އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން (ކ) އަށް ސައޫދީ ފޮރިން މިނިސްޓަރު ޕްރިން ފައިސަލް ބިން ފަރްހާން އިއްޔެ މަރުހަބާ ވިދާޅުވަނީ. -- ފޮޓޯ: އޭއެފްޕީ
09 ޖެނުއަރީ 2024 - 06:29
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ސަރަހައްދީ ހަމަނުޖެހުމަކަށް ބަދަލުވިޔަ ނުދިނުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ކުރައްވާ މަސައްކަތުގައި އިޒްރޭލަށް ވަޑައިގަތުމުގެ ކުރިން ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ވަލީއަހްދު މުހައްމަދު ބިން ސަލްމާނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ބެލެވޭ ގޮތުގައި ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ޔަމަން ކޮންޓްރޯލްކުރާ ހޫތީ ހަނގުރާމަވެރިން އިޒްރޭލާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި، ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ދޭ ހަމަލާތަކާ ބެހޭ ގޮތުން ބްލިންކެން ވަލީއަހުދާ އެކު މަޝްވަރާކުރެއްވި އެވެ.
ސައޫދީގެ ހުޅަނގުގައި އޮންނަ ތާރީޚީ ސަރަހައްދެއް ކަމަށްވާ އަލް އުލާގައި ބޭއްވި ޕްރައިވެޓް މި ބައްދަލުވުމަކީ އިޒްރޭލާއި ހަމާސް އިން ބަދަލުކުރަމުންދާ ހަމަލާތައް ސަރަހައްދީ ގައުމުތަކަށް ފުޅާވެ ނުރައްކާ އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން އުފެދުމުން ބްލިންކެން ފެއްޓެވި ކުއްލި ދަތުރުގެ އެންމެ ފަހުގެ ބައްދަލުވުމެވެ.
އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ސައޫދީ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުންތައް ގާއިމުކުރުމާ ބެހޭ ގޮތުން ބާއްވަމުން ދިޔަ މަޝްވަރާތައް ހަނގުރާމައިގެ ސަބަބުން މެދުކެނޑިފައި އޮތުމުން އެކަމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެ އެވެ.
ބްލިންކެންގެ ދަތުރުގައި ގަތަރަށް ވެސް ވަޑައިގަތެވެ. ގަތަރުގައި ބްލިންކެން ވިދާޅުވި ގޮތުގައި ފަލަސްތީނުގައި ހިނގަނީ ވަރަށް ފަސޭހައިން ފެތުރިގެން ހިނގައިދާނެ ހަނގުރާމައެކެވެ. އެހެން ވެއްޖެ ނަމަ ނުރައްކާ އަދި މާބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
ހަމާސް އިން މިދިޔަ އަހަރު އޮކްޓޫރު 7 ގައި އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 23،000 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
09 January 2024
އެމެރިކާއިން މި ކުޅެނީ ވަރަށް މުނާފިގު ރޯލެއް. ފާޅުގައި އިޒްރޭލުން ހިންގާ ގަތުލު އާންމަށް އެހީވަމުން ދުނިޔެއަށް ސުލުހަ ގެނެސްދޭ ބައެއްގޮތަށް ދެއްކެމުން. ސައުދީ އަދި އަރަބިންނަށް ހީވަނީ މިވެރިންނަށް ވަރަށް ހެޔޮ އެދިގެން އެމެރިކާ އިން އުޅޭކަމަށް. ސައުދީއަދި ހަނުތިބި އަރަބިންނަކީ މި ގަތުލު އާންމުގެ އިންޑައިރެކްޓް ބައިވެރީން.
ސަރަހައްދު ބަލާމީހާ.
09 January 2024
ސައުދީ ގަތަރު ޔޫއޭއީ މިސްރު އުރުދުން ބަހުރެއިން ކުވޭތު މިއީ އެމެރިކާގެ ބަސްއަހާ ގައުމުތައް. އެމީހުނަށް ދުނިޔެ ހިތްފަސޭހަ. ތިއާގި. މުއްސަނދި. އެއީ އެމީހުން ގުރުއާނާ ސުންނަތާއި އެއްގޮތަށް އުޅޭތީ. އިރާނާއި ސޫރިއާ ހަމާސް ހިޒްބުއް الله ހޫސީން މިއީ އެމެރިކާގެ ބަސް ނާހާ ކަންފަތް ހަރު ބޯ ހަރު ގުރޫޕު. އެމީހުނަށް ދުނިޔެ ނަރަކައެއްފަދަ. ދަތިކުރުމާއި ފުރައްސާރައިގެ ވާގަނޑެއްގައި ދިރިއުޅޭބައެއް. ބުލިންކެން ވެސް މިމީހުނާ ބައްދަލެއް ނުކުރާނެ.