އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 ޖެނުއަރީ 2024 - 09:32
ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތައުލީމުގެ ގާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
މިކަން ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން 2026 ވަނަ އަހަރު ޖެނުއަރީގައި ދިރާސީ އަހަރު ފަށަން މިހާރު ވަނީ ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "މިހާރު" އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދިރާސީ އާ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު" އަށް ދެއްވި އިންޓަވިއުގައި، ދިރާސީ އަހަރު ސިޔާސީ ކަމަކަށް ހަދައި، ކޮންމެ ވެރިކަމެއްގައި ފަސޭހައިން ބަދަލު ނުކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ގާނޫނަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
"ތައުލީމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާޙުގެ ތެރޭގައި މިއީ [ދިރާސީ އަހަރު ބަދަލު ކުރުމަކީ] ކުޅެވޭ ކުޅިވަރެއްގެ ގޮތުގައި ނުބޭއްވުމަށްޓަކައި، ރާއްޖޭގެ އެކަޑަމިކް އިޔާ އަކީ އެއްގޮތަށް އޮންނަ ދުވަސްތަކެއްގެ ގޮތުގައި ތައުލީމީ ގާނޫނު އިރާދު ކުރެއްވިއްޔާ ލިޔާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ބަދަލުތައް ގެނައުމަށް އުނދަގޫ ވާނޭ، ބަދަލު ގެންނަން."
މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ. ކުރިން ހަމަޖައްސާފައިވާގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ. ނަމަވެސް، އެއަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރާއިރު ވެސް، މީގެ ކުރިން ގެއްލުނު ހަ މަސް ދުވަހު އަތުވާނެ ގޮތަކަށް ހަމަޖެއްސުމަށް ރައީސްގެ އަރިހުގައި ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ. އެހެންވެ، މަޑުމަޑުން ބަދަލު ގެނެސް، އާއްމުން އެދުނު ގޮތަށް ބަދަލުތައް ގެނައީ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުގެބޭބެ
10 January 2024
ދުނިޔޭގައި މަދުގައުމެއް ފިޔަވައި ދިރާސީ އަހަރާއި ކަލަންޑަރު އަހަރު ދިމާނުވާނެ. އެގޮތަށް ބަލައިގެން އަހަރީ ހިސާބުތައް ނިންމަން ނޭނގުމަކީ އެބައެއްގެ ނާގާބިލުކަން. އެސަބަބާއިހެދި ގައުމެއްގެ ތައުލީމީ ނިޒާމު ހަރާބުކޮށްލާކަށް ނުޖެހޭ.
ދިމާުރާތީ
10 January 2024
ޑރ ރައީސްގެ ރަސްމީ ދަތުރު ޗައިނާއަށް ފެށުންވެސް ޖެނުއަރީގައި. ޖެނުއަރީ ނިމުމުން މިވެރިކަމުގައި 11 މަސްދުވަސް ޗުއްޓީގައި. ރައްޔަތުންނަށް ފައިދާ ބޮޑު ވެރިކަމެއް. މިހާ ގަމާރު ވެރިން މިތިބެނީ!
ފުންކޮށްވިސްނާ
09 January 2024
ގާނޫނު ކީއްކުރަންތަ ވެރިކަންވެސް ތާއަބަދަކު ނޯންނާނެ. ނުހަނު ނުލަފާ ޖައްބާރު ވެރިންތަކެއްވެސް ވެއްޔަށްވެގެން ހިނގައްޖެ. ގަދަބަދަވިކަން ދެއްކޭނީ ވަކިމިންވަރަކަށް. އެކަހަލަ މީހުންގެ ނިމުންވެސް ހިތިވާނެ. މިއީ ދުނިޔެދެކޭ ހަގީގަތް.
ކޮސް
09 January 2024
މީނައީވެސް ދެންޓަލްމޭން ކަހަލަ މީހެއް. ޤާނޫނުގަ އޮންނަންޖެހޭތަ މަދަރުސާބަންދާއި ޓެސްޓު އޮންނަ ދުވަސްތަކާއި .
ބާކުންބޭ
09 January 2024
މިހާރު ތޮ ގެނައި ބަދަލު ރަނހަޅު އެކަމަކު ކޮންމެ ކަމަކީ ޤާނޫނަކުން ކަނޑައަޅަން ޖެހޭ ކަމެއް ނޫންކަން، ޑރ މިނސްޓަރ އަށްވެސް އެނގެންޖެހޭ، ދެން ތޮ ޤާނޫންތައް ގިން ކަމުން ބޮޑު އުނދަގުލަކަށް ދޯ ވާނީ، މިހާރުވެސް ޤާނޫންތައް ބައިވަރު، އެންފޯރސް ނުކުރެވޭ ޤާނޫންޔައް އުވާލަން ތާއީދު
ޢަހު
09 January 2024
ވ ރަނގަޅު ނިންމުމެއް މަރުޙަބާ މިނިސްޓަރ
ޤާނޫނު ވެސް ބަދަލު ކުރެވޭ
09 January 2024
ކީކޭ ދެން ބުނާނީ!!! ޤާނޫނު ގައިވާ އެތައް ކަމެއް ބަދަލު ކޮށްފި އެވެ.
48343
09 January 2024
ދިރާސީ ދިރާސާނުކޮށް ދިރުންނުގެނެވޭއެވެ.
ހަސީނާާ
09 January 2024
ހަނދު މަހަށް ދިރާސީ އަހަރު ސެޓުކުރަންވީ. އޭރުން ރޯދަ މަހު އެއްކޮށް ބަންދު ކުރެވޭނެ. މޫސުން ވަށާ ޖެހޭނެތީ މޫސުމުގެ މައްސަލަވެސް ހައްލުވާނެ
އަމާބުނީތީ ފަރު
09 January 2024
ބަލަގަ ގާނޫނަކީ ބަދަލުވެސް ކުރެވޭ އެއްޗެކޭ. ދެންއަންނަ ބަޔަކު މެއި ޖޫން އަށް ގާނޫނު ބަދަލުވެސް ކޮށްފާނެ.