17 ޑިސެމްބަރ 2023 - 14:43
ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކްލާހަށް ބޭނުންވާ ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި އެވެ.
ދިރާގުން މި ވަސީލަތްތައް ހަދިޔާކޮށްފައި ވަނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިންނެވެ. އެ ކުލާހަކީ އެ ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމެވެ.
މި ކުލާހަށް އެ ކުންފުނިން ހަދިޔާކުރި ވަސީލަތްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރު، ހެޑްސެޓް އަދި ކްލާސްރޫމް ސެޓަޕަށް ބޭނުންވާ ބީންބޭގާއި ފްލޯމެޓްތައް ހިމެނެ އެވެ.
މި ވަސީލަތްތައް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ،ު ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވަނީ ހުރިހާ ކުދިންނަށް ތައުލީމު ދެވޭނެ އިންކްލޫސިވް އެޑިއުކޭޝަނެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ ކުދިންނަށް ކުރިއެރުން ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވަނީ ލާނިން ސަޕޯޓް ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިރާގުގެ އެހީގައި އެ ކުލާހަށް އިތުރުވި ރިސޯސްގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ސީއެސްއެސްއާރު ޕރޮގުރާމުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި މި ފަދަ މުހިންމު ކަންތައްތައް ކުރުމަށް އިސްކަން ދެމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 December 2023
މިއީ ވަރަށް މަދުންނޫނީ ދައުލަތުގެ އަދި ދައުލަތް ޙިއްސާވާ ކުންފުނިތަކުން (ދިރާގުވެސް) ކޮށް އުޅޭ ކަމެއްނޫން. ދައުލަތުގެ ހުރިހާ ކުންފުނިތަކަކުންވެސް CSR ގެ ނަމުގައި އަހަރަކު އެތައް މިލިޔަން ރުފިޔާ ހޭދަކުރާއިރު އެހުރިހާ ފައިސާއެއް (އެހެން ރަށެއްގެ ނުކުޅެދުންތެރިކަން ހުރި މީހަކަށް ފުރޮޅުލީ ގޮނޑިއެއް ގަނެދީފާނެ) ޙަރަދު ކުރަނީ ކ.އަތޮޅު މާލެއަށް. ބީއެމްއެލް އެސްޓީއޯ ވެސް އަދި ފެނެކައާއި މޯލްޑިވިއަންވެސް މިކަންކުރަނީ މިދެންނެވި ގޮތަށް.