26 ޑިސެމްބަރ 2023 - 11:08
ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ދިވެހި ކުންފުންޏަކުން ހޯދާފައި އޮއްވައި، އެހެން ކުންފުންޏަކުން އެ މުދާ ރާއްޖެ އަށް އެތެރެކޮށް އެއިން ވިޔަފާރިކުރުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ "ކެމަލް" ބްރޭންޑުގެ ސިނގިރޭޓުގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާގެ ގޮތުގައި އެ ބާވަތް ފާއިތުވި 20 އަހަރު ރާއްޖެ އަށް އެތެރެކުރަމުން ދަނިކޮށް، އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏަކުން ދާދިފަހުން އެ ބްރޭންޑުގެ ކައުންޓަފިޓު (ފޭކް) މުދާތަކެއް ރާއްޖެ އަށް ގެނެސްފައިވާ ކަމަށެވެ.
އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ވަނީ ސީޖީޓީން ގެންނަ މި މުދަލުގެ ނަމާ ވައްތަރުގެ ނަމެއް ބަޔާންކޮށްގެން އޮޅުވާލައިގެން އެ ބްރޭންޑުގެ މުދާތަކެއް ރާއްޖެއަށް ގެނެސްފައި ކަމަށް އެ މައްސަލައިގައި ބުންޏެވެ.
އަދި އެގްޒޮޓިކް އިން އެތެރެކޮށްފައިވާ މުދަލުގެ ބޭރުގައި ހުންނަންޖެހޭ ލޭބަލްތަކާއި އިންޒާރުތަކުގައި ވެސް ތަފާތުތަކެއް ހުރި ކަމަށާއި، އެ ބްރޭންޑު އުފައްދާ މައި ކުންފުނިން ނުއުފައްދާ އަދި ނުވިއްކާ އެ ބްރޭންޑު ނަމުގައި ހުންނަ މުދަލަކީ ފޭކު ނޫން މުދަލެއް ކަމުގައި ނުވާނެ ކަމަށް ސީޖީޓީން ވަނީ ބުނެފަ އެވެ.
އެފަދަ ބޮޑު އޮޅުވާލުމެއްގެ ތެރެއިން، އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ލިބިފައިވާ މުދަލެއްގެ ފޭކު ބާވަތެއް އެހެން ބަޔަކު ރާއްޖެ އަށް ގެނެސް ވިއްކައިފި ނަމަ، ސީޖީޓީ އަށް ކަސްޓަމަރުން ކުރާ އިތުބާރު ގެއްލި، އިޔާދަނުކުރެވޭ ގެއްލުން ލިބޭނެ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
ސީޖީޓީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އެގްޒޮޓިކް ކުންފުނިން އެ ފޭކު މުދަލުގެ 200 ކޭސް އެތެރެކޮށް، ބޮންޑަޑް ވެއާހައުސެއްގައި ބަހައްޓާފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން 10 ކޭސް ކްލިއާކޮށްފައިވާ ކަމަށެވެ.
އެހެންވެ، ސީޖީޓީން ސިވިލް ކޯޓުގައި އެދުނީ ބާކީ 190 ކޭސް ކްލިއާކުރުން ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ސީޖީޓީން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު އިއްޔެ ނެރުއްވި އަމުރުގައި ވަނީ ރާއްޖެ އަށް އެތެރެކޮށްފައިވާ މުދަލުގެ އަސްލުކަމާ މެދު ސުވާލު އުފެދިފައިވާތީ އެ މުދަލުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެގްޒޮޓިކް ކުންފުންޏަށް އަމުރުކޮށްފަ އެވެ.
