އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ތޯރިގު (ކ) ފޯމު ހުށަހަޅާއިރު ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން (ވ): ވެލެންސިއާ އިން ދެ ކެންޑިޑޭޓަށް ތާއީދު ސިޓީ ދީފައި ވާތީ އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާގެ ތާއީދު ސިޓީތައް ކެންސަލް ކުރަން ނިންމާފައި.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
11 ޖެނުއަރީ 2024 - 12:13
ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ތޯރިގް (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށް ކްލަބް ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ކެންސަލްކުރަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމުމާ ގުޅިގެން ތޯރިގުގެ ކެންޑިޑެސީ ބާތިލް ވެއްޖެ އެވެ.
ތޯރިގާއި މުފާވިޒަށް ވެސް ވެލެންސިއާގެ ތާއީދު ސިޓީއެއް ދީފައިވާތީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއްގެ ގާނޫނީ ލަފަޔަކަށް އޭއެފްސީގައި އެދިފަ އެވެ. އޭއެފްސީގެ ލަފާ ލިބުމާ އެކު އިއްޔެ ބޭއްވި އިލެކްޓޯރަލް ކޮމިޓީގައި ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލް ކުރާށެވެ.
އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލް ކުރަން ނިންމާފައި ވަނީ ފީފާގެ ގަވާއިދުގައިވާގޮތުގެ މަތިން، މެމްބަރު ކްލަބަކަށް އިންތިހާބުގައި އެންޑޯޒްމަންޓް ދެވޭނީ އެންމެ ކެންޑިޑޭޓަކަށް ކަމަށް ވާތީ އެވެ. އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައިވާ ނަމަ އެ ކްލަބެއްގެ ހުރިހާ ތާއީދު ސިޓީތަކެއް ބާތިލުވާނެ ކަމަށް 27 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ވެލެންސިއާގެ ތާއީދު ސިޓީތައް ކެންސަލް ވުމާ ގުޅިގެން ތޯރިގުގެ ކެންޑިޑެސީ ބާތިލުވާނެ އެވެ. ތޯރިގުގެ ކެންޑިޑެސީ ހުށަހަޅާފައި ވަނީ ވެލެންސިއާ ހިމެނޭހެން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބެއްގެ ތާއީދު ސިޓީ އެވެ. ވެލެންސިއާގެ އިތުރުން ދެން ހިމެނެނީ މާޒިޔާ އާއި ޓީސީ އެވެ. ކޮންމެ ކެންޑިޑޭޓެއްގެ އަތުގައި ފުރަތަމަ ޑިވިޝަންގެ ތިން ކްލަބްގެ ތާއީދު ސިޓީ އޮތުން އެފްއޭއެމްގެ ގަވާއިދު ލާޒިމް ކުރާއިރު، ވެލެންސިއާގެ ސިޓީ ކެންސަލް ވުމުން ޓޮމް އަތުގައި އޮތީ ދެ ކްލަބްގެ ސިޓީ އެވެ.
ވެލެންސިއާގެ ސިޓީ ކެންސަލް ކުރި ނަމަވެސް މުފާވިޒް އަތުގައި ފުރަތަމަ ޑިވިޝަންގެ ފަސް ކްލަބްގެ ތާއީދު އެބަ އޮތެވެ. އެއީ ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިތެޑް ވިކްޓަރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ބުރު ސްޕޯޓްސް ކްލަބް އަދި އޭނާގެ ކްލަބް އީގަލްސް އެވެ.
ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޓޯރަލް ކޮމިޓީން ނިމްމުމާ ގުޅިގެން އެ މައްސަލަ އެޕީލް ކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އޭނާ އަށް ލިބޭނެ އެވެ. އަދި އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭ އެޕީލް އާ މެދު ގޮތެއް ނިންމާނެ އެވެ.
