02 ޖެނުއަރީ 2024 - 22:14
ޖަޕާނުގެ ޓޯކްޔޯ އެއާޕޯޓްގައި މިއަދު އެ ގައުމުގެ ކޯސްޓްގާޑުގެ މަތިންދާބޯޓަކާއި ޖަޕާން އެއާލައިންސްގެ ބޯޓެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކު މަރުވެއްޖެ އެވެ.
ޓޯކްޔޯގެ ހަނޭޑާ އެއާޕޯޓްގައި މި އެކްސިޑެންޓު ހިނގީ އިއްޔެ ބިންހެލުން އައި ސަރަހައްދަށް ދާން އުޅުނު ކޯސްޓްގާޑުގެ ކުޑަ މަތިންދާބޯޓު ގޮސް 379 ފަސިންޖަރުން ތިބި ބޯޓުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި މީހުން މަރުވީ ކޯސްޓްގާޑުގެ މަތިންދާބޯޓުންނެވެ.
ޖަޕާންގެ ޓްރާންސްޕޯޓް މިނިސްޓަރު ޓެސުއޯ ސައިޓޯ ވިދާޅުވީ 379 ފަސިންޖަރުން ތިބި ބޯޓުން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވެ ސަލާމަތް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޯސްޓްގާޑުގެ ބޯޓުގައި ހަ މީހުން ތިބި ކަމަށާއި ޒަހަމްތަކަކާ އެކު ސަލާމަތްވީ ޕައިލެޓް ކަމަށެވެ. އެކަމަކު އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.
#Ongoing #Breaking Japan Airlines Flight JL516, an A350, collided with a Japanese Coast Guard DHC-8 on landing at Tokyo-Haneda Airport (Japan). First reports state all 379 aboard the jetliner survived, condition of 5 crew aboard DHC-8 unknown at the time. Updates when possible. pic.twitter.com/OoXp023dcR
— Air Safety #OTD by Francisco Cunha (@OnDisasters) January 2, 2024
އެކްސިޑެންޓުވުމާ އެކު، ޖަޕާން އެއާލައިންސްގެ ބޯޓުގައި ރޯވި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު އަނދަމުން ދިޔައިރު އިމަޖެންސީ ސްލައިޑުން މީހުން ބާލަމުން ދިޔަ އެވެ. އެއާބަސް 350 ގެ މި ބޯޓު އެކްސިޑެންޓުވީ ޖަޕާނުގެ އެހެން ސިޓީއަކުން އައިސް ޓޯކްޔޯ އެއާޕޯޓަށް ޖެއްސި ވަގުތު އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބް
04 January 2024
ކޮން ޓޯކްޔޯ އެއްތަ؟ މީހުން ކިޔަނީ ޓޯކިޔޯ.
ސުދީ
03 January 2024
މީހުން ގޮވައިގެން އައި އޭ350 ބޯޓު ގޮސް ޖެއްސިތަނުން ހަމަ އެދިމާލުގަ ނައްޓާލަން ރެޑީގަ މަޑުކޮށްލައިގެން އޮތް ކޯސްޓްގާރޑު ބޯޓުގަ ޖެހުނީ. ކޯސްޓުގާރޑު ބޯޓު ކޮންމެސްވަރަކަށް ރަންވޭ މައްޗަށް އަރާ އޮތީ ކަމަށް ލަފާ ކުރެވޭ
ޖަންބޯބެ
03 January 2024
ހީވާގޮތުން 379 މީހުން ތިބި ބޯޓް ގޮސްޖެހުނީ ކޯސްޓްގާޑް ބޯޓުގައި...