ބައިވެރިވެފަ އެވެ.

ނ. އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި މުދައްރިސް، ސުލްތާނާ މޫސާ ވަޒީފާއިން ވަކިވެޑައިގަތުމުން ބޭއްވި ވަދާއީ ސަލާމް.-- ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު

އޭނާ އަކީ އެ ސްކޫލްގެ ކީ ސްޓޭޖުގެ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ކިޔަވައިދިން ޓީޗަރެކެވެ.

ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ނިޒާރު "މިހާރު" އަށް ވިދާޅުވީ ސުލްތާނާ ވަޒީފާއިން މިއަދު ވަކިވެވަޑައިގަތީ ދައުލަތުގެ ރިޓަޔަމަންޓް އުމުރު ހަމަވާތީ ކަމަށެވެ. އަދި ސުލްތާނާ އަކީ އެ ސްކޫލަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި މުދައްރިސް، ސުލްތާނާ މޫސާ ވަޒީފާއިން ވަކިވެޑައިގަތުމުން ބޭއްވި ވަދާއީ ސަލާމުގައި އޭނާ ސްކޫލްގެ އެހެން މުވައްޒަފުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު

އޭނާ ވިދާޅުވީ ސުލްތާނާ އަކީ ސްކޫލްގެ އެހެން މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ޓީޗަރެއް ކަމަށެވެ. އެހެންވެ، ސްކޫލަށް އަގުހުރި ގިނަ ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެއްވި ސުލްތާނާ ވަޒީފާއިން ވަކިވެވަޑައިގަތުމުން ރަށުގެ އެންމެންނަށް ވެސް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުލްތާނާގެ ވަދާއީ ސަލާމުގައި އޭނާ ސްކޫލްގެ މުވައްޒަފުންނާ ސަލާންކުރައްވަމުން ގެންދެވި އިރު، އޭނާ އަށް ވެސް ހުރީ ރޮވިފަ އެވެ. އަދި ސްކޫލްގެ ބައެއް މުވައްޒަފުންނަށް ވެސް ރޮވިފައި ތިބި މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ނ. އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި މުދައްރިސް، ސުލްތާނާ މޫސާ ވަޒީފާއިން ވަކިވެޑައިގަތުމުން ބޭއްވި ވަދާއީ ސަލާމް.-- ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު

ނިޒާރު ވިދާޅުވީ ސްކޫލްގައި މިއަދު ބޭއްވި ވަދާއީ ސަލާމަކީ ސްކޫލް މުވައްޒަފުންގެ ރިކްރިއޭޝަނަލް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެއް ކަމަށެވެ.

"މިއަދަކީ ސުލްތާނާ މިސް ސްކޫލްގައި ކިޔަވައިދޭ އެންމެ ފަހު ދުވަހަށް ވުމުން، ސްކޫލް ނިންމައިފައި، ހަތްކޮޅުގައި، އިއްޒަތުގައި، ސްކޫލުން ގެއަށް މިސް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި މުދައްރިސް، ސުލްތާނާ މޫސާ ވަޒީފާއިން ވަކިވެޑައިގަތުމުން ބޭއްވި ވަދާއީ ސަލާމް.-- ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު

"ސުލްތާނާ މިސް އަކީ ހުރިހާ ސްޓާފުންނާ ވެސް، ކޮންމެ އުމުރުފުރައެއްގެ މީހަކާ ވެސް ވަރަަށް ގާތް ގުޅުމެއް ބޭއްވި، ވަރަށް ރައްޓެހިކޮށް އުޅުއްވި ބޭފުޅެއް. ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ވަރަށް ލޯބި ލިބިފައިވާ ބޭފުޅެއް. ހުރިހާ ކުދިން ވެސް ބައިވެރިކޮށްގެން މަސައްކަތް ކުރެއްވި ޓީޗަރެއް އަދި ހާއްސަކޮށް ދަށް ލެވަލްގެ ދަރިވަރެއް ވެސް ބާކީވިޔަ ނުދޭނެ."

ނިޒާރު ވިދާޅުވީ ސުލްތާނާ އަކީ ތައުލީމީ ދާއިރާއިން އަމިއްލަ އަށް ކުރިއަށް ދިއުމަށް ވެސް ވަރަށް ބުރަ މަސައްކަތް ކުރެއްވި ޓީޗަރެއް ކަމަށެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމަށް އަމިއްލަ އިސްނެގުމުގެ މަތިން ވެސް ވަރަށް ގިނަ ކަންކަން ކުރެއްވި ޓީޗަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅުގެ ތައުލީމީ މަރުކަޒަށް 43 އަހަރު ދުވަހު ހިދުމަތް ކުރެއްވި މުދައްރިސް، ސުލްތާނާ މޫސާ ވަޒީފާއިން ވަކިވެޑައިގަތުމުން ބޭއްވި ވަދާއީ ސަލާމުގައި އޭނާ ސްކޫލްގެ އެހެން މުވައްޒަފުންނާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނ. އަތޮޅުގެ ތައުލީމީ މަރުކަޒު

އެހެންވެ، ސުލްތާނާ މިސް އަކީ މުޅި ސްކޫލާއި މުޅި ރަށް ވެސް ފަހަރުވެރިވާ، އަގުހުރި ހިދުމަތްތެރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

23 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 29%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 58%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢުދަރެސް

13 December 2023

މިފަދަ މީހުންގެ އަގުވަޒަންކޮށް ގައުމީ އިނާމު ދިނުން ހައްގު

The name is already taken The name is available. Register?

އިހްސާސް

13 December 2023

ސުލްތާނާ މިސްގެ އެހީތެރިކަން ލިބުނު ދަރިވަރެއްގެ ހައިސިއްޔަތުން ބުނެވޭނީ އެއީ ހިތްހެޔޮ މޮޅު މައެކެވެ.

