އިންޑިއާގެ ލަކްޝަޑްވީޕަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެން، އެތަނަށް އައުމަށް އެ ގައުމުގެ ރައްޔިތުންނަށް ވަނީ ގޮވާލައްވާފައި. --ފޮޓޯ: އެކްސް
05 ޖެނުއަރީ 2024 - 14:52
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފަށައިފި އެވެ.
ލަކްޝަޑްވީޕް އަކީ އަރަބި ކަނޑާއި ލަކާޑައިވް ކަނޑުގެ ހުޅަނގުގެ މެދުގައި އޮންނަ ޖަޒީރާ ރަށްތަކެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހަފްތާގައި ލަކްޝަޑްވީޕްއަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވައިފަ އެވެ.
އެތަނުގައި ސްނޯކަލް ކުރައްވައި، ގޮނޑުދޮށުގައި ހިންގަވާ ފޮޓޯތަކާ އެކު، އެ މަނިކުފާނު ވަނީ އެތަނަށް ޒިޔާރަތް ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.
Recently, I had the opportunity to be among the people of Lakshadweep. I am still in awe of the stunning beauty of its islands and the incredible warmth of its people. I had the opportunity to interact with people in Agatti, Bangaram and Kavaratti. I thank the people of the… pic.twitter.com/tYW5Cvgi8N
— Narendra Modi (@narendramodi) January 4, 2024
އޭގެފަހުން، އިންޑިއާގައި ނުވަ ވަނަ އަށް އެންމެ ގިނައިން ގޫގުލް ސާޗް ކޮށްފައިވަނީ ލަކްޝަޑްވީޕް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އަދި އެކަން ކުރެއްވުމުގެ ފަހަތުގައި ފޮރުވިފައިވާ މެސެޖެއް މޯދީ ދެއްވި ކަމަށާއި އެއީ ރާއްޖެއަށް ދެއްވި ނުސީދާ އިންޒާރެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުން ވަނީ ސިފަކޮށްފަ އެވެ.
އޭގެފަހުން، ހާއްސަކޮށް އެކްސްގައި ލަކްޝަޑްވީޕް ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ދަނީ ކުރަމުންނެވެ.
އިންޑިއާގެ ލަކްޝަޑްވީޕަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެން، އެތަނަށް އައުމަށް އެ ގައުމުގެ ރައްޔިތުންނަށް ވަނީ ގޮވާލައްވާފައި. --ފޮޓޯ: އެކްސް
އެކްސްގައި ކުރި ޕޯސްޓެއްގައި މީހަކު ބުނީ މޯދީ ކުރައްވާ ކޮންމެ ކަމެއްގެ ފަހަތުގައި ވަރުގަދަ ޕްލޭނެއް އޮންނާނެ ކަމަށެވެ. އަދި ރާއްޖެއަށް ވުރެން ލަކްޝަޑްވީޕް މާ ރަނގަޅު ވާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެހެން މީހަކު ބުނީ މޯދީ ލަކްޝަޑްވީޕް ޕްރޮމޯޓުކުރަން ފެށުމުން ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.
އަދި އެހެން މީހަކު ވަނީ ރާއްޖެއާ ވާދަވެރި މަންޒިލެއްގެ ގޮތުގައި ލަކްޝަޑްވީޕް އިންޑިއާއިން ހަދައިފިނަމަ، ރާއްޖޭގެ އިގުތިސޯދު އިނދަޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.
On Wednesday, ‘Lakshadweep’ was the ninth most searched word on Google India. There were more than 50,000 searches that day! After the Prime Minister's visit, everyone has eyes on the region!
— Priti Gandhi - प्रीति गांधी (@MrsGandhi) January 5, 2024
Did PM @narendramodi just checkmate Hostile Maldives? https://t.co/TYSLHDbnYW
ރާއްޖެއަށް އެންމެ ގިނަ އިންޑިއާ ޓޫރިސްޓުން ގެންނަ ތާޖު ހޮޓަލުން ދަނީ ލަކްޝަޑްވީޕް ގައި ދެ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާއަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 190،000 އެއްހާ ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނެއް ފަށާފައިމިވަނީ، ދެ ގައުމުގެ ގުޅުން އަނެއްކާވެސް ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
"އިންޑިއާ އައުޓް" ގެ ވަރުގަދަ ކެމްޕޭނެއްގެ މަތީގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.
