އިކޮނޮމިކް މިނިސްޓަރު ސައީދު މަޖިލީހުގައި ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލީސް
13 ޑިސެމްބަރ 2023 - 11:53
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިނިސްޓަރަކާ ކުރެއްވުމަށް ސުވާލެއް ފޮނުވުމުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދޭން ޖެހޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ރަސްމީކޮށް ހުށަހަޅާ ސުވާލުތަކުގެ ބޭރުން ވެސް މެމްބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) އެ ގޮތަށް ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލިހުގެ ގާނޫނުގެ ތެރެއަށް ފައްތައިގެން ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މެމްބަރުންނަށް ދެއްވަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން މެންބަރަކު މިނިސްޓަރަކަށް ސުވާލެއް ފޮނުވުމުން އެކަމަށް ނޯޓިސް ފޮނުވައި 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބު ދޭން ޖެހޭނެ އެވެ.
ނަމަވެސް މޯޑުގެ އިސްލާހުގައި ވަނީ އެ މުއްދަތު ރަސްމީ ބަންދު ނޫން ތިން ދުވަހަށް ކުރުކޮށްފަ އެވެ.
އެ ގާނޫނުގެ 16 ވަނަ މާއްދާ އިސްލާހު ކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ މާއްދާގައި ބުނާ ގޮތުން، މެންބަރުންނަށް އިތުރު ސުވާލެއް ކުރެވޭނީ ނޯޓިސް ދީގެން މިނިސްޓަރާ ކުރި ސުވާލުން ނުވަތަ އެ ސުވާލަށް އެ މިނިސްޓަރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް އެކަންޏެވެ.
އެހެން ސުވާލަކަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ ކަމަށް އެ ގާނޫނުގައި މިހާރު ބުނެފައިވެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
މޯޑު ހުށަހެޅުއްވި އާ އިސްލާހުގައި ބުނާ ގޮތުން އެ މިނިސްޓަރެއްގެ އިހުތިސާސްގައި ހިމެނޭ އެހެނިހެން މަސައްކަތާ ގުޅުން ހުރި ސުވާލުތައް ވެސް މެންބަރުންނަށް ކުރެވޭނެ އެވެ.
މި އިސްލާހު ހުށަހަޅާފައި ވަނީ އިއްޔެގެ ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާޒިރުކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ފޮނުއްވި ސުވާލު ފިޔަވައި އެހެން އެއްވެސް ސުވާލެއް މިނިސްޓަރާ ކުރައްވަން މަޖިލީހުގެ ރައީސް އަސްލަމް ފުރުސަތު ނުދެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެހެނިހެން ސުވާލުތައް ކުރަން މެންބަރުންނަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އަސްލަމް ވިދާޅުވީ، އެއީ ގާނޫނުގައި ލިޔެފައި އޮތް ގޮތް ކަމަށާއި ކަމާ ނުގުޅޭ ސުވާލުކުރަން ބޭނުން ނަމަ ގާނޫނު އިސްލާހު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވި އެވެ. އެ ބައްދަލުވުމުގައި ވެސް ގިނަ މެންބަރުން ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނު އިސްލާހު ކުރަން މަޝަވަރާ ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
17 December 2023
ކަލޭމެން ވަރަށް ހުނަރުވެރިވާނެ ތިޔަ ކަަމަށް. އިދިކޮޅު ސަރުކާރެއް އޮވެއްޖެނަމަ އެސަރުކާރަށް ޖެއްސުންކޮށް ފުރައްސާރަކޮށް ރައްޔިތުންނަށް މޮޅެއް ލިބޭ ކަމެއް ވިޔަސް އެކަމަކަށް ހުރަސް އެޅުން. ދެންމަގުތަކަށް ނުކުމުގެ މީހުންގެ އަބުރުކަތިލާ ދޮގުބުހުތާނަ ގޮވެލިތައް ގޮވަން. ވެރިކަން ލިބިއްޖިއްޔާ ނޭގޭނެ ވެރިކަން ކުރާކަށް. ރަނގަޚަށް ކަމެއްކުރުމުގެ ހުނަރެއް ވައްޓަފާޅިއެއް ވެސް ނުހުންނާނެ. ސުމެއްގެ ބައިގަނޑެއް. މި ބައިގަނޑުގެ ބާރުވެސް ދާކަށް ގިނަ ދުވަހެއް ނެތް.
