އެޗްޑީސީ: އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ބުނީ ކައުންސިލަށް ބަދަލުވާ މުވައްޒަފުންނަށް ބަދަލެއްނެތި މުސާރައާ އެލަވަންސްތައް އަހަރު ދުވަހަށް ދޭނެ ކަމަށް--
29 ޖެނުއަރީ 2024 - 14:52
އެޗްޑީސީގެ ދަށުން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފައިވާއިރު އެ ހިދުމަތްތައް ދިނުމުގައި އެޗްޑީސީގައި އުޅޭ މުވައްޒަފުން ކައުންސިލަށް ބަދަލުކުރިޔަސް އެ މީހުންގެ އެލަވަންސްތައް މިހާރެކޭ އެއްގޮތަށް ލިބޭނީ އަހަރު ދުވަހަށް ކަމަށް އެނގިއްޖެ އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ހުޅުމާލޭގެ ރަށްވެހިކަން ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެޗްޑީސީން ބެލެހެއްޓި މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރަނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ.
ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ޝަތުފާ ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ މީހުންނަށް އެޗްޑީސީގައި ލިބެމުން އައި އެލަވަންސްތަކާއި އަހަރީ ބޯނަސް ވެސް އަދި އޮތީ އެއް އަހަރުގެ މުއްދަތަކަށް ލިބޭ ގޮތަށް ކަމަށެވެ. އެ އަށް އަދި ބަދަލެއް ނަޔަސް ރައީސް ވަނީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންގެ ކަންބޮޑުވުމަކީ މިހާރު ދެމުން އަންނަ އިނާޔާތްތައް އެއް އަހަރުގެ މުއްދަތަކަށް ދެމުން ގެންދިޔަ ނަމަވެސް އޭގެ ފަހުން އިނާޔަތްތަކަށް ބަދަލެއް އަތުވެދާނެތީ އެވެ. އެ ކަންބޮޑުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. މިކަމުގައި ރަނގަޅު ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެޗްޑީސީގެ މުނިސިޕަލް ހިދުމަތް ދިނުމުގައި އުޅޭ 600 އަށް ވުރެ ގިނަ މުވައްޒަފުން ކައުންސިލަށް ބަދަލުކުރާނެ ކަމަށް ވެސް ޝަތުފާ ވިދާޅުވި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން އެޗްޑީސީގެ މުވައްޒަފުންގެ ގޮތުގައި ތިބުމަށް އެދޭ ކަމަށެވެ. އެހެންވެ، އެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ހުޅުމާލޭ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން އެޗްޑީސީ އާއި ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް ދިޔަ އެވެ. އެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ 2021 ގައި ބާތިލުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
30 January 2024
"ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ޝަތުފާ ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ މީހުންނަށް އެޗްޑީސީގައި ލިބެމުން އައި އެލަވަންސްތަކާއި އަހަރީ ބޯނަސް ވެސް އަދި އޮތީ އެއް އަހަރުގެ މުއްދަތަކަށް ލިބޭ ގޮތަށް ކަމަށެވެ. އެ އަށް އަދި ބަދަލެއް ނަޔަސް ރައީސް ވަނީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ." މާނައަކީ ޑަބަލް މުސާރަ ލިބެނިއްޔޭ؟ މީންވައިލް...ސިވިލް ސަރވަންޓްސް؟؟؟
ޒާތީ
29 January 2024
ރައީސުލް ޖުމްހޫރިއްޔާ އިޢްލާނު ކުރެއްވި 2024 ޖެނުއަރީން ފެށިގެން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓް ގެ 50 ޕަސެންޓް ކުޑަކުރައްވާނެ ކަމަށާއި މަންތްލީ ދައްކާ ޢަދަދުވެސް ކުޑަވާނެ ކަމަށް. އެކަމު އަދިވެސް މޮދައްކަންޖެހެނީ ހަމަ ކުރިންދައްކަމުން އައި ޢަދަދު. އެންމެ ރުފިޔާއެއްވެސް ކުޑަ ނުވޭ.
ކުލި
29 January 2024
ރައީސްގެ ވައުދު ފުއްދަވައިދެއްވާ
ޕުޓީ
30 January 2024
ރައީސް އަކަށް ވާނުވާ ނޭނގޭ ކުރާ ހުވައެއް ހަނދާނެއް ނުހުރޭ
މުޑަހަންޖާ
29 January 2024
އެހެންވީމަ އައްޑޫ ސިޓީކައުންސިލުގެ މުނިސިޕަލް މުވައްޒަފުންނަށްވެސް ތިހުރިހާ އިންތިޒާމުތަކެއް ހަމަޖެހެންވާނެ، އެއްދައުލަތެއްގަ އެއްމަސައްކަތެއްކުރާ މުވައްޒަފުންގެމެދުގަ ތަފާތުކުރެވިގެންނުވާނެ. އެކަމަކު ރާއްޖޭގައި ގަބީލާ ނިޒާމު އަދިވެސް އޮތުމާއިއެކީ ސަރުކާރުން މިކަމުގައި ހަދާއެއްޗެއް ބަލަން އަހަރެމެން މިތިބީ.
މޮޔަގޮވާ
30 January 2024
އައްޑޫ ސިޓީގެ އާބާދީއާ މާލޭ އޭރިޔާގެ އާބާދީ އެއްވަރުތޯ؟
އެނދިމަރިޔަނބު
29 January 2024
ހެޔޮނުވަނެ ތިޔަ އެޗްޑީސީ އުވާލަބަލަ. ސަރުކާރު އޮފީސްތަކަށާ ކުންފުނިތަކަށް ހާދަ ޖެއްސުންކުރާ ބައެކޭ. އެމްޑީއަކަށް ހުރީ ރޯނު އެދުރެއް.
ޢާދަނު
29 January 2024
ވަރައް ތާއީދުކުރާކަމެއް...ވަގުތުން ވަގުތައް އުވާލަންވީތަނެއް ތިއީ
ޢީޅީ
29 January 2024
ބަލަ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ބޯމަތީ އޮތީ ތީވެ އެވެސް އޮޅުވާލަން މިކިޔަނީ ސިޓީކައުން ސިލް ދަށައް ބަދަލުކުރިޔަސް އެލަވެންސުލިބޭނޭ އެކަމު އެތެރެއެތެރެއިން އޮތީ އެންއަހަރުގެ މުއްދަތު ޖަހާ ސިއްކަޖަހާފަ މިހިރީ މަކަރުވެރިކަން ހުންނަވަރު
ޙާދިމްކުމް123
30 January 2024
އެ.ޗް.ޑީ ސީ އަކީ ހާދަހައިބަތު ހުރި ރެޕުއުޓޭސަން ހައި ކުންފުޔެކޭ ނަމަވެސް ގައުމުގެ ސިޔާސީ ވެރިން އަމިއްލަޔައް އެދުންބޮޑުކަމުން މިކުންފުނި mihaaru ސިފަވަނީ އެއްވެސް ހައިބަތެއްނެތް ވަރައްދަށުދަރަޖައިގެ ކުންފުންނިއެއް ގޮތައް .. މީވަރައްދެރަވަރު.... ޢަސްލުވެސް އަންނަކޮންމެ މީހަކު ތަންދަވާލައިގެން ދިޔަސް ވާކަމެއްހަރާމް.. ބާލަނެމީހަކުވެސް ނެތް .. ރައްޔިތުންވެސް މަޖްލިސް އައްކުރިމަތި ލިޔަސް މިފަދަމީހުން ނައް ވޯޓްވެސް އަހަރެމެންވެސް ދެނީ...