The name is already taken The name is available. Register?

ބޮޑުރިޔާ

13 December 2023

އަސްލު އަޅުގަނޑަށްވެސް ވަރަށް އަސަރު ކޮއްފި މިއަދު ހިތަށް އަރާ ރައީސް އިބޫ ވެރިކަމުގައި ހުރިނަމައޭ އެހެންނޫންނަމަ އަދި ރަށާއި ގައުމަށް ހިދުމަތްކުރުމުގައި ދެމިހުރެވުނީސް އެއީ އެމނިކުފާނުވަނީ ރިޓަޔާ ކުރާ އުމުރު މަތިކޮށްދެން ވައުދުވެފައިވާތީ ކީއްކުރާނީ މީއަހަރެމެން ނިންމިގޮތް

The name is already taken The name is available. Register?

ޝެއިޚްފުޅު

13 December 2023

މަވެސްރުއިން

The name is already taken The name is available. Register?

ޛިހަ

12 December 2023

އަސްލު މިކަހަލަ ގައުމައް ބޭނުން ޖެހިފަވާ ފަރާތްތައް ވަޒީފާއިން ވަކިވާން ވަކި އުމުރެއް އޮތުމަކީ ގޯހެއް . ސިއްހީ ހާލަތު ތަންދީ ބޭނުންވާނާމަ ވަޒިފާގަ ދެމިހުރުމަކީ ރަނގަޅުގޮތް. ކަމެއް ނުކޮއް ގޭގަ ހުރުމަކީ މީހާ ސިއްހަތައް އެހާރަނގަޅު ކަމެއް ނޫން

The name is already taken The name is available. Register?

މަންބެ

13 December 2023

އަނެއްކޮޅުން ވަޒީފާތައް ބޭނުންވެފައިތިބޭ ޒުވާނުންނަށް ފުރުސަތުވެސް ލިބެންޖެހޭ.

The name is already taken The name is available. Register?

ޖޯކާ

13 December 2023

މަންބެ، ފުރުސަތު ތައް މަދުވެގެންތަ ޒުވާނުން ޖޮބްލޭސްކޮށް ތިބެނީ؟ ލޮލް

The name is already taken The name is available. Register?

ޖޯންޖޯން

13 December 2023

މަންބެ ކަލޯ މިގައުމު ޒުވާނުން ވަޒީފާ ނެތިގެންތަ އެތިބެނީ؟؟؟ ފަޅޮލޭ ވިދާޅުވެބަލަ. މިހާރުވެސް އެތައް ބޭރު ޓީޗަރުންނެތް ވެލިދޫ އިސްކޫލުގައިވެސް އެބަތިބި. ތިވިދާޅުވާ ދިވެހި ޒުވާން ޒުވާނުންތައް ކޮބާ؟

The name is already taken The name is available. Register?

ރަށުން ބޭރު އިސްދަރިވަރެއް

12 December 2023

ސުލްތާނާ މިސް އަޅުގަނޑަށް ސީދާކުލާހުގަ ކިޔަވައިނުދެއްވި ނަމަވެސް މިސްގެ ހިތްހޮޔޮކަން ވަނީ ފެނިފަ.އޯގާތެރިކަން ވަނީ ތަޖުރިބާކުރެވިފަ. މިސްގެ އަމަލުންކިޔަވައި ދެއްވީ އަގުނުކުރެވޭހާ އަގުބޮޑު މުހިންމު ފިލާވަޅުތަކެއް. އެސްކޫލް ނިންމިފަހުން 21 އަހަރުތެރޭ މިސްގެ ހަބަރެއް ލިބުނުއިރު ސްކޫލުން ވަކިވި ހަބަރު ލިބުމުން ވަރަށް ދެރަވެއްޖެ.އާދަމް ސަރ އަކީ ވެސް މިސް ފަދަ ލޯބި ޓީޗަރެއް. މިސްއަށާއި އާދަމް ސަރއަށް ދުޅަހެޔޮސިއްހަތަކާއި އުފާވެރި ދުވަސްތަކެއް ދެއްވާށި.

The name is already taken The name is available. Register?

އިބުރު

12 December 2023

ސުލްތާނާ މިސްއަކީ ވަރަށް ހިތްހެޔޮ އަބަދުވެސް ނޭނގޭ ގިނަ ކަންކަން އެންމެ ފުރިހަމައަށް ކިޔާދެއްވާ ޓީޗަރު ، އަދިވެސް ހަނދާން ހުރޭ 'ގްރޭޑް 5 ގަ އުޅެނިކޮށް ދަތުގަ ކާއެއްޗެހި ހަރުލީމަ ބުރުހުން ކިހިނެއް ހަދައިގެންކަން ފިލުވާނީ' މިއަދު އެ މުދައްރިސްގެ އެ ކިޔާދެއްވާ ފައިވާ އެތަކެއް މައުލޫމާތެއް އެއީ މިއަދު އަހަރުމެންނަށް ވަރަށް މުހިމު ނަސޭހަތް ތަކެވެ.

The name is already taken The name is available. Register?

ޢާއިޝް010

12 December 2023

ފޮޓޯތައް ފެނުނީމަވެސް ރޮވިއްޖެ.

The name is already taken The name is available. Register?

ދަންޑެހެލު

12 December 2023

ސުލްތާނާ މިސް އަށް އުފާވެރި ދުވަސްތަކަކަށް އެދެން

The name is already taken The name is available. Register?

ކުރައިންބޭބީ

12 December 2023

ސުލްތޯނާ މިސް އަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން ދެރައީ ތި ރޯ ގުރޫޕުގަ އިބޫ ނެތީމަ، އިބޫ ހުންނެވިނަމަ ފިސާރި ރޯލީސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454