29 ޑިސެމްބަރ 2023 - 10:19
ސަލްމާން ހާނަށް 58 އަހަރު ފުރުން އޭނާގެ އާއިލާއިން ފާހަގަކޮށްފި އެވެ.
ސަލްމާން ހާނަށް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީ އޮތީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ހާން ޝަރްމާގެ ގޭގަ އެވެ. ސަލްމާންގެ އުފަން ދުވަހަކީ އޭނާއަށް ބޮޑުބޭބެ ކިޔާ އާޔަތުގެ ވެސް އުފަން ދުވަސްކަމުން އެ ޕާޓީގައި ދެ މީހުންގެ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ އެއްކޮށެވެ. އާޔަތު އުފަންވީއްސުރެ މި ދެ މީހުންގެ އުފަން ދުވަސް އާއިލާއިން އެއްކޮށް ފާހަގަކުރުމަކީ މިހާރު އެ އާއިލާގެ ޓްރެޑިޝަން އެކެވެ.
Inside Video from Salman Khan's Birthday which he celebrated with Arpita's daughter Ayat Khan🥰❤️🎂🎉#SalmanKhan𓃵 #ArpitaKhan #AyatKhan #HappyBirthday pic.twitter.com/H7Fyc6DCZ9
— SALMAN SAJID FAN (@SALMANIA_12_27) December 26, 2023
އާޔަތު އަކީ އާޔުޝް ޝަރްމާ އާއި އަރްޕިތާ ހާންގެ ދަރިފުޅެވެ.
އާޔަތް ކޭކު ފެޅި އިރު އޭނާއަށް ސަލްމާން ހާން އުފަން ދުވަހުގެ ލަވަ ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓު ކޮށްފަ އެވެ. އަދި ދެ މީހުން އެއް ކޮށް ކޭކު ފަޅާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.
Megastar celebrations #SalmanKhan #HappyBirthdaysalmankhan pic.twitter.com/O1nyKrDJzt
— Ifty khan (@Iftykhan15) December 26, 2023
ސަލްމާން ހާން އާއިލާއާ އެކު އުފަން ދުވަސް ފާހަގަކުރުމަށް މުމްބާއީއަށް ދިޔައީ އިއްޔެ އެވެ.
ސަލްމާން ހާނަށް ގިނަ ފަންނާނުންތަކެއް ވަނީ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްމާންޚާން
30 December 2023
މަ އަޅެ ފޮޑިއެއްޖެހިޔަސް އެވާހަކަ ނޫހުގަޖަހަންޖެހޭތަ؟.
ކަމީނޭ
30 December 2023
އުފަންދުވަސް؟؟؟ހާދަ ބައިވަރު އުފަން ދުވަހެއް ތި އަންނަނީ؟؟؟ގައިމު އަހަރުން އުފަންވީ އެންމެ ދުވަހަކުން،ކިހިނެއްބާ އަނެއްކާ ތިވަނޫ؟؟ސައްލޭގެމަންމަ އަށް ގުޅާފަ އަހަންވެއްޖެ،
ހަބަރު
29 December 2023
ސަލްމާން މިއަދު ޝޫޓިން ފަށައިފި ދަ ބުލްގެ. މި ފިލްމަކީ ނޮވެމްބަރ 3 ގައި ރާއްޖެއަށް އެހީވާން އިންޑިޔާއިން ހިންގި އޮޕަރޭޝަން ކެކްޓަސްގެ ލީޑު ބްރިގޭޑިއަރ ފާރޫކް ބުލްސޭރާ އޮޕަރަެޝަން ކެކްޓަސް ލީޑު ކުރި ގޮތް ކިޔައިދޭ ފިލްމެއް. ފިލްމް ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރު،
ޢެޑްމުންޑޯ
29 December 2023
މިފިލްމުން ރާއްޖޭގެ މަންޒަރުތަކާއި ދިވެހި ސިފައިންވެސް ފެންނާނެތާ