ބޮޑުފޮޅުދޫ ދަރިވަރުން ސްކޫލުގައި ކަރާ ދަނޑެއް ހައްދާފައި: ދަނޑުވެރިކަން ވަކި މާއްދާއެއްގެ ގޮތުގައި މި އަހަރު ކިޔަވައިދޭން ފަށަން މިނިސްޓްރީން ވަނީ ނިންމާފައި. -- ފޮޓޯ: ސްކޫލް
30 ޖެނުއަރީ 2024 - 12:46
ރާއްޖޭގެ ސްކޫލުތަކުގައި ދަނޑުވެރިކަން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ ހުރިހާ ސްކޫލްތަކެއްގައި ވެސް ދަނޑުވެރިކަން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަޝްވަރާތައް ކުރެވެމުން ދަނީ އެޑިޔުކޭޝަން މިނިސްޓްރީއާ އެކު، އެޗްރިކަލްޗާ އަކީ ވަކި މާއްދާއެއް ގޮތަށް ކިޔަވައިދޭން ފެށުމަށް. މަސައްކަތް މި ކުރަނީ މި އަހަރުތެރޭ ކިޔަވައިދޭން ފެށުމަށް،" ހުސެއިން ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ މާއްދާ ކިޔަވައިދޭން ފަށާނީ ކޮން ގްރޭޑަކުން ކަމެއް ވެސް އަދި މުޅިން ނުނިމެ އެވެ.
ޣިޔާސުއްދީންގެ ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދޭން ހުޅުވި ގާޑެންގައި ކުދިންތަކެއް މަސައްކަތް ކުރަނީ.-- ފޮޓޯ: ޣިޔާސުއްދީން ސްކޫލް
މިނިސްޓްރީން ރަސްމީކޮށް އެއީ ވަކި މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް ނަމަވެސް ބައެއް ސްކޫލުތަކުން އިސްނަގައިގެން މިހާރު ވެސް ދަނޑުވެރިކަން ކިޔަވައިދެ އެވެ.
ބައެއް ސްކޫލުތަކުގައި، ދަނޑުވެރިކަމަށް ކުދިން ޝައުގުވެރި ކުރުވަން ސްކޫލުގެ ގޯތިތެރޭގައި އެކި ބާވަތްތައް ހައްދަ އެވެ. ލެޓިއުސް ފަދަ ބާވަތްތައް ފެނުގައި ހެއްދުމާއި ބައެއް ސްކޫލުތަކުގައި މަސް ބޭނުންކޮށްގެން އެކްއާޕޯނިކްސް ދަނޑުވެރިކަން ވެސް ކުރެ އެވެ.
ސްކޫލްތަކުގެ ދަނޑުތަކުން ލިބޭ ފައިސާ ދަރިވަރުންނާއި ސްކޫލުގެ އެކި ކަންކަމަށް ވެސް ބޭނުން ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫކަސް
31 January 2024
އަބަދު ފޮތްތަކުން އެއްޗެއްހި ހިތުދަސް ކުރުމުގެ ބަދަލުގައި މިކަހަލަ ކަންކަމަށް އިސްކަންދިނުން މުހިންމު
މަހުޖޫބް
31 January 2024
ދަރިވަރުންގެ މުސްތަގުބަލަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް މީ
ނިފްރީ
31 January 2024
އަހަރުމެން ޒަމާނުގަ ތިކަހަލަ މާއްދާއެއް ނުކިޔަވާ ދިނީމަ ވަރަށް ކަޑަ. އަލުން އަބުރާ ސްކޫލަށް ދާކަހަލަ
ލާއިން
31 January 2024
ރާއްޖެއިން ދަޑުވެރިކަން މިއަށްވުރެ ބޮޑަށް ކުރިއަރައި ތަރުކާރީއާ މޭވާ އަށް ރާއްޖެއިން ބޭރަށް ބަރޯސާވުން ހުއްޓުވުމަށް މީ މުހިންމު ފިޔަވަޅެއް
