ޗާގޯސްގެ ރަށެއް: މި ރަށްތަކުގެ އަސްލު ވަޒަންވެރިން އަނބުރާ އައުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވަނީ ބުނެފައި.
28 ޖެނުއަރީ 2024 - 06:25
އިނގިރޭސީ އިސްތިއުމާރީ ބާރުން ހިފައި ގަދަކަމުން މީހުން ބޭލުވި ޗާގޯސްގެ ރަށްތަކުގެ އަސްލު ވަޒަންވެރިން އެނބުރި އެ މީހުންގެ ރަށްތަކަށް ދިއުމުގެ ފުރުސަތު ދިނުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ ކުރީގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކައާ ދިމާ އިދިކޮޅަށް އާ ފޮރިން މިނިސްޓަރު އަދި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވާހަކަ ދައްކަވައިފި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގައި އޮންނަންޖެހޭ ތަނެއް ކަމަށާއި އިނގިރޭސި ވިލާތުން އެ ރަށްތައް ދޫކޮށްލަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އިސްތިޝާރީ ލަފަޔަށް ދެކޮޅުހެދުމަށް ފަހު އިނގިރޭސި ވިލާތުން ފަހުން ވަނީ ރަށްތައް ދޫކޮށްލުމުގެ މަޝްވަރާ ކުރާ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު ފަހުން އެ ވިސްނުން ދޫކޮށްލި އެވެ.
ސިޔާސަތަށް އައި ބަދަލާ އެކު، އާ ފޮރިން މިިނިސްޓަރު ކެމަރަން ވިދާޅުވީ 1960 އާއި 1970 ގެ ތެރޭގައި ގަދަބާރުން ހުސްކޮށްފައިވާ ރަށްތަކުގައި މީހުން އަލުން ވަޒަންވެރިކުރުވުމަކީ މިހާރު "ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
ކެމެރަންގެ މިހެން ވިދާޅުވުމާ އެކު، ޗާގޯސްއަށް އެނބުރި ދާން ވަކާލާތުކުރާ މީހުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ.
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގައި މި މަހުގެ ނުވަ ވަނަ ދުވަހު ކެމެރަން ދައްކަވާފައިވާ ވާހަކަތަކުގައި ޗާގޯސް ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެފައި ވިޔަސް މިދިޔަ ނޮވެމްބަރު މަހު އޭރުގެ ފޮރިން މިނިސްޓަރު ލިޔުމުން އެ ކޮމިޓީގައި ދަންނަވާފައި ވަނީ ކުރީގެ ރަށްވެހިން އަނބުރާ ގެންދިއުމުގެ މަޝްވަރާ ކުރިއަށްދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2ިރީނު
29 January 2024
ކުރެވޭނެ ކުރީމަ. ބުރިޖަކާ ފުލެޓުކޮޅަކާ އަޅާފިއްޔާ ދިވެހިން ތިބީ ފަތާފަވެސް ދާން. އެހެންތާވާނީ
ހަމަހައިރާން
28 January 2024
ޗާގޯސްއަކީ ދިވެހިންގެ ތަނެކޭ ކިޔާއިރު ދިވެހި ބަހާ އެއްގޮތަށް ވާހަކަ ދައްކާ މުސްލިމުން ތިބި މަލިކު ހޯދަން ނޫޅެނީ ދެން ކީއްވެތަ؟ އެތަނަކީ ރާއްޖޭގެ ތަނެއްކަން ދައްކުވައިދޭ އެންމެ ބޮޑު ހެކި އެއޮތީ އެމީހުން ވާހަކަ ދައްކާ ބަހުގަ. ޗާގޯސް އެއީ ދިވެހިންގެ އެއްވެސް ނިޝާނެއް އެތަނުގައިވާ ތަނެއް ނޫން.
ހައިރާނެއް ނުވޭ
29 January 2024
ކިހިނެއް އިނގެނީ ޗާގޯސްގަ ދިވެހި ބަހުން ވާހަކަ ނުދައްކާ ކަމެއް.. ބޭފުޅާ ޗާގޯސް އަށް ގޮސް އެތާ މީހަކާ މައްލަވަ ކުރެއްވިންތޯ؟؟؟ ތިހާ ޔަގީން ކަމާ އެކޮށް ތި ވާކަހަ ދައްކަނީ..
