މިސްކިތުގައި ބަޔަކު ގުރުއާން ކިޔަވަނީ..---ފޮޓޯ: ނިޝާން އަލީ | މިހާރު
20 ޑިސެމްބަރ 2023 - 10:33
މިސްކިތްތައް ހަދަމުން އަންނަ ކުންފުނިތަކުގެ ބިލްތަކަށް ދައްކަން ޖެހި މިހާތަނަށް ނުދައްކާ ހުރި 22 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިސްކިތްތައް އިމާރާތްކުރާ ކުންފުނިތަކަށް 22 މިލިއަން ރުފިޔާގެ ބިލަށް ފައިސާ ދައްކަންޖެހިފައި ހުރި ކަމަށެވެ.
ނަމަވެސް، އެ ފައިސާތައް ނުދީ ދިގުލައިގެން ދިއުމުން، ބައެއް ރަށްރަށުގައި ހަދަން ފެށި މިސްކިތުގެ މަސައްކަތްތައް ހުރީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ މިސްކިތްތައް ނުނިމި، ގިނަ ދުވަސްވެފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރައީސްގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުރިހާ ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ދީ، ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫއުތައް އަވަހަށް ނިންމުމެވެ.
މިސްކިތްތަކުގެ މަސައްކަތްތަކާ ގުޅިގެން ދޭން ޖެހޭ ފައިސާ ސަރުކާރުން ހަމަޖެއްސިއިރު، މިނިސްޓްރީން ވަނީ މިސްކިތް އިމާރާތްކުރުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އޭގެ އިތުރުން ވަގުފް މަޝްރޫއުތަކާއި އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ފުރުސަތުތައް ދިނުމާ މެދު ވެސް މަޝްވަރާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީއަ‘
21 December 2023
ހިންގުންތެރި ލީޑަރުންފެނޭ.
ޝުހޫދު
21 December 2023
އުފާވެރި ހަބަރެއް. މީ އުއްމީދީ ވެރިކަމެއް
ވަސީމާ އިބްރާހީމް
21 December 2023
ފެނަކަ އަށްވެސް ތިހާލު ޖައްސާފަ ކުރީ ސަރުކާރުން އެދިޔައީ. ތަންކޮޅެއް ބޮޑުވަރު
ސުފްޔާން
21 December 2023
އިބޫ އެދިޔައީ އަހަރުމެން ކަހަލަ ފަގީރުން އިތުރަށް ބަނޑަށް ޖައްސާފަ. އެމްޑީޕީ ހާވާ ކޮންމެ ހަޑިއެއް ސާފު މިކުރަން ޖެހެނީ ޕީޕީއެމް ވެރިކަމެއްގަ
ރޫޔާ ޝަރީފް
20 December 2023
ރައީސް މުއިއްޒްކީ އިންސާފްވެރި ކަމާއެކީ އެއްވެސް ތަފާތުކުރުމެއްނެތި ވެރިކަން ކުރާނެ ބޭފުޅެއްކަން މިހަރު އެނގޭނެ.
ޖުަމާންް
20 December 2023
ހާއްސަ އަހއްމިއްޔަތު ކަމެއްދީގެން ރައީސް މިކަން ކުރައްވާނެ.
ފިޔާޒްް
20 December 2023
އިބޫ ސަރުކާރުން ވެފަ ގުރި އިހުމާލުތަށް މިސަރުކާރުން ބަލާ އަވަސް ފިޔަވަޅު އަޅާނެކަން ކަށަވަރު.
ވަޠަން
20 December 2023
އަރާހިތްވާގޮތަށް މިސްކިތް ހުންނަން ޖެހޭގޮތްވެސް ބުނެމިނަމަ ރަގަޅުވީސް
ކޮރަލް
20 December 2023
ސިޓީ ކައުންސިލް އިން މާލޭ ސަހަރާ މިސްކިތް ބޮޑު ކުރަން ފެށި މަސައްކަތް އަދިވެސް ނުނިމެ އެވެ. މީގެ ތަފްސީލް އެއް ހާމަ ކޮށްލަ ބަލާށެވެ. ވ ގިނަ މަސްތަކެއް ވެއްޖެ އެވެ.
ކަބީދު
20 December 2023
ސަލްމާނު މިސްކިތް ޑިޒައިންކުރީ ކޮންބައެއްތޯ، އެތަން ބޭރުން ފެންނަ ފެނުމުގައި މިސްކިތެއް ވައްތަރުނުޖަހާ. މުސްލިމުގައުމެއްގައި އެންމެ ރީތިކޮށް އެންމެ ފެންވަރަށް ހުންނަންޖެހޭނީ މިސްކިތްދޯ. މިސްކިތުގެ ބޭރުވެސްފެނި މީޙުން އިންސްޕަޔާވެގެން އަޅުކަމަށް މިސްކިތައް ވަންނަން ބޭނުންވާގޮތައް.