ރައީސް ޑރ. މުއިއްޒު: ޗައިނާ އަށް ފުރާވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ.
04 ޖެނުއަރީ 2024 - 21:08
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އަންނަ ހަފުތާގައި ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
ރައީސް ޝީ ޖިންގްޕިންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޗައިނާ އަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއް އެ މަނިކުފާނުގެ އަރިހުގައި ގެންދަވާނެ އެވެ. އަދި ދިވެހި ބައެއް ނޫސްވެރިން ރައީސާ އެކު ދަތުރުކުރާނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ޗައިނާގައި ރާއްޖޭގެ ބިޒްނަސް ފޯރަމެއް ވެސް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އެނގިފައި ވެ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މަގާމުގެ ހައިސިއްޔަތުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އޭގެ ފަހުން ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓަށް އެ ގައުމަށް ވަޑައިގަތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ-ޗައިނާގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވެރިކަމާ އެކު، އެ ގުޅުން ވަނީ ވަރުގަދަ ކުރަން ފައްޓަވައިފަ އެވެ. ރައީސް ޑރ. މުއިއްޒަކީ ވެސް ކުރިއްސުރެ ޗައިނާއާ ވަރަށް ގާތް ބޭފުޅެކެވެ.
ޗައިނާއަކީ ރާއްޖޭގައި ވަރަށް ބިޔަ މަޝްރޫއުތަކެއް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެކެވެ. ހާއްސަކޮށް ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތް ކޮށްދިނުމުގެ މަޝްރޫއުތައް ފާހަގަކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލޭ އެހީ
06 January 2024
ޗައިނާ ވިޔަސް އޯކޭ. ބިޔަ މަޝްރޫތައް ހިންގޭ ވަރަށް ހިލޭ އެހީ ހިފައިގެން އާދޭ. އައި ހެވަން ބަނދަރު ހިންގާލާ. އައްޑޫ ބަނދަރު އަދި ގޭން އެއަރޕޯޓް ހިންގާލާ. އަވަސް ކުރޭ. ދައުރު ނިމެނީ. ރަސްމާލެ ޑިވެލޮޕް ކުރޭ. އިޤްތިސާދު 25 ބިލިއަން ޑޮލަރަށް އަރުވާ. އަވަސް ކުރޭ. ހިލޭ އެހީ ޗައިނާ އިން ގެނޭ!
ހަސޯ
06 January 2024
ފިޔާ ބަސްތާއެއް ލިބޭތޯބަލާތި.
ގޫބައްޑާ
05 January 2024
އަފިރިންގެ ވާހަކާސް ބެނާހެތި .ޒީ އެކަހި ، ބެނަ އިސްކޫޓަރޮ ފެޑުވައިދޭކެން.
3455
05 January 2024
ޗައިނާއިން ބްރިޖްތަކާ ފްލެޓްތައް މިފަހަރު ލިބޭނެ އިންޝާ الله
ބުނަން
05 January 2024
އެއްގައުމުގެ ވެރިޔަކު ދާން ބޭނުންވެގެން އެދިގެން އެހެން ގައުމަކަށް ވަޑައިގަންނަވާ ނަމަވެސް ރަސްމީ ބަހުރުވައިން ކިޔާ ގޮތަކީ ދާ ގައުމުގެ ވެރިމީހާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް. މީއޮންނަ ގޮތް
ކޮސްބޮލާ
05 January 2024
ޗައިނާއިން ދިވެހިންނަށްް ވާނެ ފައިދާއަކީ ބަނދަރާއި،ބިންހިއްކުމާއި އެނޫނަސް މިފަދަ ދެމެހެއްޓެނިވި ނޫންކަންތަކަށް ލިބޭ ފައިސާގެ އެހީ ކަމަށް ޤަބޫލުކޮށް އެފަދައިން ކަން ކުރާތަން ފެނިގެން މިދަނީ! ނަމަވެސް ޗައިނާއިން މިއަށް ވުރެން މާފުޅާދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްޤީ ދިވެހިންނަށް ހޯދޭނެއެވެ. ވައިޓް ލޭބަލްކޮށް އިލެކްޓްރޯނިކްސް ފަދަ ތަކެތި ގެނެސް އިތުރު އެސެމްބަލްކޮށް ވެލިއުއެޑެޑް ޕޮރޮޑަކްޓް އުފެއްދުން މިކުރާކަމަށްވުރެން މާފައިދާ ބޮޑުވާނެއެވެ.
