ޔުނާން: އޭނާ ގެއިން ބޭރަށް ނުކުމެ އުޅޭތީ އަލުން ބަންދުކޮށްދޭން ޕީޖީން ވަނީ އެދިފައި - ފޮޓޯ: މިހާރު
26 ޑިސެމްބަރ 2023 - 14:31
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނިކޮށް ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަލުން ހައްޔަރުކުރުމަށް އެދިއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޔުނާން އަލުން ބަންދުކޮށްދޭން އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތަށް އެދުނީ ޔުނާން ބަންދުން ދޫކޮށްލަމުން ކޯޓުން ކަނޑައެޅި ޝަރުތަކާ ހިލާފުވެފައިވާތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޔުނާން ބަންދުން ދޫކޮށްލީ ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައި ވިޔަސް އޭނާ ގެއިން ބޭރުގައި އުޅެ އެވެ. ގެއިން ބޭރަށް ނުދިއުމުގެ އިތުރުން ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ޝަރުތުތަކެއް ވެސް ޔުނާންގެ މައްޗަށް ކޮށްފައިވެ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލައިގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޔުނާން ބަންދުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެނގިފައިވެ އެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރާއިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
އެ މައްސަލަ މިހާރު އޮތީ ހުޅުމާލޭ ކޯޓުގައި ނިމުމަކާ ހިސާބުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޝަރުތު
28 December 2023
'ޒަރޫރީ ކަމެއް'ގެ މާނަ އޭނައަށް އެނގޭނެބާ؟ ތިޔަ ޒާތުގެ އަމަލުތައް ކުރާ މީހުންނަށް ކަންކަން އޮޅުންފިލުވައިދޭންޖެހޭނީ ތަންކޮޅެއް ތަފްސީލުކޮށް. އާއްމު މިންގަނޑު ނޭނގިގެން ނޫނީ އެނގުނަސް އެއަށް ނުބަލާ ކުށްކުރާ މީހުންނަށް ކަންކަމުގެ މާނަ ނެގޭ ގޮތް ތަފާތުވެދާނެ.
މުހައްމަދު އަލީ
28 December 2023
ޖޭވާ ވަރުގެ ރީތި ފިރިހެނެއް! މިގައުމުގެ އެންމެ ރީތި ބިޓުންކޮޅުވެސް މީނަ ބޭނުމިއްޔާ ލިބޭނެ!
ދޮންކަމަނާ
27 December 2023
މި އޮތް ރީތި ސޮރު. ޖެހުނު އަންހެނެއްގެ ސަބަބުން ހަލާކުވީ.
ަަސަޗ×
27 December 2023
ޙުކުމެއް ނެތި 3 އހަރުވަންދެން ޖަލުގައި ހުރުން ތިއީ މައްސަލައެއް.
ފޮނިބޯ
26 December 2023
މިސޮރު ބުނަނީ މިސޮރު ކޮށްކޮ ކައިރީ ކޮށްޓާލިނަމެއްނޫންހޯ އޮއްވަ. ލޮލް.
ބަތްކައްކޢ
26 December 2023
ރިވެތި ކުއްޖެއް
ސަސި.
26 December 2023
ތަރިން އުޅެނީ ބޭރުގަ.