Maldives tries to cut ties with India. and now PM has a message to Indians who flock to Maldives shelling out so much money. Visit Lakshadweep https://t.co/ZNyI6EKgNf
— likith.shiv (@liki_iam_th) January 5, 2024
އަދި ކުރީގެ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ ތިލަމާލެ ބުރިޖު ހެދުން ފަދަ ގިނަ މަޝްރޫއުތަކުގެ އެއްބަސްވުންތައް އަލުން މުރާޖައާ ކުރާނެ ކަމުގެ އިޝާރާތެއް ވެސް އާ ސަރުކާރުން ވަނީ ދީފަ އެވެ.
ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް މި ކެމްޕޭނު ފަށާފައިމިވަނީ، އަންނަ އާދީއްތަ ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު 0909
07 January 2024
ކާކުތަ އުޅެނީ އެމީހުން ނައސްގެން . ރަނގަޅީވެސް ދުވަހަކުވެސް ނައީއާ
ރެކިފުތާ
07 January 2024
މިއީ އިންޑިއާ އާއި ޖައްސާލުމުގެ ނަތީޖާ. އިންޑިއާގެ އެންމެ ފިޔަވަޅަކުން މިރާއްޖެ މިދަނީ އިނދަޖެހެން. އިންޑިއާއިން މިގައުމުގެ އެންމެ ތަންފުކެށްވެސް ބޭނުންވެގެނެއްނޫޅޭ. އެގަމުން މިތާގައި އެތިބެނީ މިރާއްޖެއާއި އިންޑިއާގެ ސަރަހައްދު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާއި ވަގުވިޔަފާރިއާއި އިންސާނުންގެ ވަގުވިޔަފާރި އާއި މަސްތުވާތެކަތި ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވަން އެއީ އިންޑިއާގެ އާއި މިރާއްޖޭގެ ސަލާމަތަށްޓަކައި ވެފައިވާ އެއްބަސް ވުމާއިއެއްގޮތަށް.
ހިލަބެ
07 January 2024
އިންޑިއާ އަޅާފިޔަވަޅަކުން އިނދަޖެހޭނެކަމަށް ހީވުމަކީ ވަރަށްބޮޑުކުށްހީއެއް ރިޒްޤްދެއްވަނީ މާތްالله މިކަމަށް ޝައްކެއްވަނީތަ ރެކިފުތާއަށް ؟
އިސްމާލި
07 January 2024
ޢިންޑިއާ މީހުންކީ ވަރަށް ހސަދަވެރި ބައެއް. ކުޑަ ގައުމަކާ ޖައްސާލައިގެން އުޅޭ ވައްތަރު ވަރަށް ހުތުރު. ދެން ބުނަން އޮތީ މި އެންޓި ކެމްޕޭން އަކި ނުރައްކާތެރި ސިިގްނަލް އެކޭ. މިތާ ޓުއަރިޒަމް ފުނޑާލަން ކޮންމެ ކަމއެއްޗެސް ކޮށްފާނެ. މީގެ ކުރިންވެސް ރާއްޖެ އެއަރޕޯޓުގައިވެސް އިންޑިއާ ބަޔަކު ވަގަށް ވީޑިއޯ ކުރަނިކޮށް އަތުލައިގަތް. ސޯލިހު ސަރުކަރުން އެމީހުން ފޮނުވާލި. ލަންކާ ޓެރަރިސްޓު ހަމަލާގެ އަޑީގަވެސް ތިބިކަމށް ކިޔާ.
ސިމްޕަލް މޯލްްޑިވިއަން
06 January 2024
އަހަރުންނަކީ ސީރިއަސް ކަންކަން ރާޒުވާ ގޭމަކަށް ހަދާ ބައެއް ނޫން. ހަސަދައާއި ވާދައަށް އަހަރުންނަކަށް ވަގުތެއްވެސް ނޯވޭ. އެކަމަކު އެހެން ބަޔަކު ގޭމަކަށް ހަދައިފިއްޔާ ދިފާއުގައި ކުރަންޖެހޭ ކަމެއް ކުރަންޖެހޭނެތާ. މިޒާތުގެ ބޭކާރު ކަންކަމާއިހެދި މޮޔަވެގެން ފުއްޕަ ފުއްޕާފައި އުޅުމަކީ އިންޑިއާ މީހުންގެ އާންމު ކަމެއް. އެމީހުންގެ ވިސްނުމުގައިވެސް ހުންނަނީ މިޒާތުގެ ކަންކަން. އިންޑިއާއަކީ "ކުރިއަރަމުން އަންނަ ދުނިޔޭގެ ބޮޑު ބާރަކަށް" ވިޔަސް ފިކުރީ ގޮތުންނާއި އިޖުތިމާއީ ގޮތުން އިންޑިއާ މީހުން ތިބީ އަދިވެސް ވަރަށް ދަށުގައޭ ބުނުމަކީ ރޭސިސްޓް ވުމެއް ނޫން. އެއީ މިވަގުތުގެ ހަގީގަތް.
