މާލެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، މާލެގެ ފެންބޮޑުވެފައި މަގެއްގައި ހުރި ފިހާރައަކަށް ވަދެފައިހުރި ފެން މީހަކު ހިނދަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު
03 ޖެނުއަރީ 2024 - 20:14
މިދިޔަ އާދީއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި އެކި ވަރުގެ ގެއްލުންވި 70 ގެއަކަށް 457،246 ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރައިގައި ގެއްލުންވި 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަން ކަމަށެވެ.
އެންޑީއެމްއޭ އިން ބެލި 34 ގޭބިސީގެ އިމާރާތަށް ގެއްލުންވެފައިވާ ކަމަށާއި ސްޓްރަކްޗާތަކަށް 248،381ރ.ގެ ގެއްލުންވެފައިވާ ކަމަށެވެ.
އަދި 65 ގޭބިސީއެއްގެ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި ގެއްލުމުގެ އަގު މިލިއަނަކަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ޖުމްލަ ގެއްލުމުގެ 20 ޕަސެންޓު (208،861ރ.) ސަރުކާރުން އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީގެ އެސެސްމަންޓުތަކުން ދައްކާ ގޮތުގައި ސްޓްރަކްޗާތަކުން އެންމެ ގިނައިން ގެއްލުންވެފައި ހުރީ ސީލިންގާއި ގޭގޭ ތަޅުންގަނޑަށެވެ. އަދި ހިފައި ގެންގުޅޭ ތަކެތިން އެންމެ ގިނައިން ގެއްލުންވީ އަލަމާރިތަކަަށާއި ބަދިގޭ ކަބަޑު ސެޓާއި އެނދުތަކަށް ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެގެން 164 މީހުން ރިޕޯޓު ކުރި އެވެ. އަދި އަށް ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ވަނީ ފޯރު ކޮށްދީފަ އެވެ. އަދި ގެތަކުގައި ވެލި ބަސްތާތައް ޖަހަން 10،000 އަށް ވުރެ ގިނަ ބަސްތާ ދޫކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
04 January 2024
ގެއަކަށް 4 ލައްކަ އެއް ނޫންތޯ؟
ކަކުނިބޯ
04 January 2024
ޙަލާކުވިއެއްޗިއްސައްބަލާފަ ދޭނެމިންވަރު ކަނޑައަޅާއެފައިސާބަހާނީދޯ. ތަނެއްދޮރެއް ބިތެއްނުބަލާ އެއްވަރަކަށްނޫންދޯބަހާނީ. ކުރީގެސަރުކާރުތަކުން މިފަދައެހީ ލިބުނުބާ ލިބުނު ފަހަރު ކިތައްއަހަރު ފަހުންތޯ ލިބުނީ މިސަރުކާރުން އެކްޝަންވަރަށްއަވަސް ޝުކުރިއްޔާ މުއީޒު
އަބްޑޫޅް +
04 January 2024
އެންމެ 4 ލައްކަ؟ ފުލުހުންގެ މުސާރަޔްށް ކަނޑާފް ދޯ؟
ސެމި
04 January 2024
އެންމެ 6532ރފޔ ގެޔަކަށް! މީދެންދެރަވަރު. ލަދުކޮބާ؟ ރައީސްގެ އެންމެ ދަތުރަކަށް އެެތައްމިލިއަނެއް ހަރަދުކުރޭ! ނިކަމެތި ރައްޔިތުންނަ އަބަދުވެސް ދެރަގޮތް!
ތުނިހަން
04 January 2024
100 % ބަދަލުދޭން ފަށާފިއްޔާ ދެން އަންނަ ވިއްސާރައަކަށް ވެލިބަސްތާ ޖެހުން ބުއްދިވެރީ ބޮޑަށް ފެން ވަންނަގޮތަށް. އަދި ހަލާކުވާ ޒާތު އެއްޗެއް ހުރިއްޔާ ތިރީގައި ސީދާ ތަޅުމުގައި ބެހެއްޓުން ރަނގަޅީ!
ރަޝާދު އަލީ
04 January 2024
އަހަރެންނަކީ ފެންވަދެގެން ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ މީހެއް. މިއީ ހަމަ ވ ބޮޑު އެހީއަކަށް ވެގެންދާނެ. ޝުކުރިއްޔާ ރައީސް މުޢިއްޒު
އާޒިމާ
04 January 2024
ރައީސް މުޢިއްޒު އަކި ހާދައޯގާތެރި ވެރިއެކޭ
ތަފާތަކީ
04 January 2024
ރައީސުންގެ ކޮންމެ ދަތުރަކަށް މިލިއަން ހަރަދު ކުރެވޭ. ރައްޔިތަކަށް އެއްޗެއް ދޭންވީމަ 20%
އަޒާނު
04 January 2024
މާލެއަށް ވުރެ ކުރިން ފެންބޮޑުވެ ގެއްލުން ވީ އައްޑު އަށް. 2 ދުވަސް ވީ އިރު ވެސް ފޭދޫ ގިނަ ގެތަކުގެ ނިދާ ކޮޓަރި ތަކުގައި ފެންގަނޑު އޮތް. ތަފާތު ކުރުން ނައްތާލާ. މާލޭ މޭޔަރ އިންތިހާބު އޮތުމަކީ ތަފާތު ކުރަން ޖެހޭ ސަބަބެއް ނޫން. ޢަހަރުމެންވެސް މިތިބީ ޕީއެންސީ އިން މަޖްލިސް އަށް ކުރިމަތިލައިގެން.
ނަޖާ.
03 January 2024
އަވަހެއްނު ކ. މާލޭ ވީމާ ފައިސާ ބަހާލެއް.
އަބްޑޫޅް +
04 January 2024
މާލޭ ގެ މެންބަރުން ހޮވާތަ ކ އަތޮޅުން؟ ހިންމަފުށީ މީހުން ވެސް މާލެ އައިސް އުޅުނީ ކަތީބުގެ ކުޑަސިޓީ ހިފައިގެން. މާލޭގަ، އަމުދުން ކަތީބަކު ނުވެސް ހުރޭ، ކުޑަސިޓީ ދޫކުރާކަށް.