ހަމަހައރާން
29 January 2024
މިއީކީ ތަންތަނަށް މީހާ ގޮސްގެން މައުލޫމާތު ހޯދަންޖެހޭ ޒަމާނެއް ނޫން. އިނގިލި ކުރިން އޮބާލައިގެން ހުރިހާ މައުލޫމާތެއް ލިބެން އޮވޭ. ވަކި ބަހެއް ރަގަޅަށް އެނގޭނަމަ ހޯދާނުލެވޭނެ މައުލޫމާތެއް މަދުވާނެ. ބައިނަލްއަގްވާމީ ގޮތުން އެންމެން ދަންނަ ތާރީޚު ހެއްކެއް ނުދޭ އެއްވެސް އިރެއްގަ އެއީ ދިވެހިންގެ ތަނެއް ކަމަކަށް. ދިވެހިން އެތަން ހޯދަން ނެތް އެއްވެސް އިރެއްގަ ދައުވާ ކޮށްފައެއް. ބައިނަލްއަގްވާމީ ގޮތުން ހިނގާ މައްސަލައިގަ އެވާހަކަ ދައްކާފައެއްވެސް ނެތް
ޗޯގޯސިއަން
28 January 2024
އިނގިރޭސިން ޗާގޯސް ދޫނުކޮށް ތިބުން އެއީ ރާއްޖެ އަށް އެންމެ ރަގަޅުގޮތް. ތިތަން މޮރިޝަސް އާއި ހަވާލުކޮށްފިނަމަ، ތި ވާނީ އިންޑިއާ ބާރު ހިންގާތަނަކަށް. އަދި ރާއްޖޭ ގެ މަސްވެރިކަމާއި ޓޫރިޒަމަށްވެސް އަސަރު ކުރާނެ.
މުނައްވަރު،
28 January 2024
އެތާތިބީ ދިވެހީން
ޕޫރުބެ
28 January 2024
މުނައްވަރު ކީއްވެ އެތަން ނުހޯދީ؟؟
ގޮބޮޅި
28 January 2024
އިޒްރޭލުން ފަލަސްތީނަށް ދައުވާ ކުރަނީ ކާބަފައިން ވެރިކަން ކޮށް ރަސްކަން ކުރި ތަނޭ ކިޔާގެން. ދިވެހިން ޗާގޯހަށް ދައުވާ ކުރަނީ ކާބަފައިން ބަނޑަހަ ޖަހާގެން މަސް ބާނަން ތިބި ތަނެކޭ ކިޔާގެން. ލޮލްލްލް
ޓެރޭސްސް
28 January 2024
އިސްރާއީލުން ބޭނުން ކުރަނީ ނަމެއް... އެއްވެސް އަސްލެއްނެތް. ދިވެހިން ވެސް ޔަހޫދީންނޭ ކިޔައިގެން ދާންވީ އިސްރާއީލަށް. އެފުރުސަތު އެބައޮތް.
ގޮބޮޅި
28 January 2024
ޓެރޭސަސް ތިހެން ބުންޏަސް އެއީ ވަކި ދީނެއް ސަގާފަތެއް ވަކި ބަހެއް ވަކި ޑީއެންއޭއެއް އޮތް އަސްލެއް. ދިވެއްސަކު ޔަހޫދީއަކަށް ނުވާނެ
ނަނަވާ
28 January 2024
އެމީހުންނަށް ބަދަލުދީ
އެކްސްް
28 January 2024
ސަޙުޔޫނީންގެ ވާގިވެރިން ދުނިޔޭގެ އެއްވެސް ގާނޫނަކަށް ބޯލަނބާނެކަމަށް ހީކުރުމަކީ މޮޔަކަމެއް.
