ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވާހަކަ ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޑިސެމްބަރ 2023 - 16:26
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ކްލަބްތަކުގެ ސޮއި ހަމަކުރެވިފައިވާ ކަމަށް އެ މަސައްކަތުގައި އުޅޭ އޮފިޝަލަކު ބުނެފި އެވެ.
އޮފިޝަލް ބުނީ، އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅައެއްބައި ކްލަބްތަކަށް ވުރެ ގިނަ ކްލަބްތަކުން ސޮއިކޮށްފައިވާ ކަމަށެވެ.
އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކްލަބްތައް ހުށަހެޅުމުން، އެ އެސޯސިއޭޝަންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމުން، އެކަމަށް ހާއްސަ ކޮންގްރެސްއެއް ބާއްވައި އެ މައްސަލަ އެޖެންޑާކޮށް ވޯޓަށް އަހަން ޖެހޭނެ އެވެ.
"ހަމަގައިމު ވެސް ދެބައިކުޅައެއްބައި ކްލަބްތަކުން ސޮއިކޮށްފި. ސީދާ އަދަދު ކަށަވަރު ވާނީ މިރޭ ނޫނީ މާދަމާ،" ކްލަބްތައް ލައްވައި ސޮއި ކުރުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލް ބުންޏެވެ.
"މަސައްކަތް މި ކުރަނީ މާދަމާ ހުށަހެޅޭ ވަރަށް ނިންމާލެވޭތޯ. ނޫނީ އެންމެ ލަސް ވެގެން ވެސް ހޯމަ ދުވަހު ހުށަހެޅޭނެ."
ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފެއްޓެވީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ. އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އޭނާ ވަނީ އިއުލާންކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ބައްސާމްގެ ދައުރު ނިމެން ބާކީ ދެން އޯތީ ހަ މަސް ދުވަހެވެ. އޭނާގެ މި ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި ދެވަނަ ދުވަހު އެވެ. އެވެ. އެކަމަކު އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ވެއްޖެނަމަ، މާ ކުރިން އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.
މިއީ ބައްސާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ބައްސާމްގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ. ނިއު ސަސްޕެންޑް ކުރުމުން ދެން އެ މަސައްކަތުގައި އުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލްބެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ފަހަތުގައި ހުންނަވައިގެން، ކްލަބްތައް ލައްވައި ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުއްވީ ވިކްޓަރީންނެވެ.
އެކަމަކު އެ މައްސަލަ ކުރިއަށް ނުދިޔައީ، ސޮއި ކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުންނެވެ. އޭރު ސޮއި ކުރި ބައެއް ކްލަބްތަކުގެ ތެރޭގައި، ބައްސާމް އަށް ފަހުން އެންމެ ބޮޑަށް ތާއިދު ކުރި، މާޒިޔާ އާއި ގްރީން ސްޓްރީޓްސް، ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ވެސް ހިމެނެ އެވެ. އެ ހަތަރު ކްލަބުން ވެސް ސޮއި އަނބުރާ ގެންދިޔަ އެވެ. އެކަމަކު މިފަހަރު އަނެއްކާ ވެސް އޭގެ ތެރެއިން ކްލަބްތަކުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެންޓަލްމެން
17 December 2023
ބައި ބައި، ދުވަސްގަނޑަކު ބަގުޑި ބައްދައިގެން އޮވެވިއްޖެތާ؟
އަހުމަދު ސައިފުލް
17 December 2023
މީ ދެން ވަރުގަދަ ވެއްޖެ ކަމެއްނު ދޯ؟ ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ!
ބަރުބާދު
17 December 2023
ތިޔަސޮއެ ހަމަވެފައޮންނާނެ އޮތްތަނެއްގަ، ޖަލްސާގަ ސޮއެހަމަކުރަން ދުވިމީހާބުނާނެ މަގޭސޮޔެއްނޫނޭ އޭގައެއޮތީކީ!!!!!. މަށެއްނޫން އޭނަ!!!!.
ގައްސާމް
17 December 2023
ބައްސާމަށް ތާއީދުކޮށް ވޯޓު އަނބުރާ ގެންދިޔައީ މުޅިންވެސް ކަންމަތީ ކުދިންތައް. މިއިންވެސް ވަރަށް ގިނަ ކަންކަން އެބަ ސާފުވޭ
ނޯ ޓު ބަރުލަމާނޯ
17 December 2023
ދިވެހި ފުޓުބޯޅަ މިހާރު މި އޮތް ހާލަތުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ވަރަށް ގިނަ އެގޮތުން އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނީ ބައްސާމް، ޢަލީ އުމަރު، ޖަވާޒް، މާޒިޔާ، ގްރީން ސްޓްރީޓްސް، ޓީސީ އަދި ޔުނައިޓެޑް ވިކްޓަރީ
ބައްސާމު ސަވީދު ފުޓްބޯޅައިގެ ހަލާކު
17 December 2023
އަދި މިކަމުގެ އެންމެ އިސް މޭސްތިރި ސަވީދުގެ ނަންވެސް އިތުރުކޮށްލީމަ ފުރިހަމަވާނީ
ރަދީފު ބިން ރަފައިދާ
16 December 2023
ބައްސާމު އަލީ އިސްތިއުފާ!
ޖާދޫގަަރު
16 December 2023
ބައްސާމް އައުޓް. ޓޮމް އިން.
ރަދީފު ބިން ރަފައިދާ
16 December 2023
މަހޭ 5 އަހަރު ދުއްވާލީ ބައްސާމާ މުގާބަލާކުރުމުގާ. މަހޭ ބަލިވެގެން ދާންޖެހިނީ. ބައްސާމެއް ނުގުޑުނު. މިފަހަރު މިހުރީ ވަރަށް އުންމީދުގާ. އެހެނަސް މާދަމާވެސް ވާނެގޮތެއް ނޭންގޭ.
އަލިފުޅު3
16 December 2023
ކަލޭނޭ މިއޮތީ ގައުމަށް ޖެހިފާ އޮތް ބޮޑު ކަމެއް! ނަޝީދު މަޖިލިސް ރައީސް ކަމުން ދުރުކުރުމަށް ވުރެ މިކަން މާ ބޮޑު ކަމަށް ބެލެވެނީ.
ޓޮމޭ
16 December 2023
ކޮބާ ދަގަނޑޭ؟ އެނާގެ އަނގަ ބަންދު ވީ ތަ ސުޒޭނު އަށް ވީހެން ޑޮލަރު ބޮޅިއެއް ދިނީ މަ؟