އިންޑިއާގެ ސަފީރާ އެކު އެ ގައުމުގެ ބައެއް ބޭފުޅުން: ސިފައިން ގެންދިޔުން އަވަސްކުރަން އިންޑިއާ އިން ވަނީ އެއްބަސްވެފައި
14 ޖެނުއަރީ 2024 - 19:26
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ މިއަދުގެ ބައްދަލުވުމަށް ފަހު އެވެ.
އެ މިނިސްޓްރީގައި މިއަދުގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން ދެ ގައުމުން ވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު އެ ކަން ހުށަހެޅުއްވީ ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތް ހިމަނައިފަ އެވެ.
ރާއްޖެ އާއި އިންޑިއާގެ މަތީ ފެންވަރުގެ ބައްދަލުވުން ދެން ބާއްވަން އެއްބަސްވީ ފޮރިން މިނިސްޓްރީން ބުނިގޮތުގައި ދެ ގައުމަށް ފަސޭހަ ވަގުތެއްގަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެކުލަވާފައިވާ ކޯ ގުރޫޕް ނުވަތަ މަތީ ފެންވަރުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްސީލު ކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ.
މި ބައްދަލުވުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް އެއްވެސް ދުލެއް ނުދެއްވައި ރައީސް ޑރ. މުއިއްޒު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮނާޑު
16 January 2024
އަދިވެސް މައުމޫނުވަރެއްނެއް! 30 އަހަރުގެޚާރިޖީސިޔާސަތު ދެމެހެއްޓި އަމާން އޮމާންކަންބޮޑުޤައުމެއް ކުޑަޤައުމެއްނެތި ސިޔާސީގުޅުންހަމަހަމަކަމާއެކު ދެމެހެއްޓި ޙިކުމަތްތެރިކަމައްދިވެހިން ފަޚުރުވެރިވާންޖެހޭ އެއީހަމަބަތޮލެއް!!
އަބްޑޫޅް +
16 January 2024
ހޮވައިގެން ގެނައި މާވަހަރެއް އެބަ އޮތްތަ؟
އައުޝަމް
15 January 2024
މިޔާއެކު ރާއްޖޭގެ މިނިވަންކަން ޔަގީންކުރި ބަތަލަކަށް ރައީސް މުއިއްޒް ވެގެގެންދާނެ.
ނޫމާން މުހައްމަދު
15 January 2024
މިކަން ކޮށްފިނަމަ ރައީސް ވާނީ ގައުމީ ބަތަލަކަށް.
އަހްމަދު ސާނިމް
15 January 2024
ރައީސް މުއިއްޒްގެ ގަދަކަން އެއްމެ 2 ހަފްތާއިން މި އެނގެނީ.
ޔަހޫޔާދީ
15 January 2024
މިހާރު ވިސްނިއްޖެ އިތުރައް ވިސްނާކައް ބޭނުމެއް ނޫން
ޑޮކްޓާރ. ބަނާނާ
15 January 2024
ބޭރުގައުމެއްގެ މިލިޓްރީ ސިފައިން އަދި ސަރވަލެންސް ބޯޓްފަހަރު ރާއްޖޭގައި ތިބުމަކީ އެއީ ވަރަށް ބޮޑު ނުރައްކަލެއް. ސީޝަލްސް ފަދަ ގައުމުތަކުގައި މިލިޓްރީބޭސް ހަދާފައިވަނީ ވެސް މިގޮތަށް ސިފައިން އަދި ބޯޓްފަހަރު އެގައުމުގައި އޮޕަރޭޓްކޮށްގެން. ޢެގިނުލައްވާނަމަ ތިބޭފުޅުން ހޯދާބައްލަލާވާ! ޥ ސަލާމް!
ނިއުޝާދުު
15 January 2024
އިންޑިއާ ގެ ހަޤީޤީ ކުލަ ފެނިގެން ގޮއްސި ވަރަށް ރީއްޗަށް ޓުވިޓަރ ތެރޭ. ހާދަ ހުތުރު ފާޑަކަށް އުޅޭ ބަޔެކޭ އެއީ. އެ ފާޑަށް އުޅޭ ބަޔަކާ އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވިއްޔާ ރަނގަޅު ވާނީ. ޑރ.މުއިއްޒު މީ މޭންއެކޭ. ބުނެފި ކަމެއް ވިއްޔާ ކުރާނެ ކަން ޔަގީން
ތުނޑުހަސަނު
16 January 2024
ދުނިޔޭގައޮތް އެންމެ އާބާދީބޮޑު ގައުމާ ޖެހިގަތީމާ ނޭގެދޯ މިހެންވާނެކަމެއް.
ތުނޑާ
16 January 2024
އަޅާނުލެވި ތިބި ފަގީރުން ގިނަވެގެން އާބާދީ ބޮޑުވެފަ އޮތް ގައުމެއް ދެކެ ކޮން ޖެހިލުމެއްވާކަށް. އަމިއްލަ ގައުމުގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭ ބައެއް އެއީ. އެތައް ހާސް އަންހެނުންނެއް ކޮންމެ މަހަކު ގެއްލި ނޫނީ ޖިންސީ ޝިކާރައަކަށްވާ ގައުމެއް. ޗައިނާ އިންޑިއާއަށްވުރެ ބާރުގަދަވެފަ ބޮޑު. ޗައިނާއާ ޖެހިގަނެގެން އެމީހުން ނުކުރާނެ އެއްކަމެއްވެސް. އެއީ އެ 2 ގައުމުގެ ތަފާތަކީ. ގާތް ރަހުމަތްތެރިކަމޭ ކިޔައި އޮޅުވާލަނީ އިންޑިއާއިން
އެކްސްް
15 January 2024
މިއީ އެއްވެސް ބަޔަކާއި ޖައްސާލައިގެން ޚާރިޖީ ސިޔާސަތު ގެންގުޅެންވީ ޒަމާނެއްނޫން. އެއަށްވުރެ ހަރުދަނާވާން ދިވެހި ވެރިން ވިސްނަންވެއްޖެ.
ގަލަ
15 January 2024
އިންޑިޔާއާއި ޖެހިގަނެގެން މިޤައުމަށްވާނެ ފައިދާއެއްނެތެވެ. މޮޅެއްވެސްނެތެވެ. އެއްވެސް ޤައުމުމެއްގެ ސިފައިން މިރާއްޖޭގައި ތިބޭކަށް އެކަކުވެސް ނޭދޭނެއެވެ. ކޮންމެ ބޭނުމެއްގައި މިކަންކުރިކަމުގައިވިޔަސް ރައީސް ނަޝީދު މިކަން އޭރުކުރެއްވީ ރާއްޖެއަށްއެންމެ ފައިދާވާނެގޮތަށްބަލައިގެންނެވެ. މިހިގާވެރިކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއި ދެމެދު ނުތަނަވަސްކަންވަނީ އިންތިހާއަށް އިތުރުވެފައެވެ. ބޭސްފަރުވާއަށް ފަސޭހައިންދެވެންއޮތް ތަނަކީވެސް އިންޑިއާއެވެ.
ޕަޖީތް
15 January 2024
ގަލަ ، ކަލޭ ދޭ އިންޑިޔާ އަށް ،