އަތައްގޮވާނެ
28 January 2024
ތިފޯޅަވައްސަކީ އިގިރޭސިންގެ ބަދަލުގަ ކޮންމެ އެހެންބައެއްގެ ދަށައްދިޔަސް އެތަނުގެ އަހުލުވެރިން އެބިމާމެދު ދައުވާކޮއް އެތަން ލިބޭނެ މީހުން. އެހާލަތު މެދުވެރިވާދުވަހު އެބިމުގެ މިލްކުވެރިކަމައް ނޫޅެވުނުނަމައޭ ހިތައްއަރާނެ. އެއީ އެކަންތައްގަޑަނކީ ދިގުދެމިގެންވާ ބޮޑު ގަޑުބަޑަކައްވާނެ.
ޔަހޫޒާ
28 January 2024
ދުނިޔޭގެ އެވެނި މިވެނި މީހުންގެ ކާބަފައިނަށް ބަލައިގެން އަލިފްދާލާއި އިންޓަނޭޝަނަލް ލޯއިން ބިންބިން މީސްމީހުނަށް ނުދޭ ކަމަށް ފާރިޝް މައުމޫން އިންޓަވިއުއެއް ނެރުނު. ޔަހޫދީންގެ ކާބަފައިން ފަލަސްތީންގައި އުޅުނަސް އެމީހުނަށް އަލްފްދާލުން އެތަން ދިނީ ޤާނޫނުތަކާއި ޚިލާފަށޭ އޭނަ ފަތުވާ ދިން އޭގައި. ދެން އަލިފްދާލުން ޗާގޯސް ކާބަފައިނަށް ބަލައިގެން އެތާގެ އަސްލު ވަޒަންވެރިނަށް ދިނީ ކީއްވެ
ސުނާރު
28 January 2024
ޔަހޫދީންގެ ކާބަފައިންނަށްވުރެ ކުރިން އެބިމުގެ ވަޒަންވެރިންނަކީ އަރަބި ކަންއާނީން . އެމީހުންގެ ދަރިކޮޅު ފަލަސްތީންގެ އަހުލުވެރިންނަކީ. ޔަހޫދީންގެ ކާބަފައންނެއްނޫން
ޢަލްއަރަބް
28 January 2024
އަރަބިންނަކީ ޢަރަބިކަރައިގެ މީހުން. ފަލަސްތީނަކީ ޝާމްކަރަ. ކަންއާނީންނަކީ އަރަބިން ކަމަށް ބުނާ ވާހަކައަކީ 1960 ގައި ޔާސިރު އަރަފާތު އުފެއްދި ވާހަކައެއް. ކަންޢާނީނަކީ މިހާރަށް ނެތި ގޮސްފައިވާ ބަޔެއް. އެމީހުންގެ އަސަރުތައް މިހާރުގެ ޔަހޫދީންގައިވެސް ވާ ކަމަށް ވޭ
ޗޭގޯސް
28 January 2024
ޗޭގޯސް އެއީފިވެހިންގެ ތަނެއް, ޗޭ ފެންނަނީ ރަގަޅު ފާލެއް. މާގޯސް ވާން މުނައްވަރު ދޫނުކުރައްވާތި ޗޭގޯސް އެއީ ހުވަފެނެއް
ދަ ހޭގް
28 January 2024
ބައިލަން އަގްވާމީ ގާނޫނުގައި ނުއޮވޭ ގައްޒާއަކީ އެވެނި މިވެނި ގައުމެއްގެ ތަނެކޭ އިޒްރޭލްގެ ތަނެއް ނޫނެކޭ ވެސް. އިޒްރޭލުން އެ ތަން ހިފާގެން އުޅޭ މައްސަލަ އައިސީޖޭ ކޯޓަށް އަދި ކިރިޔާ ހުށަހެޅުނީ. އަދި އޭގެ ހުކުން ވެސް ނުކުރޭ. އެ މީހުން ބުނަނީ އެ މީހުންގެ ބިމެކޭ. ބަނީ އިސްރާޢިލްގެ ބިމޭ. ކާބަފައިންގެ ބިމޭ. އެ ގޮތަށް ދިވެހިން ވެސް ތިޔަ ކިޔަނީ ފޯޅަވެހި ކާބަފައިންގެ ތަނެކޭ. މޮރިޝަން މީހުން ތިމަންމެންގެ ކާބަފައިންގެ ބިމޭ. ސޭމް ސޭމް ބްރޯ