ފުށިދިއްގަރު ކަތީބު
13 December 2023
ތީ ކުޑަވަރެއްގެ ޖެއްސުމެއް.. މަޖިލީސް މެންބަރުން ތަންކޮޅެއް ޒިންމާދާރުވެބަލަ.. މަޖިލީހުން ތިބަލަނީ ރައްޔިތުންގެ ހައްގުގައި ޖެއްސުން ކުރާ ބަޔަކަށް
ވަޒީރުން
13 December 2023
ސުވާލުކުރަން ހިތަށްއަރާ ވަގުތު ހާޒިރުވާން އެންގިއަސް މިތިބީ ހާޒިރުވާންތައްޔާރަށް.
އައްޓަމަސް
13 December 2023
މެމްބަރުންނާއި ސުވާލުކުރާނެ ބަޔަކުވެސް ތިބެން ޖެހޭ! މާމަތީގައި ތިބޭ ބައިގަނޑެއް ތީ!
ބަކުރުބޭ
13 December 2023
ވާންކޮށްފަ ބަހައްޓާތި. ކީއްކުރަން 3 ދުވަސް. ހަމަ ބުނާއިރަށް އާދެވޭގޮތަށް ބަދަލުކޮށްލާ. އެދުވަހު ހަތަރުދަމު ހިފަހައްޓާގޮތަށްވެސް ބަދަލުކުރާތި. އޭރަށް ހުނާނެ ރާކަނިމަހާ މާހުޅުނބުލަޑަޔާ ކެވިފަ. ކަލޭމެންނަށް ހީކުރަނީތަ ލައްކަ ޖެއްސުންކުރާނަމޭ. އެއްކަމެއްވެސް ނުކުރެވޭނެ. ސަރުކާރު ޖަވާބުދާޜީވެސްވާނެ. ކަންކަންވެސް ކުރާނެ
އަހުމަދު އަލީ ތައްހާން
13 December 2023
ތީ ވެރިކަން ގެއްލުނީމަ ޖެއްސުން ކުރަން އުޅުން. ހަދާން ކުރާތި މިނިސްޓަރުންގެ ޒިންމާ އަށް ހުރަސް އެޅޭނީ މި އަހަރު. ކުރިޔަށް އޮތް 30 އަހަރު ވެސް ސިޔާސީ އެއްވެސް ފުރުސަތެއް ރައްޔިތުން ނުދޭނެ.
އޮނަރަބްލް އަފީފު ދީދީ
13 December 2023
އެމްޑީޕީ ތެރޭގައިއޮތް (ކުރީގެ އެމްޑީޕީ ވާހަކައިގޭތޯ) ޑެމޮކްރަޓިކްހަމަތަކާއި އުސޫލާއިބީރައްޓެހިކަންކަން ޕާޓީތެރޭގައި ހަރުލާ ޕާޓީގެ މުޅިސިޔާސަތު އެމަގަށްހިފާލުމުން އެޕާޓީ ތެރޭގައިތިއްބެވި ޑިމޮކްރަޓިކުން ޕާޓީދޫކޮށްނިކުމެ އުފެއްދި "ޒުވާނުންގެ ޕާޓީ" The Democrats ގެފަރާތުންއުޅުނީ ތިކަންވެސް ދުނިޔޭގެ ތަހްޒީބުދައުލަތްތަކުގައި ކުރާގޮތަށްކުރަން. އެކަމަކު އެދުވަހު "ޒާތީވެގަނެގެން" އެކަންގޯސްވިމީހުނަށް މިއަދުމިވަނީ ކިހިނެއް!؟ ދެންވެސް ނިޒާމް ބަދަލުކޮށްބަލަ.
ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ މޭރު ސައުދު އަލީ
13 December 2023
ތިނަދޫ ސިޓީގައި 10000 ހައުސިން ޔުނިޓުއަޅަން މިނިސްޓާރ އޮފް އުސިންގް ލޭންޑިންގް އެންޑް އާބަން ޑިވަލޮޕްމްންޓްގައި ވާނީ އަންގާފައެވެ. 3 ދުވަސްތެރޭގައި ޖަވާބުދާރީ ނުވެއްޖެނަމަ އެމްޑީޕީ ސުޕަރ މެޖޯރިޓީ އޮތް މަޖުލިހަށަ މައްސަލަ ހުޝަހަޅާ ޖަވާބުދާރީ ކުރުވާނެވާހަކަ ދަންނަވަމެވެ.
ހައްގު ތެދު
13 December 2023
އެމްޑީޕީން ވެރިކަމުގަ 15 ދުވަސް އެމްޑީޕީ ވެރިކަން ނިމުނީމަ 3 އަދި ބޭނުން ސުވާލެއް ކުރެވޭ ގޮތައް. ރައްޔިތުން ބަލަން އެބަތިބި ކަން ހަދާން ކޮއްލަދެން