ސްރީ ލަންކާ ފުލުހުން އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި 2020 ވަނަ އަހަރު އޭޕްރީމް މަހު ނައްތާލަނީ. -- ފޮޓޯ: އޭއެފްޕީ
28 ޑިސެމްބަރ 2023 - 06:03
ސްރީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި އޮޕަރޭޝަންގެ ފުރަތަމަ ހަފްތާގައި 15،000 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ސިފައިންގެ ވެސް ބައިވެރިވުމާ އެކު ފުލުހުން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 440 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި 272 ކިލޯ ކެނަބިސް އާއި 35 ކިލޯ ހަޝިޝް އަދި ނުވަ ކިލޯ ހެރޮއިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިހާރު ލަންކާ ބޭނުންކުރަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގަ އެވެ.
ކުރިއަށްގެންދާ އޮޕަރޭޝަންގެ މައުލޫމާތު ހާމަކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މައްސަލަތަކުގެ ތުހުމަތަށް 13،666 މީހަކު ހައްޔަރުކޮށްފައި ވާއިރު މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި 1،100 މީހަކު އަސްކަރިއްޔާގެ ރިހެބިލިޓޭޝަން ސެންޓަރުތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ލަންކާގެ ނޫސްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ހޯދަން ސިފައިންނާއި ފުލުހުން ކުއްތާތައް ހިފައިގެން ކޮލަމްބޯ އާއި އެކި ސަރަހައްދުތަކުގެ އާންމުންގެ ގޭގެޔަށާއި އެކި ތަންތަނަށް ދަނީ ވަންނަމުންނެވެ.
ފުލުހުން ބުނީ ކްރިސްމަސް އަށް ސިފައިންނާއި ފުލުހުންގެ އެހެން ޑިއުޓީތައް ހުރުމުން އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު އަންގާރަ ދުވަހުގެ ފަހުން އަލުން ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ތަންތަން ފާސްކޮށް މީހުން ހައްޔަރުކުރަނީ ކޯޓު އަމުރު ހޯދުމަކާ ވެސް ނުލަ އެވެ. އެހެންވެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނަނީ މިއީ ޣައިރު ގާނޫނީ އޮޕަރޭޝަނެއް ކަމަށެވެ. އަދި އޮޕަރޭޝަން ބޮޑަށް އަމާޒުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ އާދައިގެ މީހުންނަށް ކަމަށާއި މި ވިޔަފާރި ފުޅާކޮށް ކުރާ މީހުންނާ ހިސާބަށް ނުދާ ކަމަށް ވެސް އެކްޓިވިސްޓުން ތުހުމަތުކުރެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކްޝްމަން
30 December 2023
ތި ލަންކާ މީހުނަކީ ވަރަށް ނުބައި ބައެއް. ރާއްޖޭގައި މަސައްކަތް ކުރާ މީހުންވެސް އަބަދު ބަލަނީ ކަޓެް ނެގޭތޯ. އެމީހުންގެ އިގްތިސާދު އަޑިއެޅިޔަސް ނުހައްގު ފައިދާ ނެގުމަކީ ވަރަށް ދެރަ މައްސަލައެއް.
ޖަލީލީ
28 December 2023
ހާދަ މީރު ދޮން އަނބު ތަކެކޭ
އަފްރާސިޔާބު
28 December 2023
އާދައިގެ މީހުން ކުރާކުށް ބަލާކަށްނުވާނެ. އާދައިގެ މީހުން ބޮނީ ވިޔަފާރި ކުރާ މީހުންދޭތީ. ދެން ހިފާ ހައްޔަރުކުރުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް. ބޮއި ވިއްކުމަކީ އިންސާނިއްޔަތު ނެގެހެއްޓުން. ކުށްކުރާމީހުން ކަންއެނގޭނީ ކޯޓުން ކުށެއް ކަމަށް ކަނޑައެޅީމާ. ތިހުރިހާއެއްޗެއް އަނބުރާ އެމީހުންނަށް ދޭންޖެހިދާނެ ކޯޓުން ބަލާތަނާއި އޭގެހުރި އެވިޑެންސާއި ބާވަތާއި ވަންނަ ގަޑިއާއި ދުހާއި ނެތިގެން.
ބަބާ
28 December 2023
އަޅުގަނޑު ހީކުރީ އަނބުކަމަށް.
ކޮރަލް
28 December 2023
ރާއްޖެ އަށް މިސްރާބު ޖަހާފާނެ އެވެ. ފަސޭހައިން ވޯކްޕާމީޓް ލިބޭތީ ފިލަން ދުވަސް ކޮޅަކަށް ރާއް ޖެ އަތުވެދާނެ އެވެ.
ބުރުގާ
28 December 2023
ކޮބާ މައްސަލައަކީ.... ރާއްޖެއަކީ ލަންކާއެއް ނޫން. ރާއްޖޭގަ އޯކޭވާނެ.
އަހްމަދ
28 December 2023
މިގައުމުގަ މިކަން ކުރަން ކެރޭނެ ވެރިއެއް އަންނާނެބާ؟
ކިރާން
28 December 2023
ތިކަން ކުރަން ކެރޭ މީހާ ކުރިމަތިލީމަ ކަލޭމެން ވޯޓެއް ނުދޭ. ދެން ކޮން އަންނާނެބާއޭ ކިޔާކަށް! ބިމާ ފްލެޓާ މުދަލަށް ދަހިވެތިވެ ހޭބަލިވެފަ ތި ތިބެނީ.
ފުލްމާ
28 December 2023
ރާއްޖޭގެ ފުލުހުންނަށް މިތާ އުޅޭ މަސްތުވާ މީހުން ހައްޔަރުކޮށް އަސްކަރިއްޔާއާއި ހަވާލު ކުރެވޭނެގޮތެއްނެތްބާ..ހުރިހާ ކުއްތަކާއި ގުޅިފައިވަނީ މަސްތުވާމީހުން..ކުއްކުރަނީވެސް އެމީހުން ބޭނުންހިފައިގެން..