މާލޭގައި ފެން ހިންދުމުގެ މަސައްކަތަށް އެހީވާން އެލިއާ ކުންފުނިން ހަދިޔާކުރި ފެން ޕަމްޕު އެމްއެންޑީއެފް އާ ހަވާލުކުރަނީ. --ފޮޓޯ: އެލިއާ
31 ޑިސެމްބަރ 2023 - 20:58
ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެލިއާއިން ފެން ޕަންޕެއް ހަދިޔާ ކޮށްފި އެވެ.
އެމްއެންޑީއެފަށް އެލިއާއިން ހަދިޔާ ކުރި ޕަންޕަކީ އެ ކުންފުނިން ރާއްޖެއަށް މިއަހަރު އަލަށް ތައާރަފް ކުރި ދުނިޔޭގެ މަޝްހޫރު ޓޯޓަލް ޓޫލްސް ބްރޭންޑުގެ ޑީސެލް ޕަންޕެކެވެ.
އެ ފެން ޕަމްޕު މިއަދު ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއާ ހަވާލުކޮށްފަ އެވެ.
މާލޭގައި ފަހުގެ ތާރީހެއްގައި ފެން ބޮޑު ނުވާ ވަރަށް ފެން ބޮޑުވެފައިވާ އިރު، ބައެއް ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.
ގައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ އެލިއާއިން ވަނީ މީގެ ކުރިން ވެސް މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ޕަމްޕުތަކެއް ހަދިޔާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށްރުޅި
01 January 2024
މި ފަހަރު ސިފައިން ވަރަށް ކަޑަ. މުޅި މާލެ ހޮދާ ބެލި އިރު ވެސް ސިފައިންގެ މީހަކު ނުފެނޭ. ފެންނަނީ އާންމުން އެކަކު އަނެކަކަށް އެހީވިތަން. ހުރިހާ ސިފައިން ތިބޭ ހުޅުމާލޭގެ ކަމެއް ނުކޮށް.
މަޑި ސީލަ
31 December 2023
އޮޕަރޭޝަނަށް ފެނިގެން ދިޔައީ ބާ ޕަމްޕަކާއި އެއް އިންޗި ހޮޅިއެއް އަދި ސަރވިސްގައި ތިބި ފަރާތުގެ ޔުނީފޯރމެއް ނެތް! މުއިއްޒު 8 ގެ ޚަބަރަށް ބޮޑު މަންޒަރު އަރުވަން އިރު އޮއްސުނު ގަޑީގައި ދިޔަ ވައުދު ފުއްދަން
ފުޅު ބޭ
01 January 2024
އެހެން ދޯ! މިގޭ ޓީވީ ހުޅުވި އިރު މުޢިއްޒުގެ ވައުދު ފުދިގެން ހިގައްޖެ
ބަބުރުއްސާދާ
31 December 2023
އެއޮތް ބޮޑު ފަޔާ އެންޑް ރެސްކިއުގައި ފެންހިންދާލާނެ ރަގަޅު ޕަންޕެއްނެތް. އެހެންވީމަ ދޯ މިހުރިހާ ވާރޭވެހުނުއިރު ފެންހިންދަން ނުނިކުމެތިބީ ބާލިދީގަޑެއް ހިފައިގެން ނިކުންނަން ޖެހިދާނެތީ.
888888
31 December 2023
ޝުކުރިއްޔާ އެލިޔާ.