އާބަންކޯއިން ކުރިއަށް ގެންދިޔަ "ފައިލޭރިއާ ރައްކާ" ކެމްޕޭން ތެރެއިން ހުޅުމާލޭގައި މަދިރި އުފެދޭ ބައެއް ތަންތަން ދެނެގަތުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ-- ފޮޓޯ: އާބަންކޯ
29 ޑިސެމްބަރ 2023 - 22:21
މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ "މަދިރިން ރައްކާ" ނަމުގައި ހުޅުމާލެ ސާފު ކުރުމުގެ ގައުމީ ހަރަކާތެއް ފަށަން އާބަންކޯ އިން ނިންމައިފި އެވެ.
މާދަމާ ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ޕާކުގައި ފަށާ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
ހެލްތު މިނިސްޓްރީ އާއި ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތުގައި އާއްމުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އާބަންކޯއިން ބުނީ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ 15 ޓީމަކަށް ބަހާލައިގެން ފޭސް އެކެއް އަދި ފޭސް ދޭއްގައި ކަމަށެވެ. އަދި މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައި ވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އާބަންކޯއިން ކުރާ ކަންކަން:
- އާބަންކޯގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލައި މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިނަ ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުން
- ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުން
- ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުން
ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައި ވެސް ސާފުކުރުމުގެ މަސައްކަތް ކުރަން އެ ކުންފުނިން ނިންމާފައި ވާއިރު، ވީހާވެސް ގިނަ ބަޔަކު މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަކީ އާބަންކޯގެ އެދުމެކެވެ.
މަދިރިން ރައްކާތެރިވުމަށް ބޮޑު ހަރަކާތެއް މާދަމާ ފަށަން ނިންމާފައި ވަނީ ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު މި މަހުގެ 10 ވަނަ ދުވަހު ވަނީ ފެނުމާ ގުޅިގެންނެވެ. މިހާރު ކުރިއަށްގެންދާ ހެލްތު ސްކްރީނިންތަކުން މިހާތަނަށް އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ.
ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމަށް އާބަންކޯ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު، މި މަހު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވަނީ 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
30 December 2023
ޢާބަންކޯ އެކަނި ނޫން ޔިޔަކަން ކުރަންވީ ރާއްޖޭގެ ހުރިހާ ރައްތަކުަގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ތިޔަ ޕްރޮގްރާމް ހިންގަންވީ. މަދިރީގެ ސަބަބުން ފެތުރޭ ޑެންގޫ ފަދަ ބަލިތައް އިންތިހާ އަށް ގިނައެބަވޭ. ޙުޅުމާލެ ފޭސް 1 ގެ ފްލެޓް ތަކުގެ ތެރޭ ހައްދަފައިވާ ގަސްތައް ކޮންމެވެސް ވަރަކަށް ކޮށާލާ އެތަންތަންވެސް ސާފުކުރަން އެބަ ޖެހޭ. ،
އޮނަރަބްލް އަފީފު ދީދީ
30 December 2023
މިދެން ކިހާދެރަކަމެއް. ކޮންމެ ފަދަ ސީރިއަސް ކަމެއްގައިވެސް މިއުޅެނީ ކުޅި ސަމާސާ ކުރަން. ކަންދެއްކުމަށާއި ނަފުސު އިސްތިހާރު ކުރިމަށްޓަކާ ޤައުމުގެ ނަންބޭނުންކޮށްގެން ތިފަދަ ކަންކަމަށް އެތައް މިލިޔަން ރުފިޔާ ޙަރަދުވކުރުމުގެ ބަދަލުގައި އެފައިސާއަށް ފޮގު މެޝިން އަދި ކެމިކަލް ގަނެފައި ޑިފެންސް ފޯހާއި ޙަވާލުކޮށްގެން ރާއްޖޭގެ ރަށްތަކަށް މަދިރި ބޭސް ޖެއްސީމާ ތިކަން މާ ރަނގަޅަށް ކުރެވި ނަތީޖާވެސް ނިކުންނާނެ.