ފުށިދިއްގަރުފަޅު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރުހުމެއް
13 ޑިސެމްބަރ 2023 - 13:05
މާލެ ސަރަހައްދުގައި މުޅިން އާ ސިޓީއެއް ތަރައްގީކުރުމުގެ ގޮތުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި ކ. ގުޅީގެ އިހުތިސާސްގެ ތެރެއިން އެ ފަޅު ވަކިކޮށްފި އެވެ.
ގުޅިއާ ވަރަށް ކައިރީގައި އޮތް އޮންނަ ފުށިދިއްގަރު ފަޅު އޮންނަނީ ގުޅީގެ އިހުތިސާސްގެ ތެރޭގަ އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ވަނީ އެ ފަޅު ގުޅީގެ އިހްތިސާސް އިން ވަކިކޮށްފަ އެވެ.
ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ތަނެކެވެ. މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.
އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީ އަށް ހިމަނައިފަ އެވެ.
ފުށިދިއްގަރުފަޅަކީ މާލެއާ ބްރިޖުން ގުޅާލެވޭ ވަރަށް ވުރެ ދުރުގައި އޮތް ތަނެއް ކަމާއި އެތަން ތަރައްގީ ކުރާނީ މާލެ ނައިސް ވާނެ މިންވަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރުމުން މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ.
އެ މަޝްރޫއު ފެށުމަށް ބިން ހިއްކަން ވަރަށް ހަވާލުކުރާނެ ކަމަށް އެނގިފައި ވެ އެވެ.
ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ގެންދަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މި ވަގުތަށް މުހިންމު މަޝްރޫއެއް ނޫން ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ދީފައިވާ ގުޅިފަޅާއި ގިރާވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އެ ތަންތަން ތަރައްގީކުރުން މާ މުހިންމު ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްބަތު އަޒީޒް
14 December 2023
ބޯހިޔާވަހިކަން ލިބެންޔާ ތިކަންވެސް ކުރަންވީ.
ރިމާހް އަލީ
14 December 2023
ވަރަށް ރަނގަޅު ނިންމުމެއް. އަހަރުމެން ބޭނުންވަނީ ބޯހިޔާވަހިކަން.
ބަޝީރު
14 December 2023
ފުށިދިއްގަރު ގުޅީގެ އިހުތިސާސް ތެރޭ ބައިންދާނެ ކަމެއް ނެތް. ވަރަށް ރަނގަޅު ނިންމުމެއް
ނަންނަ މުޢިނާ
14 December 2023
ބޯހިޔާވަހިކަމަކީ ޑރ މުއިއްޒު އެންމެ އިސްކަމެއް ދީގެން މި 5 އަހަރު ކުރިޔަށް ގެންދާނެ މަޝްރޫއު. ކަން ކޮއްފަ އިރާދަކުރެއްވިޔާ ދައްކާނެ
ދާއިން
14 December 2023
ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނަށް ދޭންޖެހޭ. އެއީ ދިމަކްރަސީއަކީ
ޝިޔާމާ މުހައްމަދު
14 December 2023
ބޯހިޔާވަހިކަން ކަށަވަރުވާތީ އެމްޑީޕީއަށް ހަމަ ނިދި ނުލިބޭ
ސައްލެ ސަލީމް
14 December 2023
ބަރާބަރަށް އެ ހެދީ އަހަރުމެން ބޭނުންވާ ގޮތް. ތި މަޝްރޫއު ބާރަށް ކުރިޔަށް ދެން ދާނެ
ރައޫފް
14 December 2023
ހެޔޮނުވާނެ. އެމްޑީޕީ ކުދިން މިހާރަކު ނުޖެހޭނެ ރަނގަޅު ގޮތް ކިޔާ ދޭކަށް. އަހަރުން ނޫނެކޭ ބުނެފަ ބޭރު ކޮށްފަ ހުރި ބަޔެއް ތީ ވެރިކަމުން. މިގަޑީގަ މުހިންމު ކަމަކީ މިއީއޭ އެއީއޭ ބުނާކަށް ނުޖެހޭނެ. ފުށިދިއްގަރު މަޝްރޫއުއަކީ މިގަޑިން މިގަޑިއަށް ނިންމަން ޖެހޭ ކަމެއް.
ރޮކީ ބާއި
14 December 2023
ފުރަތަމަ 100 ދުވަހުގެ ތެރޭ ނިންމަން އުޅޭ ބޮޑެތި ކަންކަން ނިންމާނީ ކިހިނެތް މި އެމްޑީޕީން ޑރ.މުއިއްޒަށް ދުއްޕާން ޖައްސާ ވަރުން. ހާދަހާވާ އުނދަގޫ ބޮޑު ބައެކޭ. އަހަރުން ރައްޔިތުންނަށޭ ދުއްޕާން މި ކުރަނީ މުއިއްޒުއަށް ޖެއްސުން ކުރަން ހަދައިގެން
ވާފިއު
14 December 2023
ފުލޯޓިންސިޓީ އަޅަން އުޅުން ބަޔަކު ކީކޭ ކިޔާކަށް. ގަދަ ވިއްސާރަގަ އޮޔާދާނެ ހަޓްއަކަށް ވުރެ މަ ބޭނުމީ ބޮޑެތި އެޕާރޓްމެންޓް ކޮމްޕުލެކްސް