ކަނޑިންމަ ރިސޯޓު ކައިރިން ފެނުނު ކިނބޫ.
24 ޖެނުއަރީ 2024 - 22:37
ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ކައިރިން ފެނުނު ނުވަ ފޫޓުގެ ކިނބުލެއް ސިފައިން ހިފައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިސޯޓުގެ ފުއްޓަރު ކައިރިން ކިނބުލެއް ފެނިގެން އަންގާފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށެވެ.
އެއާއެކު ކޯސްޓްގާޑްގައި ސިފައިން އެ ސަރަހައްދަށް ގޮސް، އެ ކިނބޫ ހިފައިގެން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުން ދޭތެރެ ދޭތެރެއިން ކިނބޫ ފެނެ އެވެ. އެގޮތަށް ފެންނަ ކިނބޫތައް ހިފުމަށްފަހު އަމަލުކުރާ ގޮތަކީ ދުރު ސަރަހައްދުތަކަށް ގެންގޮސް ދޫކޮށްލުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
25 January 2024
ކިނބޫ ޕާކެއް ހަދާލަންވީނު.
އެލިގޭޓާ
25 January 2024
ޅަ އެލިގޭޓާ އެއްތީ . ވަރައްނުރައްކާތެރި ވައްތަރެއްތީ
ހެހެހެ
25 January 2024
ކިބުލަކާ ވައްތަރުއެއްޗެއް ، ރިސޯޓަކާވައްތަރުތަނެއްގެ ކައިރިން ފެންނަންއުޅުނުހެން ހީވެގެން ސިފައިން ކަމަށް ޝައްކުކުރެވޭ ބަޔަކާ ވައްތަރު ބައެއް ހިފަންއުޅޭވައްތަރަކަށް އުޅެފަ ތަހުގީގުކުރަން އުޅޭހެން ހީވާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތްހެން ހީވާވަރުން މިއުޅެނީ ދޯ.
އަހުމަދު ސައިފުލް
25 January 2024
ކީއްކުރަންހޭ މި ބުނީ ދުރު ސަރަހައްދަކަށް ގެންގޮސް ދޫކޮށްލަންވީކީ؟ އެ އެއްޗެހި ނެތި ކޮށްލުމެއް ނޫންތަ ރަގަޅު ގޮތަކީ! އެ ސޮރުމެންނަކީ އިންސާނުންނަށް ހަމަލާ ދޭ އެއްޗިއްސެއް ނޫންތަ؟ މި ތަނުގައި މީހުން މޫދަށް އެރި ޑައިވް ކޮށް ހަދާ އިރު އެ އެއްޗެހި ކިހިނެތްހޭ މި ސަރަހައްދުގައި ގެންގުޅޭނީ މި ބުނީ!
އެނީ
25 January 2024
ތިޔަވާނީ ކުޑަކުދިން ޕާކުގައި ކުރިން އޮތް ކިނބުލަށް.
ޑޮކްޓާރ. ބަނާނާ
25 January 2024
ބޯއިކޮޓް ކުރާތީވެ މަލިކަށް ދާށޭ ބުނުމުން ދެފައި ހިރުވައިގެން ތިޔަ އައީ ދޮންކުދިން ބަލަން ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓަށް. ޕާޓީ ކުދިން ކޮޅަށް ތިޔަ ސެލެބްރިޓީ ހައްޔަރު ކުރިކަން އެގިއްޖެނަމަ ނިއުސް ހެޑްލައިން ތަކުގައި ވަރަށް ފޯރި ދަައްކާލާނެ.
ޕްރޮފެސަރ. ތާކިހާބެ
25 January 2024
ތިޔަ ކަލޭގެ ގަވާއިދާއި ހިލާފަތް ރާއްޖޭގެ ސަރަހައްދަށް ވަދެ ސިއްރު މައުލޫމާތު ހޯދަން އުޅުނު މައްސަލައިގައި ހިފާ ހައްޔަރު ކޮށް އުމުރުދުވަހަށް ޖަލަށް ލުމަށް ފެނޭ..
ބަލާތި
25 January 2024
ތީގަ ހުރެދާނެ ޖާސޫސުކުރާ އާލާތް ހަރުކޮށްފަވެސް. އިންޑިޔާ މީހުންގެ ކަމަކޭ ކިޔާތޯ?
ޕްރޮފެސަރ. ތާކިހާބެ
25 January 2024
ޜިޕަބްލިކް ޑޭ ގެ މުނާސަބަތުގައި އެބޭޅާ ފޮނުވި ހަދިޔާއެއް. ދެން ޓްްަރިޒަމް ބޯއި ކޮޓް ކުރަން ތިވާހަކަވެސް އެމީހުންގެ ނޫސްތަކުގައި ލިޔެ ބިރުދައްކާނެ.
ހަސަންމަނިކާ
25 January 2024
އެއީ ކިބުލެއްކަމަށް ލަފާކުރެވޭ އެއްޗެއް. ހީވަނީ ރިސޯޓެއްކައިރިންހެން މިއެއްޗެއް ފެނުނީ. ބަލަމުންދާ މައްސަލައެއްވީމަ އިތުރު އެއްޗެއްބުނެވޭކަށްނެތް.