އިންޑިއާގެ އަހުމަދުއާބާދުގައި ބޭނުން ކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓު
21 ޖެނުއަރީ 2024 - 11:21
ރާއްޖޭގައި އެހީގައި އިންޑިއާގެ ގުޖުރާތުގައި ފެށި ސީޕްލޭން ދަތުރުތައް ހުއްޓާލީ ހަރަދު ބޮޑުވެގެން ކަމަށް ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އަހުމަދު އާބާދު ސްޓޭޓު ގާނޫނު ހަދާ މަޖިލީހުގައި މެންބަރަކު ކުރި ސުވާލުގެ ޖަވާބުގައި އެ ސްޓޭޓުން ބުނީ ސީޕްލޭން ހިދުމަތް 2021 ވަނަ އަހަރު ހުއްޓާލީ ހިންގުމުގެ ހަރަދު މާ ބޮޑުވުމުން ކަމަށެވެ. ސީޕްލޭން ހިދުމަތް ދޭން 1.6 މިލިއަން ޑޮލަރު (25 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ސަރަހައްދީ ސަރުކާރުން ބުންޏެވެ.
އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރާ މި ދަތުރުތައް ފެށީ 2020 އަހަރު އެވެ. އޭރު ދަތުރު ފެށީ ދުވާލަކު އަށް ދަތުރުކުރާ ގޮތަށެވެ.
މިއީ އިންޑިއާގައި ފުރަތަމަ ފަހަރަށް މިގޮތަށް ބޭއްވި ސީޕްލޭން ދަތުރުތައް ކަމަށް ވާތީ ހާއްސަ ހަފްލާއެއްގައި އެކަން ފައްޓަވައިދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެ ދަތުރުތައް ފެށީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫން ބޭނުންކޮށްގެންނެވެ. މި ދަތުރުތައް ކުރީ ސްޕައިސް ޖެޓާ ގުޅިގެންނެވެ. ދަތުރުތަކުގައި ބޭނުންކުރީ 19 ސީޓުގެ ސީޕްލޭނެކެވެ.
ދަތުރުތައް ހުއްޓާލި ނަމަވެސް، އަލުން ދަތުރުތައް ފަށަން ޕްލޭންކުރަމުން އަންނަ ކަމަށް ވެސް ގުޖުރާތު ސަރުކާރުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމްް
23 January 2024
އެތެރޭގައި ރެއިލުން އަދި ބަހުން ކުޑައަގެއްގައި ދަތުރު ކުރެވެން އޮއްވާ ބޮޑުއަގުގައި ސީޕްލޭނެއްގައި ދަތުރު ކުރާނެތަ އިންޑިޔާ މީހުން. އެމީހުނަކީ ކުޑައިރުއްސުރެ ހަރަދުކުޑަކޮށް އުޅެން ދަސްވެފައިވައިވާ ބައެއް. ދިގުދަތުރެއް ކޮށްލުމަކީ އެމީހުންނަށް އެހާބޮޑު ކަމެއްނޫން. މިރާއްޖޭގެ މީހުންނަށް ދަސްވެފައި ހުރީ މަހުމުސާރަ އެއްކޮށް ހޭދަކޮށްގެން އަރާމުގައި މަތިން ދަތުރުކުރަން.
ޖަބޭ
21 January 2024
ހަރަދު ބޮޑީކީ ނޫން. އެޔަށް އަރާ މީހުން އަތުން އޮޕަރޭޝަން ކޯސްޓް ނުލިބެނީ. ލަކުޑިދީބު ޓޫރިޒަމް ވެސް ވާނީ އެހެން. އެތަނަށް ދާ އިންޑިޔާ މީހުން އަތުން ހައި އެންޑް ޓޫރިޒަމް ހިންގާނެ ރެވެނިއު ނުލިބޭނީ.