މުޖާ
31 January 2024
ކުރިން ފެށިގެން ކުދިންނަށް މާއްދާއެއްގެ ގޮތުގައި މި މާއްދާ ކިޔަވަންދެންޏާ އޭގެ މަންފާ ފަހުން ކުރާނެކަން ޔަގީން
ޢާޒޗ
31 January 2024
ތިޔަ މާއްދާތައް ކިޔަވައިދޭ ޓީޗަރުންނަކީ ގަހަކު އަޅާފައި ހުރި އެއްޗެއް ބާ؟
ކޮރަލް
30 January 2024
ބިދޭސީން ގަވާއިދާ ހިލާފައް ދަނޑުވެރިކަން ކޮށް ވަނީ މިލިއަނަރުން ނަށް ވެފަ އެވެ. އެމީހުން ޑިޕޯޓް ނުކޮށް މައްސަލަ ހައްލެއް ނުވާނެ އެވެ. އެމީހުންގެ މައްސަލަ އެއް އިމިގްރޭޝަން އަށް ގޮސް ރަށައް ފޮނުވާލާ ހާލަތެއްގެ އެމީހުން އެހުރީ ލައްކަ އިން ވެސް ހަރަދު ކުރާ ގޮތަށެވެ. ގަބޫލު ނުކުރިއަސް ކަންމަތީ ފިހާރަތައް ހިންގާ ބިދޭސީންނަށް ވެސް އަހަރަކު މިލިއަން ރުފިޔާ ލިބެ އެވެ.
ސަޅިތީތި
30 January 2024
ވަރަށް ރަގަޅުކަމެއް. ސްކިލްސް ދަސްކޮށްދޭ މާއްދާތައް އިތުރުކުރަންވީ އަދި ވެސް. ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ސްކޫލްތަކުގައި މިހާރު އެޑޮޕްޓްކުރަމުންދާ ޓްރެންޑަކީ ކިޔެވުމާއެކު ސްކިލްސް އުގަނައި ދިނުން. މިހެން ހެދުމުން ކުދިން އިތުރަަށް ތަރައްޤީވެ ކިޔަވާ އެއްޗެއް ބޭނުން ހިފަން ދަސްވޭ. ދެލިގަނޑު އެކަނި އުގެނިގެން އަސްލު މަންފާއެއް ނުކުރޭ.
ޚިންޑި
30 January 2024
ތިކިޔަވައިގެން ނުކުމު ކިތަައް ކުދިން ދަޑުވެރިކަންކުރާނެ. ފިސަރީސް ސައިސު ކިޔެވި ކިތައްް ކުދިން މަސްވެރިކަން ކުރޭ.
އުދުހޭ
30 January 2024
ސައިންސް ކިޔެވި ކިތަށް ކުދިން ސައިންޓިސްޓުންނަވި؟
ބަޔޯ-
30 January 2024
މަ ބަޔޯ ކިޔެވި ސަބަބެއް ބުނާކަށް ނުކެރޭނެ.
ޮމޮޅެއް
30 January 2024
10 ކުދިންނަށް ކިޔަވަދީގެން 3 ކުދިން އެކަމުގައި ކުރިއަށް ދާން ވިސްނިއަސް އެވެސް ކާމިޔާބެއް. ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާމެދު ކުދިން ވިސްނާ އެތަކެތި ކާ ތައްޓާ ހަމައަށް އަންނަ ގޮތާ އެތަކެތި އާލާކުރާނެ ގޮތް ދަސްކޮށްނުދޭނަމަ ކުދިން އެފަދަ ކަންކަމާ މެދު ޣާފިލުވާނެ. ކާ ތަކެތި ހުންނަނީ ޕެކެޓްގަ ބަންދުކޮށްފަ އެކަނިކަމަށް ހީވެދާނެ. ކޮންމެވެސް ބަޔަކު ދަނޑުވެރިކަން ރަގަޅު ގޮތުގަ ކޮށްގެން ދުނިޔެ ހިނގާނީ. ވިސްނުން ބަދަލުކުރަން އުޅެންޖެހޭ.
އިނާނު
30 January 2024
ސްކޫލުތަކުގައި ލައިފް ސްކިލްތަށް ދަސްކޮށްދިނުމަކީ އަސްލު ވަރަށް މުހިންމުކަމެއް