ޚަބަރު / ވައްކަމާއި ފޭރުން

ވަގަށް އަނބު ބިންނަ މީހާ މިފަހަރު ހައްޔަރުކުރީ އިންޑިއާ ހައިކޮމިޝަން ހިންގި އިމާރާތުގެ ފުރާޅުމަތިން

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ކުރިން ހިންގި އިމާރާތް: ވަގަށް އަނބު ބިނދެގެން ތަކުރާރުކޮށް ހައްޔަރުކުރާ މީހަކު ވަނީ އަނބުގަސްތައް ހުންނަ މިތަނުގެ ފުރާޅުމަތިން ހައްޔަރުކޮށްފައި. -- ފޮޓޯ: މިހާރު

16 ޖެނުއަރީ 2024 - 06:53

37 comments

މާލޭގެ އެކި ތަންތަނުގައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިނދެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ އަޒްނީފް މުހައްމަދު އަނެއްކާވެސް އޭގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް 200 އަނބު ވަގަށް ބިނދެެ ދަބަހަކަށް އަޅައިގެން ފިލަން އުޅެނިކޮށް އޭނާ ހައްޔަރުކުރި އެވެ.

އުމުރުން 34 އަހަރު އަޒްނީފް އާދީއްތަ ދުވަހުގެ ރޭ ހައްޔަރުކުރީ އިންޑިއާ ހައި ކޮމިޝަން ކުރިން ހިންގި އިމާރާތް ކަމަށްވާ ހ. އަތިރީގޭ ފުރާޅުމަތިންނެވެ. އަނބުގަސްތައް ހެދިފައި އޮންނަ އެ ތަނުން އަޒްނީފް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ ފުރާޅުމަތީގައި ހުއްޓާ ފެނިފައިވެ އެވެ.

އެހެންވެ، އޭނާގެ މައްޗަށް ކުރާ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު އުފެދޭ ވަރަށް ހެކި ހުރި ކަމަށް ނިންމައި 15 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ވެސް ބުނީ އަޒްނީފަކީ ހައްޔަރު އަދި ބަންދުގެ ގިނަ ރެކޯޑްތަކެއް އޮތް މީހެއް ކަމަށާއި ތަންތަނުން ވަގަށް އަނބު ބިނުމުގެ ތުހުމަތުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލާއިރު އަޒްނީފް ވަނީ 38 ފަހަރު ހައްޔަރުކޮށް 19 ފަހަރު ބަންދުކޮށްފަ އެވެ.

37 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 31%
icon angry icon angry 0%
icon wow icon wow 15%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހެހެހެހެ

17 January 2024

އެންމެ އިންސާފު ވެރި ގޮތަކީ ވާލު، ބުޅާ އަދި މީދާ ވެސް ހައްޔަރު ކޮށް ޖަލަށް ލުން.

The name is already taken The name is available. Register?

ކޮރަލް

16 January 2024

34 އަހަރުގެ ސިއްހަތު ރަނގަޅު ޒުވާނެކެވެ. ހައްޔަރު ކުރަން ވީ އެވެ. ހައްޔަރު ކޮށް ބަންދުގަ ބަހައްޓައިގެން 3 މަސް ދުވަހުގެ މަސައްކަތެއް ދަސް ކޮށްދޭން ވީ އެވެ. އަދި ބަންދުގަ ހުންނަ އިރު ކޮންމެ ވެސް ވަރަކަށް ކިޔަވާ ދޭން ވީ އެވެ. ދެން އެއަށް ފަހު ވަޒީފާ އެއް ދީފަ ދޫކޮށްލަން ވީ އެވެ. ނަތީޖާ ފެންނަނާ ނީ މިހެން ހެދީމަ އެވެ.

The name is already taken The name is available. Register?