އެޕީލް ކޮށްގެން ތޯރިގަށް ކާމިޔާބު ނުހޯދިއްޖެ ހާލަތެއްގައި މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި، ރައީސަކަށް ހޮވަން މުފާވިޒްގެ ޓީމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.
ތޯރިގަށް ދިން ވެލެންސިއާގެ ސިޓީގައި ކްލަބުގެ ފަރާތުން ސޮއިކޮށްފައި ވަނީ ޗެއާމަން އަބްދުﷲ އަޒްމީން އެވެ. އަދި މުފާ އަތުގައި އޮތް ސިޓީ އަކީ ވައިސް ޗެއާމަން އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ސިޓީއެކެވެ.
ފީފާގެ ގަވާއިދުގެ ދަށުން ވެލެންސިއާގެ ތާއީދު ދެ ސިޓީ ކެންސަލް ކުރަން ނިންމި ނަމަވެސް، ދެ ސިޓީ ވެސް ސައްހަ ކަމަށް އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމައިފަ އެވެ. ސަބަބަކީ އޭއެފްސީގެ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ގޮތުން ވެލެންސިއާގެ ރައީސް އަކީ ރަސްލާން އަދީލް ޖަލީލް އެވެ. ނައިބު ރައީސަކީ އިލްމާއު އަދި ޖެނެރަލް ސެކްރެޓަރީ އަކީ އަޒްމީން ކަމަށް އެ ޕޯޓަލްގައި ރަޖިސްޓާ ކޮށްފައި ވާއިރު، މި ތިން ފަރާތަށް ވެސް ކްލަބްގެ ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ ބާރު އޮވެ އެވެ.
ނަމަވެސް ދެ ކެންޑިޑޭޓަކަށް އެއް ކުލަބުން ތާއީދުކުރުމަކީ ފީފާގެ އުސޫލާ ހިލާފް ކަމަކަށް ވާތީ ވެލެންސިއާގެ ދެ ސިޓީ ވެސް ކެންސަލްކުރަން ނިންމީ އެވެ.
މި މައްސަލަގަނޑުގެ ތެރެއިން ކްލަބްގައި ދެ ފެކްޝަނެއް އުފެދި، މުފާވިޒަށް ތާއީދުކުރާ ފެކްޝަނުން ވަނީ އަޒްމީން އިސްތިއުފާ ދީފައިވާކަމަށް ބުނެފަ އެވެ. އެކަމަކު އަޒްމީން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އިއްޔެ އެފްއޭއެމަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރި ކަމަށް ބުނެ ފޮނުވާފައިވާ ލިޔެކިޔުންތަކަކީ ކްލަބުގެ ހިންގާ ގަވައިދުގެ އިޖުރާއުތައް ފުރިހަމަ ވެގެން ނިންމާފައިވާ ނިންމުންތަކެއް ނޫން ކަން ވެސް ތޮލާލްގެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.
ސަބަބަކީ ޗެއާމަންގެ މަގާމުން އަޒްމީން ވަކިކުރަން ވެގެން ވެލެންސިއާގެ ބޯޑުގެ ފަސް މެމްބަރަކު ސޮއިކޮށްފައި ވަނީ، ޗެއާމަނަށް ނޭނގި ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއްގައި ކަމަށްވާތީ އެވެ.
މީގެ އިތުރުން ކްލަބްގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން ކްލަބްގެ ނަމުގައި ސިޓީތައް ފޮނުއްވުމާއި ކްލަބް ތަމްސީލު ކުރުމުގެ ހުރިހާ ބާރެއް ވަނީ ޗެއާމަން އަތުގައި ކަމަށާއި، ވައިސް ޗެއާމަންގެ ޒިންމާ އަކީ ކްލަބްގެ ޗެއާމަން އަށް ހިންގުމުގައި އެހީތެރިވެދިނުން ކަމަށް ވެސް ތޮލާލްގެ ސިޓީގައިވެ އެވެ.