އޮނަރަބްލް އަފީފު ދީދީ
05 January 2024
ދަތުރުފުޅުގައި އައްޑޫ ހުޅުމީދޫ ހިތަދޫ ބްރިޖްގެ ވާހަކަ ދައްކަވާނަމަ އެކަމަށް ދައުލަތުން ޙަރަދު ކުރާން ނުޖެހޭގޮތް ހެދުމަށްޓަކާ ބްރިޖް ހަވާލުކުރާ މީހުނާއި ޙަވާލުކޮށްގެން އައްޑޫ ހެރެތެރެ އަކީ އަލްކޮހޯލް ފްރީ ޓްއަރިޒަމް ހިންގާ "City Hotel Island" އެއްގެ ގޮތަށް ރާއްޖެއަށް ވާޓިކަލް ޓްއަރިޒަމް ތައާރަފުކުރުމަށްޓަކާ އެރަށުގައި 100 ކޮޓަރީގެ 20 ސިޓީ ހޮޓާ އެޅުމާއި މެދު މަޝްވަރާކޮށް ރާއްޖޭގެ ރައްޔިތުންނަށް ފަޤީރުކަމުން އަރައިގަތުމަށް މަގު ތަނަވަސް ކޮށްދެއްވާ.
ޖިހާދު.
05 January 2024
މީނާ ކުރަމުންދާ ކޮމެންޓްތަކުން ވަރަށްބޮޑަށް ހީވޭ މިސަރުކާރުގެ ބޮޑުންނަށް ހެރެތެރޭގައި ސިޓީ ހޮޓާ ތަކެއް ހަދާފައި ދޭން އުޅޭހެން. އަދި ހެރެތެރެ ސަރުކާރަށް ނަގާނެހެން. މިކަން ކޮށްފި ނަމަ ބަލާނެ ކަމެއްނެތް ތިތަނުގައި އަޅާ ހުރިހާ ހޮޓާތަކެއް ލިބޭނީ ޕީއެންސީގެ އެކްޓިވިސްޓުންނަށާއި މަޖިލިސް މެންބަރުންނަށް.
ގުދުގުދާބެއްޔާ
06 January 2024
ރޭސިސްޓް އަފީފު ދީދީ ގެ ހޮޅި ކޮމެންޓައް ރައްދުދޭކައް މަނެތިން!
ބޯހިޔާ
05 January 2024
ބޯހިޔާވަހިކަމުގެ އަގު ޑޮލަރުންކިޔައ، 2 ކޮޓަރި 18،000. 2 މަސް ޑިޕޮޒިޓް. ހައްލެއްނެތީބާ؟
އަބްޑޫޅް +
05 January 2024
އިންޑިޔާ ބޭރު. ޗައިނާ އަކީ މީގެ 800 ވަރަކަށް އަހަރުގެ ކުރިން ފެށިގެން، ދިވެހިރާއްޖެ އާއި ރަސްމީ ގުޅުން އޮންނަ ރަށެއް. އިންޑިޔާ އަކީ ވަކި ދައުލަތެއްގެ ގޮތުގަ ހަދައިދިނީ އިގިރޭސީން. ވީމާ ރާއްޖެ އާއި އަރާ އަރަފޯދިގެން ވަނީ ޗައިނާ.
ހުސް ގޮނޑި ރާޖާ
04 January 2024
ސީޖީޕިން އާއި ބައްދަލު ކުރުމަކީ ވެސް މީނާ ގެ ވަޢުދެއް! ވަޢުދު ފުއްދުމުގެ ތެރޭގައި ޔާމިނަށް ދިނީ ދޯކާއި މަކަރު!