އަނެއްރާއްޖެ

16 January 2024

މިގައުމުގަ އަސްލު ވަގުންނަކީ ވަގަށް އަނބު ބިންނަ މީހުން، ރިހާކުރުފުޅި ވަގައްނަގާމީހުން. ދެންތިބެނީ ވަގުންނެއްނުން. ވަރިހަމަ ލޮންޑާކުރިއަސް، ކޮރަފުޝަން ފައިސާގަ ފެތިޔަސް.

The name is already taken The name is available. Register?

ރާއްޕެ

16 January 2024

މިލިއަން ޑޮލަރުން ބައްސާމު ވައްކަންކުރާއިރު، ކަމާބެހޭ ބަރާތުން ހިރުވާވެސްނުލާ. އަނބެއްބިނީމަ މައްސަަލައަކީ. މީމިގައުގެ މައްސަލައަކީ.... އެހެންތާވާނީ

The name is already taken The name is available. Register?

ޒިމް.

16 January 2024

ތިމީހާއަށް އަނބުގަސް ޙަވާލްކުރަންވީ..

The name is already taken The name is available. Register?

ޝަފާ

16 January 2024

އިސްލާމީޝަރީއަތުގާ އޮތީ ވައްކަން ކުރާ މީހާގެ އައިތް ބުރިކޮއްލުން..

The name is already taken The name is available. Register?

ރޯނުއެދުރު ެ

16 January 2024

އިސްލާމީ ޝަރީޢަތޭކިޔައިގެން ނޭގޭހާ ވާހަކަ ނުދަކާ. ވައްކަމެއް މީހަކު ކުރާއިރަކަށް އަތްބުރި ކުރާކަށް ޝަރުޢަކު ނޯންނާނެ.

The name is already taken The name is available. Register?

މަހުވެއި

16 January 2024

ވަގަށް ގަސްގަހުން އަނބުބިނުން، ވަގު ބިޓުންނެގުން، ވަގަށް މީހުންގެ އަނބިން ނުވަތަ ފިރިންކާރިއަށް ދިއުން ވަގަށް ދައުލަތުގެ/ރައްޔަތުންގެ ފައިސާނެގުން ( ކޮރަޕްޝަން) މީހުސް ބޮޑެތި ކުށްތައް. ދެރަކަމަކީ ކޮރަޕްޝަން ހިންގާ މީހާއަށް އަދަބެއް ނުދެވޭ އެކަމަކު އަނބު ބިންނަ މީހާ ރެޑް ހެންކޮށް ހިފާ އުރާލައިގެން ސިދާ ޖަކަށް.

The name is already taken The name is available. Register?

ރަބީއުު

16 January 2024

ހ. އަތިރީގޭ ފުރާޅުމަތިންނެވެ. އެއީ އަތިރީގެއެއްނޫން. އަތިރީގެއާގެ

The name is already taken The name is available. Register?

އަނބާ

16 January 2024

ބައެއް ރަށްރަށުގަ އަނބު ބިދެދޭނެ މީހުން ނުވެގެން އަނބެއް ނުވިއްކާ. ތި ސޮރު އެކަހަލަ ރަށްރަށަށް ގޮސް އަނބުބިދެދޭނަމަ ބިންނަ އަނބުން ބަޔަކާއެކު ކިހާ ލާރިއެއްވެސް ލިބޭނެ. މިހާރު ތިބެނީ އެ ކަހަލަ ކޮންމެ މަސައްކަތެއް ކުރަން ބަންގްލަދޭޝް ބޭފުޅުން.

The name is already taken The name is available. Register?

ލޮއްލަ

16 January 2024

ލަންކާގަ ހުރޭ މިނިސްޓްރީ އޮފް ސުގަރ ކިޔާ މުވައްސަސާއެއް. އެކިކަހަލަ ހަކުރާ ބެހޭ ތަނެއް. ހަކުރު މިނިސްޓަރެއް ލައިގެން ހިންގަނީ. މިރާއްޖޭގައިވެސް މިނިސްޓްރީ އޮފް ބޮޑު އަނބު ގަސް ކިޔާފަ، އަނބު މިނިސްޓަރަކަށް މިސޮރު އައްޔަން ކުރަން ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454