17 ޑިސެމްބަރ 2023 - 20:13
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ދިން ގޮތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގަށް މީހުން ހާޒިރު ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭސީސީން ބުނީ، ފްލެޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް ގެދޮރުވެރިޔާ ޕޯޓަލް އަށް އެ ކޮމިޝަނަށް ހައުސިން މިނިސްޓްރީން މިހާރު އެކްސެސް ދީފައިވާ ކަމަށެވެ.
އެހެންވެ، ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
ނަމަވެސް އެ ކޮމިޝަނުން ހާޒިރު ކުރަނީ އާންމުން ކަމެއް ނުވަތަ ކޮން މުއައްސަސާތަކެއް ކަމެއް ނުބުނެ އެވެ.
އޭސީސީން ބުނިގޮތުގައި، އެއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި މި ފަހުން ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުން ހާޒިރުކޮށް، ސުވާލު ކުރުމުން އެ ކޮމިޝަނުން ބުނީ ޝަރުތު ހަމަނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެސް ސީސީ
19 December 2023
ކަލޭމެން ގޯތިތައް ބެހި އިރު ތިބީ ނިދާފައި ދޯ
ދެރަ
18 December 2023
ދެތަނުން ފްލެޓް ލިބޭ މީހުން ކޮންމެސް އެއްތަނަކުން ދީބަލަ، އޭރުން އެހެން އާއިލާ އަކަށްވެސް ބޯހިޔާވަހިކަމެއް ލިބޭނެއްނު، ރަށުގަ ގޯތި އޮތްވާ، ދެކުންފުނިން ދެމަފިރިންނަށް 2 ފްލެޓް މި ލިބެނީ. އަނެއްކާ ފްލެޓް ލިސްޓުގަވެސް އެންމެކުރީގަ އެބަތިބި ބައެއްމީހުން
ބޮޑުރިޔާ
18 December 2023
މިމީހުންމީ ވަރަށް ދޮގުހަދާބައެއް އަދި ކިރިޔާ ޕޯޓަލް އަށް އެކްސަސް ލިބުނީ އެކަމަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރމުން މިމީހުންބުނި ތަހުގީގުކޮށް ބެއިއިރު މާކުސްދީވައި ވަނީ އޮޅުވާލައިގެންނޭ ކިހިނެއް މިމީހުން އެކްސަސް ނުލިބޭ އެއްޗެއް ބަލާނީ ދޮގާއީ މަކަރާއި ހީލަތް މިހަދަނީ
ބަރާބަރު
18 December 2023
އެންމެން ގެންގެންގޮސް ބަޔާން ނަގައިގެން ނަމަވެސް ހިންގާފައިވާ މުޑުދާރު ޢަމަލު ހިންގީ ކާކުގެ އޯޑަރަށްތޯ ބަލަންޖެހޭނެ. އަދި މި މުޑުދާރު ޢަމަލުގައި ބައިވެރިވެ ކުށްކުރި މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ. އެހެން ނޫނީ މުސްތަޤްބަލުގައިވެސް ބިރެއް ނެތި މި ކަހަލަ މުޑުދާރު ހުތުރު އަމަލު ހިންގާނެ.
ފޫހި
18 December 2023
އަސުލުވެސް ރަނގަޅަށް ބަލަންޖެހޭނެ. ގެދޮރާއި ބިމަކީ ހިތުހުރިގޮތަކަށް ދެވިގެންވާނެ އެއްޗެއްނޫން
ފުލެޓް ޖުހާ
18 December 2023
މީހަކު ޙާޟިރު ކުރަންޏާ އެންމެ ފުރަތަމަ ހާޟިރު ކުރަންޖޭހޭނީ 2018 ނޮވެންބަރު 16 ވަނަ ދުވަހުގެ ރޭ ފުލެޓް ލިޔުން ދޫރަން އިން ޢޭރުގެ ހައުސިންގ މިނސްޓަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ. ބައްކައްކާކުޅެން ނޫޅޭ. މާ ޕްރޮފެޝަނިލަޒަމް ވެގެން އުޅެވޭވަރުގެ ބައެއްނޫން އޭސީސީއަކީ ދުވަހަކުވެސް ލުތުފީ ވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ދިފާއީ ހެއްކަކަށްވެފަ އޮތީ. ދެން މިހާރުގެ ރައީސްގެ ދިފާއީ ހެއްކަކަށް އސސ ވާން އުޅޭ މަންޒަރު މިފެންނަނީ.
