އާސަންދަ އޮފީސް. އާސަންދައަށް އާންމުން ކޮންޓްރިބިއުޓް ކޮށްގެން ނޫން ގޮތަކަށް އެ ސްކީމު ކުރިއަށް ނުގެންދެވޭނެ ކަމަށް އެކުންފުނިން ބުނެފައިވޭ - ފޮޓޯ: މިހާރު
12 ޑިސެމްބަރ 2023 - 21:19
އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އާންމުންގެ ކޮންޓްރިބިއުޝަނެއް ނުވަތަ ކޯ ޕޭމެންޓް ނިޒާމަކަށް ދާން ޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އާސަންދަ ނިޒާމަށް ގެންނަ އެފަދަ ބަދަލުތަކާ މެދު ގޮތެއް ނިންމާނީ އެންސްޕާއިން ކަމަށެވެ. އާސަންދައަށް ގެންނަ ކޮންމެ ބަދަލެއް ތަންފީޒު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންސްޕާގެ ސްކީމެއްވީމަ އެ ސްކީމަށް ގެންނަ ހުރިހާ ބަދަލެއް ގެނެވޭނީ އެންސްޕާއަށް އެކަނި. ސްކީމުގެ ބޯޑު ވެސް އޮންނަނީ އެންސްޕާގައި. ތިޔަ ވިދާޅުވިހެން ކޯޕޭމެންޓަށް ދާން އަޅުގަނޑުމެން ވަރަށް ތާއީދު. ކޯ ޕޭމެންޓެއް ނުލާ މި ސްކީމު ސަސްޓެއިން ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އާސަންދަ ސްކީމަށް ސަޕްލިމެންޓްރީ ބަޖެޓުން އިތުރު ކުރި އަދަދާ އެކު ޖުމްލަ ބަޖެޓު ވަނީ 2.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެ ސްކީމު އެއް އަހަރުން އަނެއް އަހަރަށް ބޭނުން ކުރާވަރު އިތުރު އިރު ވޭތުވެދިޔަ ފަސް އަހަރު އާސަންދަ އަށް 7.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އާސަންދައަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
ނަމަވެސް، އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ. އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވި މިންވަރާ ނުބައްދަލު އަދަދަކަށް އެ ސްކީމުގެ ހަރަދުތައް އެހާ ބޮޑަށް އިތުރުވީ ބޭހުގެ ހަރަދާއި ސިއްހީ ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް އުފުލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚެއީ.. ބައި އަޅައިގެން
14 December 2023
ޥަގަށް ކެއީ.. ކޭމީހުންނަށް އެނގޭނެ ތިމާ ކައިފަ އަނބި ދަރިންނަށް ވެސް މިކާން ދެނީ ހަރާމް ތަކެތި ކަން.. ކެއީވަކި ވަރަކަށް ނޫން..
ހަމަނުޖެހޭ
14 December 2023
ކޮން ކޯޕޭމަންޓެކޭ ކިޔާކައް. އިންކަމް ޓެކުސް %15، ޖީއެސްޓީ %8، ބިސުނަސް ޕްރޮފިޓް %15، ނުވީތާކައް %14 ޕެންސަނަށޭ ކިޔާފަ... މަޖުލިސް މީހުނައް މުޅި ދުނިޔޭން ހިލޭ ކުރެވިފަ. ސަސްޓޭން ނުކުރެވެނީ އަހަރުމެން ނުދީގެނެއްނޫން. ހިންގަން ތިބޭ ކޮހުން ކަޓުނަގާތީވެ.
އެސް ޒެޑް
13 December 2023
ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި މަޖިލީސްމެމްބަރުންނަށް މިހާރުވެސް ޚާއްޞަކޮށް މިއޮންނަ އިންޝުއަރެންސް ސްކީމަށް ސަރުކާރުގެ އެހެން ސިޔާސީ ވެރިންވެސް ވައްދާފައި އެބޭފުޅުންނަށް އެ އިންޝުއަރަންސުން ދުނިއޭގެކޮންމެތަނަކުން ފުލްކޮށް ބޭސްފަރުވާކުރެވޭނެގޮތްހަދާފައި ދެންތިބިހުރިހާ އާދައިގެ ނިކަމެތި ރައްޔިތުންނަށް ބޭސްފަރުވާއަށް ހިނގާޚަރަދު އާސަންދައިން %10 ކަވަރކުރެވޭނެގޮތްހަދަންވީ، އެވެސް ހަމައެކަނި ރާއްޖޭގެ ހޮސްޕިޓަލަކުންހޯދާ ފަރުވާއެއްނަމަ
ފްރައިޑޭ
13 December 2023
އާސަންދަ އެންސްޕާގެ މިނިވަން އޯޑިޓެއް ހަދަން ވީނުންތޯ . ކޮރަޕްޝަނަށް މަގުފަހި ވާ ދިމަދިމާ އޭރުން އެނގޭނެ. އޯޑިޓް ރިޕޯޓަށް ބިނާކޮށް ކޮރަޕްޝަނަށް ފާހަގަކުރެވޭ ބާގަނޑުތަށް ބައްދަން ކުރެވޭނެ ކަންތައް ކަނޑައެޅިދާނެ.
