ކުޅިވަރު / ކްލަބް ވެލެންސިއާ

ކޮމިޝަނަރަށް ދައުވަތު ދީގެން ވެލެންސިއާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ

ސްޕޯޓްސް ކޮމިޝަނަރު ތޮލާލް؛ ކޮމިޝަނަރަށް ދައުވަތު ދީގެން ކްލަބް ވެލެންސިއާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން އެ ކްލަބުން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ނިޝާޏް އަލީ/ މިހާރު

15 ޖެނުއަރީ 2024 - 18:28

ކްލަބް ވެލެންސިއާގެ ހިންގާ ކޮމިޓީން އެ ކްލަބްގެ ޗެއާމަން އަބްދުﷲ އަޒްމީންގެ އިތުބާރު ނެތްކަމަށް، މިދިޔަ މަހުގެ 26 ވަނަ ދުވަހު ފާސްކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ފޮނުވި ލިޔެކިޔުންތައް ކްލަބްގެ އިޖުރާއުތަކާ ހިލާފް ކަމަށް ކޮމިޝަނުން ނިންމާފައި ވާތީ، ކޮމިޝަނަރު މުހައްމަދު ތޮލާލަށް ދައުވަތު ދީގެން އެ ކްލަބްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މި ހަފްތާގައި ބާއްވަން ނިންމާފައި ވާކަމަށް އެ ކްލަބުން ބުނެފި އެވެ.

އަޒްމީނާ މެދު އިތުބާރު ނެތްކަމަށް ނިންމައި މިދިޔަ މަހު ބޭއްވި ހިންގާ ކޮމިޓީގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް އެވެ. އަދި އެ ޖަލްސާ އަށް ހާޒިރުވި ފަސް މެމްބަރުން ވެސް ވަނީ އަޒްމީންގެ އިތުބާރު ނެތްކަމަށް ސޮއި ކުރައްވައިފަ އެވެ. އެއީ އިލްމާއު އާއި ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އަދި ބޯޑް މެމްބަރުން ކަމަށްވާ ޔޫސުފް ރަމީޒާއި އަލީ މަމްދޫހު އަދި މިސްބާހު މުހައްމަދެވެ.

ނަމަވެސް މި ބައްދަލުވުމުގެ ސައްހަ ނޫން ކަމާއި ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށް ކޮމިޝަނަރު ތޮލާލް ވަނީ މީގެ ކުރިން އެ ކްލަބަށް އަންގައިފަ އެވެ.

ސަސް ކޮފީ ކްލަބްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވެލެންސިއާގެ ފަރާތުން މައުލޫމާތު ދެއްވީ އިލްމާއު އާއި ހަސަން ވަހީދެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ކޮމިޝަނަރަށް ދައުވަތު ދީގެން ހިންގާ ކޮމިޓީގެ ޖަލްސާ ބާއްވަން ނިންމި ނިންމުމަކީ، ވެލެންސިއާގެ އަގު ވެއްޓި، ކްލަބަށް ފީފާގެ ސަސްޕެންޝަނެއް އަތުވެދާނެކަމުގެ ބިރު އޮތުމުން ކްލަބުގެ ކުރިމަގާއި ސަޕޯޓަރުންގެ ހައްގުގައި ނިންމި ނިންމުމެކެވެ.

ހަމަ އެއާއެކު ކްލަބްގެ ކުރިމަގަށް ބޮޑެތި ނިންމުންތަކެއް މި ބައްދަލުވުމުގައި ނިންމާނެ ކަމަށް ވެސް އިލްމާއު އާއި ހަސަން ވަހީދު ވިދާޅުވި އެވެ.

ވެލެންސިއާގެ މެމްބަރުންގެ މެދުގައި މައްސަލަ ބޮޑުވެ ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. މިހެން ދިމާވީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ތޯރިގް (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ތާއީދު ސިޓީ ދިނުމުންނެވެ.

ފީފާގެ ގަވާއިދުގައި ވާގޮތުން އެއް ކްލަބަކުން ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ހުއްދައެއް ނޯވެ އެވެ. އަދި އެގޮތަށް އެކަން ކޮށްފައި ވާނަމަ އެ ކްލަބެއްގެ ތާއީދު ބާތިލް ބާނެ އެވެ. މިއާ ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބުގެ ތާއީދު ހަމަ ނުވާތީ ތޯރިގުގެ ކެންޑިޑެސީ ވެސް ވަނީ ބާތިލް ވެފަ އެވެ.

ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިިނީ ޗެއާމަން އަޒްމީން ސޮއި ކުރައްވާފައިވާ ބޯޑް ރެޒޮލިއުޝަނަކާ އެކު އެވެ. މުފާވިޒަށް ސިޓީ ދީފައި ވަނީ އިލްމާއު ސޮއި ކުރައްވާފައިވާ ބޯޑް ރެޒޮލިއުޝަނަކާ އެކު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454