ސިއެރާ ޒޫލޫ
18 December 2023
ކޮންމެވެސް އޭއްޗެކޭ މީއްޗެކޭ ކިއާއިގެން ތި އެންޓި ކޮރަޕްޝަން އެންމެންވެގެން ހައްޤުވެރިންއަތުން ފުލެޓުތައްނިގުޅައިގަންނާގޮތްހޯދާތި! ނިގުޅާގަނެފަ ތި ކޮރަޕްޝަން ޓީމްގެ މީހުންނަށާއި، މެޑަމް ޓީމްގެ މީހުންނަށާއި، ވެރިކަމަށް ގެންނަން ކެމްޕެއިންކޮށްދިން އިސްމީހުންނަށް ބަހާލާފައި ބާކީ އޮތިއްޔާތާ ނިކަމެތި ޙައްޤުވެރިންނަށް ތީން ފުލެޓެއްލިބޭވަރުވާނީވެސް، ނަމަ ނަމަ ޞައްޙަ އެންމެ ފޯރމެއް އޮތްކަމަށްވެސް ނަހަދާތި!
ސައިޚް
18 December 2023
ރައްޔިތުން ގުނބޯ ހައްދަން ނޫޅޭ އޭ.ސީ.ސީ. މިއޮއްހާދުވަހު އެމް.އެމް.ޕީ.އާރ.ސީ މައްސަލަ ބަލަންވެސް އުޅުނު، މިހާރު ތިއަކުޅެނީ އަނެއްކަމަކާ، ތިވެސް ނިމޭނީ ވެރިކަމުގަ މިހާރު ތިބި މީހުނަށް ބަހާލައިގެން، ބައެއް މީހުންގެ ޑޮކިއުމެންޓުތައް މިހާރު ނެތް، އެވެސް ގައިމު ކޮންމެވެސް ބައަކު ރިމޫވްކުރާނީދޯ.؟
ދަނގޭ
18 December 2023
މިހާރު ކޮމިޝަނުގަ ރައީސް އާ އެހެން މެމްބަރެއްގެ ރައްޓެއްސަކޯ އަދި އެކީގަ ކިޔަވަން އުޅުނު މީހަކޯ ސެމްބެއަކީ. އިޖިޕްޓްގަ
ފުންޕާރު
18 December 2023
ރަނގަޅު ޖަލަށްލާ
އޮނަރަބްލް އަފީފު ދީދީ
18 December 2023
ތިތަނަށް ހާޒިރު ކުރާން ޖެހެނީ އިބްރާހިމްގެ ކެބިނެޓްގައި އިންނެވި މާތޮޑާ ވަޒީރު އާއި އެބޭޅާގެ ނައިބް ކަމާލުއްދީނާއި އަދި ކުރީގެ އެމްޑީޕީ ޓިކެޓްގައި ނިކުމެ މަޖިލީހަށް އިންތިޙާބުވު މެންބަރުންގެ ތެރެއިން ފަހުން "އިބްރާހިމް އެބޭލާގެ މެންބަރުންކަމަށް ވިދާޅުވި" ރައީސްގެ މެންބަރުން. # ފުލެޓް ތަކަށް ރައްޔިތުންބސޮގުނމައުލޫމާތު ދީފައިވާނަމަ އެކަންވެސް ކޮށްފައިވަނީ މިދެންނެވި ފަރާތް ތަކުގެ އިރުޝާދުގެ ދަށުންކަމަށް ގިނަބަޔަކު މިހާރު ދަނީ ބުނަމުން އިގޭތޯ.