ޚަދީޖާ އަޙްމަދު
13 December 2023
ނިޒާމުގެ މައްސަލައެއް ނޫން މިއުޅެނީ. އިޚްލާސްތެރިކަމުގެ މައްސަލައެއް. ޑޮކްޓަރަށް ދައްކައިފިއްޔާ އެންމެ މަދުވެެގެން ހަ މަސް ދުވަހުގެ ބޭސް އެބަ ލިޔެލާ. މިއީ ބޮޑު ވަރެއް ނޫންތަ. މިއީ ގަސްތުގައި އާސަންދަ ދަވާލަން ހިންގާ މެޑިކަލް މާފިޔާ .
އަހުމަދު މުހައްމަދު އަލީ
13 December 2023
ޚަރަދު ބޮޑުވީ ރައްޔިތުންނަށް ޚަރަދު ކޮށްގެނެއް ނޫން. ކޮރަޕްޝަނާ ހެދި. އޭ ޑީ ކޭ އިން ވިޓަމިން ސީ ގުޅައެއް 60 ރުފިޔާއަށް ބިލް ކުރަން އެއްބަސް ވީ ކާކު ތޯ ބަލާ. މިހާރުވެސް އަމިއްލަ މީހާ ފައިސާ ދީފަ 100 ރުފިޔާ އަށް ގަންނަ ބޭސް ކޮޅު އާސަންދައަށް ބިލް ކުރަނީ 1000 ރުފިޔާ އަށް. ދެން ޚަރަދު ކުޑަ ވާނެތަ. މިއިން ބައި އެޅޭ ކޮންމެސް ބަޔަކު ތިބޭނެ . ޢެމީހުން ހޯދާ
ސްއި
13 December 2023
ނުދޭނަން އަހަރުމެން އާސަންދައި ބޭސް ފަރުވާކުރަން ބޭނުން ވީމަ ދަންނަވަނީ ތި ރާއްޖެ އިން ވާކަމެކޭ، އެކަމަކު ރާއްޖެގެ ޑޮކްތަރުން ކުޅެފަ ބަލި ކޮށްލަނީ ބޮޑު ތިއުޅެނީ ވެރިކަން ވެއްޓޭނެ ގޮތެއް ހޯދަން
6985
13 December 2023
އާސަންދައިގެ ސަބަބުން ޑޮކްޓަރުންގެ ވަގުތާއި ހޮސްޕިޓަލްގެ ރިސޯސަސް ބޭކާރުވެ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ލިބެނީ. އޮފީހަށް ނުގޮސް ސެޓްފިކެޓް ހަދާ މީހުނާ ބޭކާރުކޮށް ބޭސް ނަގައި އެއުކާ މީހުންވެސް މަދެއްނޫން. މިއީ ހަމަ އިސްރާފު. އަސްލު ހަދަންވީ ގޮތަކީ ކުރިއެކޭ އެއްގޮތަށް ފަގީރުންގެ ލިސްޓުގައި ނެތް މީހެއްނަމަ ކޮންސަލްޓަންސީ ފީނަގަންވީ. ދެން ހަދާ ޓެސްޓުތައް ހިލޭކޮށްފަ ޓެސްޓުން އެމީހެއްގެ ބައްޔެއް ހުރިނަމަ އިތުރު ހުރިހާކަމެއް ފްރީކޮށްލަންވީ،
އަފްރާސިޔާބު
13 December 2023
ފަގީރުންގެ ލިސްޓަކީވެސް ބޮޑު އޮޅުވާލުމެއް. އެމީހުން މާބޮޑަށްވެސް މުއްސަދި ސަލާންޖަހައިގެން. އޭނާގެ ނަމުގައެއްނޫން އެކައުންޓްއޮންނަނީ. އެހެންމީހެއްގެ ނަމުގައި ފައިސާ ޖަމާކުރާ އެކައުންޓް އޮންނަނީ. އޭނާގެ އެކައުންޓަށް ޖަމާކުރާނީ ފަގީރުންނަށް ބަހާ ލާރި ކޮޅު އެކަނި. ބީ.އެމް.އެލް ގައި އޮންނަނީ އެކައުންޓް.
ޢޭބޭބެ
13 December 2023
ޢާސަންދަ ލިބެންވީ ހަމައެކަނި ސަރުކާރު ހޮސްޕިޓަލްތަކުން އަދި ކުލިނިކުތަކުން ދެން ސަރުކާރު ހޮސްޕިޓަލްގެ ހިދުމަތްތައް ވަރުގަދަ ކުރަންވީ އެހެންނީ ހަމަޖެހޭނީ އެއްތާކު އާސަންދައިގެ ހުރިހާ ފައިސާއެއް ކާލާނީ ހަމަ ފާމަސޫޓިކަލް އިންޑަސްޓްރީގައި ހުޅޭ ވަގުން
ކަރާސީނު
13 December 2023
އާސަންދައަކީ ޖީއެސްޓީ ނަގަންފެށުމާއެކު، ރައްޔިތުންނަށް ލުއިފަސޭހަ ކުރުމަށް ހެދުނު އެއްޗެއް. އާސަންދައިން ބައެއް އުނިކުރަންޏާ، ޖީއެސްޓީ ކަނޑާލާ! ރައްޔިތުން ފެލަން ނޫޅުއްވާ!
ގުޅުމެއްނެތް
13 December 2023
އާސަންދައަކާ ޖީއެސްޓީ އަކާ ގުޅުމެއްނެތް.