ރައީސްގެ ވަފުދު ޗައިނާގައި: މި ދަތުރަށް 2.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ސަރުކާރުން މިއަދު ބުނެފައިވޭ -- ފޮޓޯ: ރައީސް އޮފީސް
25 ޖެނުއަރީ 2024 - 15:54
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެ މަނިކުފާނު ވަފުދު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރަސްމީ ދަތުރުތަކުގެ ހަރަދުގެ ތަފްސީލް އާންމުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް ޑރ. މުއިއްޒުގެ ޗައިނާގެ ފުރަމާނާ ދަތުރުފުޅުގައި ގެންދެވި 30 ބޭފުޅުންގެ ވަފުދަށް ދިޔަ ހަރަދު ވަނީ އާންމުކޮށްފަ އެވެ.
މި ދަތުރުފުޅުގައި ޗައިނާގައި ރައީސާއި ވަފުދުގެ އެހެން ބޭފުޅުން އެ ގައުމުގައި ތިއްބެވުމާއި ފަރިއްކޮޅާއި ދަތުރުފަތުރުގެ ހަރަދު ހަމަޖެއްސީ ޗައިނާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުގެ ހަރަދު ދިޔައީ ޓިކެޓަށާއި ޕޮކެޓްމަނީ އަށް އެކަންޏެވެ.
މި ދަތުރުފުޅުގައި ރާއްޖެ އިން ޗައިނާ އަށް ތިން ބިޒްނަސް ކްލާސް އަދި 27 ބޭފުޅަކު އިކޮނޮމީ ކްލާސްގައި ކުރެއްވި ދަތުރަށާއި ޗައިނާ އިން ރާއްޖެ ވަޑައިގަތުމަށް 29 ބޭފުޅުން (10 ބިޒްނަސް ކްލާސް، 19 އިކޮނޮމީ ކްލާސް) ޓިކެޓަށް ހޭދަވެފައިވަނީ 2.4 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން ޕޮކެޓު މަނީގެ ގޮތުގައި ބޮލަކަށް 10،0165.5ރ. އާއި ސިމްކާޑާއި ވީޕީއެން ގަތުމަށް 14،000ރ. އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،000ރ. ހޭދަކޮށްފައިވާ ކަމަށް ދަތުރު ހަރަދުގައިވެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެން ގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނޭ
27 January 2024
އައްޗި ތީ ކޯންޗެއް. ހުވާކުރުމަށްވެސް ދުއްވާލި 23 މިލިޔަން.
6
25 January 2024
ޗައިނާއަށް 2.4 ތަޅާލަން ރަނގަޅު.
ޅިފަހިލް
25 January 2024
ފޭސްބުކް ހުޅުވާލާ އިރު ހުންނަނީ ބޭސްކުރަން ދާން ލާރިއެއްބޭނުންވެގެން އެހީއަކަށް އެދޭ ޕޯސްޓް ތަށް. މިކަހަލަ އެންމެ ދަތުރަކަށް ދައުލަތުގެ އެތަށް މިލިއަނެއް ހަރަދު ކުރާތީ ހިތަށް އެރީ
ޗާގޯސް
25 January 2024
ބަލަ ޗައިނާ ރައީސްގެ ދައުވަތަކަށް ކުރެއްވި ރަސްމީދަތުރުފުޅަށް ދިވެހި ބައިތުލްމާލުން ޚަރަދުކުރަންޖެހުމަކީ ހާދަ އެހެންކަހަލަ ދައުވަތެއް. އަސްލު ސަލާންޖަހަން ރަސްމީކޮށް ކޮށްލޮ ދަތުރެއް ދޯ.
ޢަސްލު މީހާ
25 January 2024
ބޭރުގައުމަކުން ލިބުނު ޓްރެއިނިން އަކަށް ސަރުކާރުން މަށަށް ދޭންޖެޙޭ 150 ޑޮލަަރު ނުލިބިގެން އުޅޭތާ 3 މަސް ވެއްޖެ.
ބަކަރި ބޯ
25 January 2024
މަދު ތިވަރު.
ޖުހާނާ
25 January 2024
19،0165.5 މިއީ ކޮން ގޮތަކަށް ޖަހާފައި އޮތް އަދަދެއްބާ؟ހިސާބު އަދަދު ޖެހުމުގައި 4 އަކުރު ޖަހާފައި ކޮމާ ޖަހާ ބަޔަކު ދުނިޔޭގައި އުޅޭބާ؟
ރައްޒާގު
27 January 2024
އަދުރޭ.
ތަރާނާ
25 January 2024
ލިބުނުވަރެއްވެސްބިނެލާނަމަ
ޕީޕޭއެން
25 January 2024
ތީ ހާދަ އެޑްވާންސްޑް ވީޕީއެނަކާ ސިމެކޭ 14،000 އަރަން.
އަލީމު
25 January 2024
"ރައީސް ޑރ. މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެން ގޮސްފައިވާއިރު..." އެތަޅާ ބުރުއްސާލަނީ "މާލޭ" ގެ މަގުހެދުމަށޯ. އެއީވިއްޔާ މިގައުމައް މިވަގުތު އެންމު މުހިންމު ކަމަކީ!