ސްރީ ލަންކާ ސިފައިން މަސްބޯޓަކުން އަތުލައިގަތް މަސްތުވާތަކެތި. -- ފޮޓޯ: ލަންކާ އާމީ
06 ޖެނުއަރީ 2024 - 12:14
ސްރީ ލަންކާ ސިފައިން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްބޯޓަކުން 245 ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.
ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ މި ތަކެތި އަތުލައިގަތީ ލަންކާގެ މަސްބޯޓަކުން ކަމަށާއި އެ ތަކެއްޗާ އެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި 278 ޕާރުސަލް ފެނުނު ކަމަށް ބުންޏެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ލަންކާގެ ހިއްކަޑުވާގެ ހުޅަނގުން 28 ނޯޓިކަލް މޭލު ބޭރުން އަތުލައިގެން ބޯޓުގައި ކްރިސްޓަލް މެތަމްފެޓަމިން (އައިސް) އާއި ހެރޮއިން ހުއްޓެވެ. މި ތަކެތީގެ އަގު 3،190 މިލިއަން ރުޕީސް (9.8 މިލިއަން ޑޮލަރު، 152 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ލަންކާ ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ލަންކާ ސިފައިން މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓު ލަންކާގެ ގޯލްގެ ބަނދަރުގައި. -- ފޮޓޯ: ލަންކާ އާމީ
އަތުލައިގަތް ބޯޓާއި މީހުން އިއްޔެ ވަނީ ލަންކާގެ ގޯލްގެ ބަނދަރަށް ގެންގޮސްފަ އެވެ. ބޯޓުގައި ތިބީ އުމުރުން 28 އަހަރާއި 66 އަހަރާ ދެމެދުގެ ލަންކާ މީހުން ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަމުންދާ ކަމުގެ ކަންބޮޑުވުމާ އެކު އެ ސަރަހައްދު ބެލެހެއްޓުމަށް ސަރަހައްދީ ގައުމުތައް ގުޅިގެން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. ލަންކާގެ އިތުރުން އިންޑިއާ އިން ވެސް ވަނީ މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި މި ފަހުން އަތުލައިގެންފަ އެވެ.
މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓުން ހައްޔަރުކުރި ހަ މީހުން. -- ފޮޓޯ: ލަންކާ އާމީ
މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި މި ދުވަސްވަރު އަންނަނީ ބޮޑު އޮޕަރޭޝަނެއް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންނެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މިހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޝަނަށް ފޮނުވުން ވެސް މި އޮޕަރޭޝަންގައި ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
06 January 2024
މިއީތާ މިވެރިން މަސްބާށޭ ކިޔާފައި ރާއްޖޭގެ ސަރަހައްދަށް މިވަންނަ ސަބަބަކީ. ދެން ރާއްޖޭގެ ޒުވާންމަސްވެރިން މިމީހުން އަތުން މަސްބާނައިގެން ރާއްޖެއަށް މިވަންނަނީ. އަންނަ އިރު ލައިގެންކާނޭ އެއްޗެއްވެސް ބޭނޭ ކަމަކަށް ނުވޭ.
ކޮރަލް
06 January 2024
ބަންދު ކޮށްފަ ބަހައްޓާނެ ތަނެއް ނެތް، ފަރުވާ ދެވޭކަށް ނެތް ހައްޔަރު ކުރެވޭކަތް ނެތް ، ދޫކޮށްފަ ބެހެއްޓޭކަށް ނެތް މިއީ ޑްރަގް މައްސަލއިގަ ވާގޮތެވެ. އެހެން މައްސަލަ ތައް ބަރާ ބަރަށް ބެލެ އެވެ.
ރަދީފު ބިން ރަފައިދާ
06 January 2024
ރާއްޖެއިންވެސް 24 ގަޑިއިރު ޕެޓުރޯލުކުރާންފެށީމާ މިފަދަ ބޮޑެތި ޝިޕްމެންޓުތައް އަތުވާނެ.
އަފްރާސިޔާބު
06 January 2024
މީހާރުވެސް ޕެޓްރޯލް ކުރެޔޭ. މީތާ ނުވެގެން މިއުޅުނު ކަމަކީ؟ މަސްބާނާވަރުން ލަންކާ އަޑިއަޅާލާފައި އެއޮތީ.
އިންކުރެޑިބަލް މޯލްޑިވްސް
06 January 2024
އަހަރުމެން ގައުމުގަ ފުލުހުން ހިންގީ އެންމެ 24 ގަޑިއިރުގެ އޮޕަރޭޝަނެއް 24 ގަޑިއިރު ތެރޭ ހުރިހާކަމެއް ޚަލާސް، ޕާޓޭން ޑްރަޑު ވިއްކާމީހުން އެކަމާ ގުޅޭ ހުރިހާ އެންމެން ހުސްކޮށްލައިފި. ޓޯޓަލް ސޮލިއުޝަނެއް ގެނައީ! އެއްކޮށް ގައުމު ސާފުކޮށްލައިފި! މަގުމަތިން ޕާޓޭ ކީއްކުރަން ކަކޫ ބެންޑުކޮށްގެން ދާމީހަކުވެސް ނުފެނޭ. ވަރަށް ފުރިހަމަ.
ކިޔުންތެރިއެއް
06 January 2024
އިއްޔެ ފަތިހު ޖަމާއަތުގަ އިމާމުވެ ނަމާދުކުރަމުން ދަނިކޮށް އިންޑޮނީސިއާ އިމާމެއް ނިޔާވުން . މިހަބަރު ގެނެސްދީ