ރަސްލާން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އަޒްމީން، ވެލެންސިއާގެ ޗެއާމަނަކަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އެ ކްލަބްގެ އާ ބޯޑު ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވީ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައު
12 January 2024
މަހުމުސާރަ 5000 ޑޮލަރު. ފީފާ ހަރަދުގަ ބޮޑެތި މުބާރާތްތައް ބަލައިލާ ކޮންފަރަންސް ސެމިނާ ތަކަށް މަހަކު އެއްފަހަރު ޔޫރަޕުފަދަ ގައުމުތަކަށް ދަތުރުކޮށްލާ، އެފްއޭއެމްގެ ބަޖެޓަށް ލައްކައިން މިލިއަނުން ލިބޭ ޑޮލަރުން ވިޔަފާރިކޮށްގެން ހޯދާ ކަޓާއި، ކުޅިވަަރު ކުރިއަރުވާށޭކިޔާ ކޮންޓުރެކްޓުތަކުން ހޯދާ ކަޓާ އަދި މުވައްޒަފުންނާ ތަންތަނަށް ދައްކަންޖެހޭ ފައިސާ ބައްކޮށް ދޫކޮށްލަން ބޭނުމެއް ނުވާނެދޯ.
ބައްޝަރު
11 January 2024
ހޫން. ދެން މި މުފާ ގަނޑު އޮޓޯއިން ހޮވާފަ ގޮނޑިކޮށްކޮ ހަދާފަ ބައިންދާ
ކާނިމާގ
11 January 2024
އެފްއޭއެމް މިހާރު އޮތް ހާލަތުން އަރައިގަންނަން ފުލްޓައިމް ހިންގުންތެރި ރައީސެއް ހުންނަންޖެހޭ....މަޖުލީސް މެމްބަރުކަމާ ދެންވެސް ހުރިއްޔާހުރިނކަމެއް ކުރާ މީހުނާ އެފްއޭއެމް ހަވާލުކޮށްފިނަމަ ވާނެ އިތުރު ރަނގަޅެއް ނުވިސްނޭ.... މިހާރު ތިހުރި ނަންތައްނޫން ހިންގުންތެރިއެއް ހޯދަންވެފަ
ބައްސާމްބިން
11 January 2024
ވާހަކަ ނުދައްކާ އެންމެނަށްވެސް އަނގަ ތެޅުވެނީ … ކުރެވޭ ކަމެއް ނެތް
އަހުމަދު ސައިފުލް
11 January 2024
މީ އަދީލު ޖަލީލުގެ އާއިލީ ތަރިކަ މުދަލެއްތަ އެފްއޭއެމާ ވެލެންސިޔާއާ ދިވެހި ފުޓުބޯޅަ އަކީ؟!
މޫސާ އިސްމާލު.
11 January 2024
އަދިލު ޖަލީލު އާއިލާއަށްވެސް ތިކަން ދީގެން މާލޭ ރަށްކޮޅު މީހުން ބަލަނީ އެރަށު ކަންމަތީ ގުރޫޕު ތަކުގެ ބާރުގެ ދަށުގައި ތިތަން ބާއްވަން ރާއްޖޭގެ އެހެން އެއްވެސް ރަށެއްގެ ޓީމަކަށް ފުރުސަތުނުދީ0އެއީ އަދީލު ޖަލީލު އާއިލާއަށްވެސް ބާރު ލިބޭ ސަބަބަކީ.
ކަނޑުނޫ
11 January 2024
މެންބަރޫ އަދިވެސް ތިއުޅެނީ ގިނަމަގާމުތައް ހޯދައިއަމިއްލަބައި ބޮޑުކުރަން... ދާއިރާގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން އުޅުމަށްވުރެ އަނެއްކާ އިތުރު މަގާމަކާ ތިޔަ އުޅެނީ... މީދޫ،ކުނބުރުދޫ، މަހިނބަދޫ ރައްޔިތުންނަށް އެފްއޭއެމަށްވުރެ އެމީހުންނަށ ދިމާވާ ކަންތައް ހައްލުކޯއްދިނުން މުހިއްމު
އިހްސާސް
11 January 2024
ވަރަށް ދޯހަޅީ ސިޔާސަތެއްއެއީ ސޮއިކުރެވޭ އެނެމްމެން އެންޑޯޒް ސިޓީގައި ސޮއިކޮށް ބެހުން. މީހެއްގެ ކެންޑިޑެސީ ގަސްތުގައި ބާތިލްކޮށްލުމަށް ހުޅުވިފައޮތް ދޮރެއްތީ.