ރާއްޖެއަށް އެތެރެކޮށްފައިވާ މި މުދަލުން އެއްވެސް ބައެއް ކްލިއާނުކޮށް ހުރި ނަމަ، އެ މުދާ ކްލިއާ ކޮށްދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކަސްޓަމްސްގެ މައްޗަށް އަމުރުކޮށްފައިވާ އިރު، އެ މުދާ ރާއްޖޭގައި ވިއްކާ ނަމަ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަށަަށަ ސީޖީޓީ ސުނގިރެޓުން ވި ގެއްލުމުގެ ޒިންމާ ނަގަނީ ކާކު
26 December 2023
ސީޖީޓީ އިން ވިއްކަނީ ފޭކްނޫން އެއްޗެހިކަން އެމީހުން ކަށވަރު ކޮއްދިންބާ. ޢަދި އެގްޒޮޓިކާއިން ވިއްކަނީ ފޭކް އެއްޗެހިކަން ޝައްކެއް ނެތް މިންވަރަށް އެގޭބާ. އެހެންނޫނީ އެގްސޮޓިކާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެ. އަދި ޖެނުއިން ވިޔަސް ދިވެހި އެތައްބައެއްގެ ސިއްހަތު ހަލާކުކުރި އަދި ހަލާކު ކުރާ އެެއްޗެއް 20 އަހަރު ވަންފރން އެތެރެކޮށް އަމިއްލަ ފައިދާއަށް ވިއްކި ބަޔަކު ކުއްވެރި ނުވާންވީ ސަބަބެއްނެތް.؟ އެގެއްލުމަށް ސީޖީޓީ ޒިންމާވާންޖެހޭނެ.
ބަވަ ަނމ
26 December 2023
މިވީހައިޒަމާނުގައި ތިޔަގޮތަށް ނުހުއްޓުވާ. ކިތައްވަތަރުގެ ފޭކު ގެނެސް ވިއްކަަނީ އެކަމު އަޅާލާބެ އިދާރާއެއްނެތް. ވައްތަރުވެގެން ހުއްޓުވެނެ ގާނޫނެއް ރާއްޖެގައި އޮންނަކަމެއް ނުދެނަހުރީމު. މީހުންނަސް ގެއއލުންވާތަކެތި ތީ. ތިތަކެތި ހުއްޓުވަންވީ .ވާގިވެރިވަންވީ ހެޔޮކަންކަމުގައި
ފަޒާލް
26 December 2023
ސުރުހީ ރަނގަޅެއް ނޫން. ހުއްޓުވީ ފޭކު ޕުރޮޑަކުޓެއްވީމާ، ރެޖިސްޓާޑް ބުރޭންޑެއްގެ ލޭބަލް ގައި ފޭކު ހަދާފަ ހުރީމާ. ކޯޓުގެ ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު މައްސަލަ ބެއްލެވުމަށް ފަހު އިއްޔެ ނެރުއްވި އަމުރުގައި ވަނީ އެ ތަކެތީގެ އަސްލާ މެދު ސުވާލު އުފެދިފައިވާތީ އެއިން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެގްޒޮކެޓިކް އެންޓަޕްރައިޒަސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ކޮރޮކަލި
26 December 2023
ފޭކް މުދާ ވިއްކުން ހުއްޓުވިދާނެ. ކޮންސިއުމަރ ޕްރޮޓެކްޝަން އެކްޓް ދަށުންވެސް. ރަނގަޅު ނިންމުމެއް.
ރޮކް1235
26 December 2023
ފޭކު ސެންޓާ ފޭކު ފޯނާ މީވެސް ހުއްޓުވަން ޖެހޭ
ސިކި
26 December 2023
ބޮޑައް ބެލެވެނީ ވެރިއެއްގެ ކަމެއް ހެން
ބަރަވެލި
26 December 2023
އޮތޮރައިޒްޑް އޭކިޔައިގެން އަބަދު އެއްބަޔަކަށް މުދާ ގެނެސް ވިއްކޭ އުސޫލު މިހުޅުވިފައިވާ ދުނިޔޭގަ މިވަނީ ބަދަލުވެފައި..... ސަރުކާރުން އެންމެންނަށް ވެސް އެދޮރު ހުޅުވާލަން އެބެޖެހޭ
ރަދީފްއޮފިޝަލް
26 December 2023
ވަރަށް ރަނގަޅު ނިންމުމެއް.ރާއްޖޭގެ ބާޒާރުގަ ފޭކް މުދާ ވަރަށް ގިނަ. ބޮޑީ ސްޕްރޭ ، ޝަވަރ ޖެލް ، ބިސްކޯދު އަދު ކުކުން އޮއިލް ކަހަލަ އެއްޗެހި މީގެތެރެއިން ބޮޑަށް ފާހަގަކުރަން.
ފަޑުއްކަ
26 December 2023
ރަގަޅު ނިންމުމެއް. ފޭކު މުދާ ވިއްކުން ހުއްޓުވުމަށް ލިބުނު ބާރަކަށް ވާނެ.
ކޮރަލް
26 December 2023
ތަންފީޒީ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހެ އެވެ.