ބޮޓު
21 January 2024
ނުލިބޭނެ ނުން، މަގޭ 4 އަހަރާ ބައި އަހަރު ފިހާރަޔެއްގަ މަސައްކަތްކުރިން އެކި ލެވެލް ތަކުގަ، އިންޑިޔާ މީހުންހާ ދަކު ބައެއް ނުދެކެން ހުވާ! 24ރ އެއްޗެއް ގަނެފަވެސް ބުނެފާނެ ކޮބާ ޑިސްކައުންޓެއް ނެތްހެއްޔޯ؟ ހިތަށްއަރާ ބުނެފާނަމޭ މިތާ މަސައްކަތް ކޮއްގެން ހޯދި ލާރި ބޮނޑި ކޮބާހޭ؟
އެކަމުވެސް
21 January 2024
އިންޑިއާ މީހުންނަށް މުހިއްމީ ފަތުރުވެރިކަމަށް ހަރަދުކުރުމަށްވުރެ ދުނިޔެއަށް ފޮނިދައްކަން އިރަށާ މާސްއަށާ ހަނދަށް އުޅަނދު ފޮނުވޭތޯ ބެލުން. އަމިއްލަ ގައުމުގެ މީހުންގެ ހާލަތު ތަނަވަސްކުރަން 1.6 މިލިއަން ޑޮލަރު ބޮޑުވެއްޖެ.
މަރޭ
21 January 2024
އިންޑިޔަ އަސް ބަދުބަސް ބުނުމަކީ ރަގަޅު ކަމެއް ނުން.އިންޑިޔާއަކީ ރާއްޖެއަށް ވަރަށް މުހިމި ގައުމެއް.
ކަރޭ
21 January 2024
ރާއްޖޭން ބޭނުންވާ ބަޔަކާ ގުޅުން ބަދަހިކުރާއިރަށް އެމީހުންވެސް މިގައުމަށް ބިރުދައްކާ ފިޔާކޮޅާ އަލުވިކޮޅު ނުދީ ހިފެހެއްޓުމަކީ ރަގަޅުކަމެއް ނޫން. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ކެއިން ބުއިމާ ބޭސްފަރުވާ ކަހަލަ އެންމެ އަސާސީ ކަންކަމަށް ދައްޗެއް ނުކުރާނެ އެހާ ގާތް ރަހްމަތްތެރިންނެއް.
އަހޫމާ
21 January 2024
ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ސީޕްލޭނެއް ހިމަނައިގެން ނަގާ ފޮޓޯއަކީ ވަރަށް ހިތްގައިމު ފޮޓޯއެއް. އިންޑިޔާގެ މާހައުލަކުން ފެންނައިރު ވަރަށް ތަފާތު.
ފަހުދު.
21 January 2024
ތިޔައީ 2021 ގައި ހުއްޓާލާފަ އޮތް ކަމެއް. 3 އަހަރު ފަހުން މިއަދު ތިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ
އަހުދު
22 January 2024
އެމީހުންގެ ޕާލަމެންޓްގައި އެކަމާ ސުވާލުކުރީ އަދި ކިިރިޔާ. އިންޑިއާއެއްނު؟ ސްލޯވާނެ.
ފޮނިފޮނިޓައްޕު ކުމާރު
21 January 2024
އާގުބޯޓު އެއޮތީ ގެތަކުގެ ފުރާޅުތަކުގެ މަތީގާތަ؟
ކަމަނަބެ
21 January 2024
ލަކުސަދީބު ގެ ކަންތައް ކިހާވަރަކުން ދާނެބާ ލޮލް
ނަނަނަ
21 January 2024
ފަހަތުން އެ ފެންނަނީ އިންޑިއާގެ މިސައިލް ޑިސްޓްރޯޔާ އެއް. އޭގެން ވާލު ކަހަލ ޖަނަވާރު ތަކަށް ހަމަލާ ދެވޭނެ. ދިނީމަ އެސޮރުމެން އޭގެ އަޑަށް ބިރުން ފިލާނެ.
ކޮޕީކިޓް
21 January 2024
ޕޮއް! ބޮތްކެއްވެސް ޖަހާނުލާ އެ ދިޔައީ ޗޮކުން.