ބަކޭ
11 January 2024
ތީ ބަސްތުގެ އެޖެންޑާ. އެކަން ކާމިޔާބު
ނިޔާ14
11 January 2024
ޓޮމް މެންނައް އަދި ކުޅެން ނޭގޭތީ ވާގޮތް މީ. ބައސާމް ދުރައް ޖެހުނީ މީތި ރާވާފަ.
އޮނަރަބްލް އަފީފު ދީދީ
11 January 2024
ހަމަހަމައުސޫލަކުން ދިވެހިލީޤާއި FA Cup ގައި ވާދަކުރުމުގެފުރުސަތު ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ ޓީމްތަކަށްދިނުމަށް ކ.އަތޮޅު މާލޭގެޓީމްތަކާއި އެޓީމްތަކުން ޙިސޯރުކޮށްފައިވާ ރާއްޖޭގެ ނަމުގައިހިންގަމުންގެންދާ Football Association of Maldives އިން ފުރުސަތުދިނުމަށް ދެކޮޅުހަދާނަމަ އަދި އެކަމަށްޖާގަނުދޭނަމަ ރާއްޖޭގެ އެހެން ހުރިހާ ސިޓީތަކާއި އަތޮޅުތަކުންވެސް އެމީހުންނަށްހުރަސްއަޅާ އެތަންތަނުގައި އެފްއޭގެ ޙަރަކާތްހިންގުމަށް އެއްބާރުލުންދިނުން ހުއްޓާލަންވީ.
ތަސްލީމު.
11 January 2024
ވަރަށް ބަރާބަރު ގޮތެއް. ތިހެން ތިކަށް ކޮށްގެން ވެސް މިމީހުން ހަންމަތަ ކުރަންޖެހޭ. އޭރަށް އެސޯސިއޭށަން މައްޗަށް އަރައިގެން ދުއްވަ ދުއްވާ ތިބެދާނެ. ތިކަމަށް އެންމެ ފުރަތަމަ ގޮތެއް ނިންމާނީ ތިނަދޫ ބިގަރު ކައުންސިލުން. އަޒުމީނު ބަލާ ވާދޫ ކައުންސިލުންވެސް ގޮތެއްވޭތޯ. އޭރަށް އޭއެފްސީއާއި ހަމައަށް މައްސަލަ ފޮނުވިދާނެ. ފީފާވެސް އޭރުން އުލޭނެ މިކަމާ.
މުންޓޭ
11 January 2024
ކިހާދެރަ ކަމެއްމީ ދެން. އެނ. ކަމެއް ރަނގަޅު ކުރަން ބަޔަކު އުޅުނު ކަމުގައި ވިއަސް ، ފައިސާ އާއި ނުފޫޒް ބޭނުން ކޮށްގެން ދިވެހި ފުޓްބޯޅަ ހަލާކު ކުރަން އުޅޭ މީހުން ތިބިހާ ހިނދަކު މި ރާއްޖޭގެ ފުޓްބޯޅަ ދާނީ ދުވަހެއް ދުވަހެއް ދަށަށް. ޓޮމް ކުރިމަތި ލާތީ ، މުފާ މެން ގަސްދުގަ ނުފޫޒް ފޯރުވައިގެން ކޮށްގެން އުޅޭ ކަމެއް.
3
11 January 2024
އަލަށް ތިތަނަށް މީހަކު ގެންނަންޏާ ގެންނަންވާނީ ޓޮމްނޫންމީހަކު.