މެމްބަރު ޖާބިރު: އެއް މިލިއަން ޑޮލަރު ހޯދަން އޭނާއާ ދެކޮޅަށް ދައުވާ ކުރުމުން އެ ފައިސާ އޭނާ ވަނީ ދައްކަވާފައި --- ފޮޓޯ/މިހާރު
26 ޑިސެމްބަރ 2023 - 17:36
މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދެއްވި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ނުދީގެން ފައިސާ ހޯދަން ދައުވާ ކުރުމުން އެ ފައިސާ ދައްކައިފި އެވެ.
އާދަމް މަނިކުގެ ފަރާތުން ޖާބިރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ޖާބިރަށް ދަރަންޏެއްގެ ގޮތުގައި ދެއްކެވި އެއް މިލިއަން ޑޮލަރު އަނބުރާ ނުދޭތީ އެވެ. ޖާބިރުގެ އިތުރުން ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރީ އެ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާތީ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ފައިސާ އަނބުރާ ލިބިފައިވާ ކަމަށް ބުނެ އެ ދައުވާ އަނބުރާ ގެންދަން އާދަމް މަނިކުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ދައުވާ އަނބުރާ ގެންދެވިފައިވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ހާލަތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޝީމަޖާ
27 December 2023
ޖާބިރޫ ހާދަ ލާރިޔެކޭ ތި އޮޕަރޭޓް ކޮށްލީ...
ގުއި ސައްޕެ
27 December 2023
މާލެ އާއި ކައިރީގައި ހުރި ފަޅުރަށް ރަށް ވަރުވާ އަށް 10 ރުފިޔާ އަށް ނަފައިގެން މިހާރު ރިސޯޓު ތަކަށް ކުއްޔަށް ދީފަ 2 އަތް އރާލައިގެން މިލިއަނުން ޑޮލަރު ނަގައިގެން މިތިބެނީ .. އެވެސް އުމުރު ދުވަހަށް ދަރިންގެ ގެ ދަރިންނާއި ... މިކަހަލަ ކަންތައްތައް ތަހުޤީޤް ކުރާކަށް ނުވޭ ބާ ؟
ކިމް
27 December 2023
ޢެކްސް މޭޔަރު ރިޗޭދޯ.
ދަބޭތޮ
27 December 2023
އެއްމިލިޔަން ދެމިލިޔަން ކިޔާލާއިރު ހީވަނީ ކުޑައަދަދެއްހެން،ކޮންތާކުން ކޮންގޮތަކަށް ހޯދިފައިސާއެއްތޯ ބަލަން ގޮވާލަން އޭސީސީ އަށް،އެވަރުގެ އެސެޓް އެއް ސަރަނގު އަތުގައި ނޯންނާނެ ކަމަށް ހުވާކޮށްފާނަން،އޭނަ ދަންނަ މީހެއް މީ،އެކަމް ސިޔާސީ ވީފަހުން އަނގައިންނެއް ނުބުނަން މިއަދާ ހަމައަށް،މުޅި ސަރަނގު އުމުރު ދުވަހު މަސައްކަތް ކުރިޔަސް އެވަރެއްނުވާނެ،އިންޕޮސިބްލް،
އަޅި އަލީ
27 December 2023
ސަރަގެށް ނޭގުނު ދެއްތޯ! 1900 ފެށިގެން ރިސޯޓް ތައް ހިންގަވާ ބޭފުޅެއްގެ އަރުގަ ލާރި ނުހުންނާނެ ކަމަށް ބުނިމާ ވަރަ ޖޯކް
މަމޮޅޭ
27 December 2023
ސިޔާސީ ވުމުގެ ކުރިންވެސް ރިސޯޓް ހިންގާ ބޭފުޅެއް، ގޭތެރޭގަ އޭނަކުރިމަތީގަ ހުވާކުރާގޮތައް ހުވާކުރީމަ އެކަތިލެވެނީ މީހުންގެ އަބުރު!
ސަދޫމް ޖަސްޓިސް
27 December 2023
ޖާބިރު ވައްދާ މައްސަލަތަކުގައި ސިވިލު ކޯޓު ހާދަ ފާސްޓޭ ކަލޭނޭ. އެހެންނޫނި މައްސަލައެއް ރަޖިސްޓުޜީ ވާންވެސް އެތައް ދުވަހެއް. އާދައިގެ މީހުން ލާ މައްސަލަތައް ނުބެލޭނެ ހުރިހާ ގޮތެއް އޮވޭ. ޖާބިރު ވީމަ ބެލޭ
ބޯގޮޅާ
27 December 2023
ޖާބެ މައްސަލައެއް ވައްދައިގަނެއް ނޫޅޭ، ކިޔަން ނޭގުނީ އެމީހުންގެ ކުށް!
ޖުހާނާ
27 December 2023
ކޮއްކޯ. ޖާބިރެއް ނޫން އެ މައްސަލަ ކޯޓަށް ހުށަހެޅީ. ޖާބިރުގެ މައްޗަށް ދަޢުވާކުރަން ސަރަނގު އާދަމްމަނިކު ކޯޓަށް މައްސަލަ ހުށަހެޅީ. ލިޔެފައި ހުންނަ އެއްޗެއް ރަނގަޅަށް ފަހުމު ނުވިޔަސް، ކޮމެންޓްކުރާތި.
ދިވެހީން
27 December 2023
މައްސަލަ ވެއްދީ ޖާބިރެއް ނޫނޭ... އާދަމް މަނިކު ޖާބިރަށް ދިން ލާރިއެއް އަނބުުރައި ނުދީގެން އެ ލާރި ހޯދަން ކޯޓަށް މައްސަލަ ލީ އަދަމް މަނިކު..
ލޮ ލީ
27 December 2023
އޭނަ އަށް ދިން ލާރި ކޮޅަކީ މަގޭ ފަޓުލޫނު ޖީބު ވައަތް ފަރާތު ކަނުގައި އޮތް ކުޑަ އެތި ކޮޅެއްް!
ކާށިދޫ-ގާފަރު ކޭބަލް ކާރުގެ ތެރެއިން ވަގުތުން
27 December 2023
ބަލާނެކަމެއްނެތް.. ޕީއެންސީއަށް ސޮއިކޮއްގެން އެއުޅެނީ
ހުތްއާދަނު
26 December 2023
ކާށިދޫމީހުން ދައުވާކުރާކަށް ނުވޭތަ. ކަލޭމެނަށް ހަމަ ސާބަސް. އަދިވެސް ފެންނަ ކާއްޓަކަށް ވޯޓުދީ
ދުލެއް،
26 December 2023
ތިވީގޮތުން އިއްޒައްތެރި މެންބަރުންގެ މުސާރަ ބޮޑުކުރަން ގޮވާލަން ތިހާލުގަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންއުޅޭޤައުމެއް މިދުނިޔޭގަ އޮވެދާނެބާ؟
ޕްލީސް
26 December 2023
ރައީސް ޑަކުޓަރު މުއިއްޒު އަށް ވަރަށް އާދޭހާ އެކީ ދަންނަވަން. ލުކާސް ޖަލީލަށް ވަޒީފާއެއް ހަމަޖައްސަވާ ދެއްވާ.