އަސްތާ
06 January 2024
ޗައިނާ ދަތުރުގެ ވާހަކަ އަޑުއިވިގެން ހިތްފަޅައިގެން ގޮސް މާބޮޑަކަށް ރާއްޖެއާ އެ ޖައްސާލީ
އޯޑީ
06 January 2024
މޯދީއަށް ހީވާ ގޮތްދޯ... އެތައް އަހަރެއްގެ ތަޖްރިބާއާ މަޝްހޫރުކަން ލިބިފައި އޮތް އިންޑަސްޓްރީއެއް ފުނޑާލަން ދިމާކުރަނީ ހާދަހާ ކަމެއްދަމެއް ނޭނގޭތީއޭ. އިންޑިއާ މީހުން ނާންނަނަމަ އެހެން ދިމާލަކުން މީހުން ގެންނަން ރާއްޖެއަށް ނޭނގޭނެކަމަށް ހީކުރަނީ ހާދަހާވާ މޮޔަވީމައޭ.
މާރަގަޅު
06 January 2024
ދެން މިގައުމުގަ ހިންގާ އިންޑިއާ ރެސްޓޯރަންޓްތަކާ އިންޑިއާ މީހުން ހިންގާ ގެސްޓްހައުސްތަކާ ރިޒޯޓްތަކަށް ތިކަމުން ވާ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ މޯދީ. އެމީހުން މޯދީއަށް ދޭނެ ވޯޓެއް ނޯންނާނެ އެމީހުންގެ ބިޒްނަސް ފުނޑާލާތީ. މިގައުމެކޭ އެއްގޮތަށް މޯދީއަށް ސަޕޯޓްނުކުރާ އިންޑިއާ މީހުން ނުދާނެ މޯދީ ޕްރޮމޯޓްކުރާ ތަނަކަށް. ކިތަންމެ ބާރަތު ބާރަތުވިއަސް އިންޑިއާގެ ސިޔާސީ އިދިކޮޅު މީހުންނެކޭ މިގައުމުގެ މީހުންނެކޭ ނޯންނާނެ ތަފާތެއް.
އަރޭއޭ
06 January 2024
މިއޮތްހާ ދުވަހު މި ވިސްނަނީ ފަތަން ނޭނގި ސްނޯކްލް ކުރާނެ ގޮތަކާ މެދު. މޯޑީގެ ވީޑިއޯއިން މި އެނގުނީ ލައިފްޖެކެޓް އަޅައިގެން އެކަމަށް ހަމަ ދާންވީކަން..
ބަކަމޫނުސް
06 January 2024
އިންޑިޔާގެ ވެރިން އިޝްތިހާރު ކުރާނީ އިންޑިޔާގެ ތަންތަންދޯ؟ އެއީގައުމިއްޔަތެއްނޫންބާ؟ ނޫނީ ގައުމިއްޔަތަކީ ދިވެހިންނަށްއެކަނި އޮންނައެއްޗެއްބާ؟ މޯޑީ ނެތެއްނު ރާއްޖެއަށް އިޝާރާތެއްކޮށްފަކާ؟ކަންތައްބޮޑުނުކުރޭ. އަހަރުމެން ދިވެހިންނަކަށް ރާއްޖޭގެ އެއްވެސް ރިސޯޓަކަށް ދެވޭނެފަދަ އަގެއްގައެއްނޫން ހުންނަނީކީ. އަހަރުމެންނަށް ދެވޭނީ އިންޑިޔާ ލަންކާ ތައިލޭންޑްފަދަ ހުރުމާކެޔުމާ އަގުހެޔޮ ތަންތަނަށް. ނިމޭއިރު ދިވެހިންވެސް ދާނެ ތިތަނަށް އަގުހެޔޮވީމާ.
ބަރަވެލި
06 January 2024
މީހަކު ޕޯސްޓެއް ކުރާއިރަށް އަހަރެމެން ޖަޒްބާތުގައި ޖެހި ތެޅިގަނެގެން އެތިވަރު ނުގޮވާ މަަޑުން ތިބިއްޔާ މާބޮޑަށްވެސް ބޭރުދުނިޔޭގެ އިހުތިރާމް ލިބި އަންނަ ފަތުރުވެރިންވެސް ގިނަވާނެ.