ޝާހް މާހިރު: ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ވަނީ އައްޔަންކޮށްފައި.-- ފައިލް ފޮޓޯ: މިހާރު
15 ޑިސެމްބަރ 2023 - 19:33
ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޑރ. ޝާހް އަބްދުﷲ މާހިރު އައްޔަން ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝާހް މާހިރު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެ އެވެ.
ޝާހް މިދިޔަ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު އެ މަގާމުން އިސްތިއުފާ ދެއްވައި އޭރު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި "ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.
ޝާހް އަކީ ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްބީބީއެސް 2002 ވަނަ އަހަރު ހެއްދެވީ ވެސް އެ ޔުނިވާސިޓީންނެވެ.
އޭނާއަކީ އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސެންސް ވެސް އޮންނަ ބޭފުޅެކެވެ. އަދި ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން އާއި މެޑިކަލް ޑިފެންސް ޔޫނިއަންގެ މެންބަރެކެވެ. އޭނާގެ ބައެއް ލިޔުންތައް ވެސް މެޑިކަލް ޖާނަލްތަކުގައި ޝާއިއުކުރައްވާފައިވެ އެވެ.
ލަންޑަންގެ އެކި ހޮސްޕިޓަލްތަކުގައި ވެސް ޝާހް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
16 December 2023
ދެގިޔަރުލީ ބޭފުޅުން! ކޮންމެ ސަރުކާރެއްގަވެސް ސިޔާސީ ވަޒީފާގަ
ބިއްޖެހި ރަތްޔަތު
16 December 2023
ކޮބާ މަށައްވީ ވަޒީފާ. ކޮއްމެސް މޮޅު ނަމެއްކިޔާފަ މަށައްވެސް ޖޮބެއްދީ މަހަކު ދޮޅަހަކައްހާސް ރުފިޔާ ޖަމާކޮއްދީބަ
ގަޑަތެޅެ
16 December 2023
ބޭކާރުކަމެއް މުއީޒު ހޮވުމަކީ ތާކުންތާކުނުޖެހޭ
ހިމް
16 December 2023
ކުރީ ސަރުކާރުގައިވެސް ރައްޔިތުންނަށް އޮޅުވާލާ މަކަރުހަދަން އުޅުނު މީހުން އަނެއްކާ މިސަރުކާރުގައިވެސް މިފެންނަނީ. ވެކްސިން ހުސްވެގެން އުޅުނު އިރު މީނާ އެރީ ދޮގު ހަދަން. ވެންޓިލޭޓަރު ނުލިބިގެން އުޅުނު އިރު މީނާ އެރީ ދޮގު ހަދަން. ކިހާ ދެރަކަމެއް މީ!
ސިމާނާ
16 December 2023
މަރުހަބާ. ވަރަށް އޯގާތެރި ޑރ އެއް. މަގޭ މަންމަގެ ފޭވަރިޓް. ޢަދިވެސް ބަލިމީހުން ބަލާނެކަމަށް އުންމީދުކުރަން.
އާރީ
16 December 2023
ނަސީބު ވެރިއެއް
ހާބުރި
15 December 2023
ރަނގަޅު ނިންމުމެއް ކަމަށް ފެނޭ.
އަހަންމާކަލޯ
15 December 2023
މަރްހަބާ ޑރ.ޝާހް މާހިރު، ތައުލީމީ މީހުންނަށް ފުރުސަތު ދެއްވާތީ ރައިސް ޑރ.މުއިޒު އަށް ޝުކުރު ޙައްގު
އައިމިނާ
15 December 2023
މަރުޙަބާ.
ވުޖޫދުނުވާބޯހިޔާ
15 December 2023
ކޯލިޝަން ސަރުކާރަކަށްނުވާއިރު އެޕާޓީ މީހުންނާ އަނެއްޕާޓީ މީހުންނާ އެއޮށްޕާޓީމީހުން ވެސް ވޯޓުދިނޭކިޔާފަ މަގާމު ބަހާކަށް ނުޖެހޭ. ބަލަ އަހަރެމެން އެއްވެސް ޕާޓީއަކަށް ނުވާމީހުންވެސް ވޯޓުދީގެންނޭ ހޮވުނީ. އަހަރެމެންގެ ޓެކްސްފައިސާ ބޮޑުބޮޑެތީންނަށް މުސާރަދިނުމަށް ތަޅާ ނުބުރުއްސުވާ އަނގަޔާއަތާ ދިމާވާނެގޮތަކާ ބޯހިޔާވާނެގޮތެއް އަވަސްކޮށްދީ. އޭރުން ދެވަނަދައުރަކަށްވެސް ވޯޓުލާން ތިބެވޭނީ.
ބީން
16 December 2023
ޖޮބް ނުދީގެން ހާދަ ވަރެއް ތިއަރުވަނީ
ޑރ. ރާމީ ޙަސަން މަނިކު
18 December 2023
ބީން އަށް. ކޮމެންޓް ކުރާ މީހާ އާއި ޒާތީ ގޮތުން ދިމާ ކުރުމަށް ވުރެ ދިވެހީންގެ ފެންވަރު މަތި ވާން ވެއްޖެ! ބުނާ މީހާ އަށް ނުބަލާށޭ، ބުނާ އެއްޗަކަށް ބަލާށޭ!