އިސްލާމިކް މިނިސްޓްރީގެ އިވެންޓެއްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
30 ޖެނުއަރީ 2024 - 12:26
ދިވެހި އިމާމުން ތަމްރީންކުރަން، ތައިލެންޑުގައި ހުންނަ އިސްލާމީ އެންމެ ވަރުގަދަ އެއް ޔުނިވަސިޓީއަށް ފޮނުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިމާމުން ތާޒާކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެ ކަމަށާއި މާސްޓާސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ދޭން އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.
މިނިސްޓަރަކަށް ކުރިން ހުންނެވިއިރު ވެސް، މެލޭޝިއާ ފަދަ ގައުމުތަކަށް އިމާމުން ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިކުރުވި ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް އަލުން ފަށައި، މެލޭޝިއާ އާއި މިސްރާއި ސައުދި އަރަބިއްޔާ އާއި ބުރޫނައީ އާއި މޮރޮކޯ އަދި އިންޑޮނޭޝިއާ އަށް ވެސް އިމާމުން ތަމްރީނުކުރުމަށް ފޮނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެބައޮތް ތައިލެންޑަށް ވެސް ފޮނުވުން. އެކަމަކު އަނބުރާ އަންނަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.
"ތައިލެންޑޭ މި ދެންނެވީ ތައިލެންޑުގައި ވެސް އެބަހުރި ވަރަށް ވަރުގަދަ އިސްލާމިކް ޔުނިވާސިޓީއެއް. އެއީ މިސްރާއި ސައުދީ އަރަބިއްޔާ އާއި މެލޭޝިއާ ތަންތަނުން އަޅުގަނޑުމެންނާ އެއްކޮށް ކިޔަވަން ތިއްބެވި ބައެއް ބޭފުޅުންނާއި އަޅުގަނޑުމެންނަށް ވުރެ ދޮށީ ޖީލުގެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ގައުމަށް އެނބުރި ވަޑައިގެން އުފައްދަވާފައިވާ ތައުލީމީ މުއައްސަސާތައް އެބަހުރި."
އިސްލާމިކް މިނިސްޓްރީން މިއަދު އިފްތިތާހުކުރި އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން މި އަހަރުގެ ރާއްޖޭގެ ހުރިހާ އިމާމުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު އަންނަ މަހު ގއ. އަދި ގދ. އަތޮޅުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމާން
01 February 2024
އެމީހަކަށް އެނގޭނީ އެމީހަކު ކުރާކަމެއްގެ ވާހަކަ ދައްކަން. އަހަރެމެން ތައިލޭންޑަށް ދުވަހަކުވެސް ނުދަން. ދާހިތެެއްވެސް ނެތް. ޝަހީމު ވެރިކަމަށް އައިފަހުން މުޅިން މިއިވެނީ އިމާމުން، ޒަކާތް، މިސްކިތް މި ތިނެތީގެ ވާހަކަ. ނަޒަރު ހިންގާލުމުން އެނގުނީ، ޝަހީމަކީ އިމާމެއްކަން، މިސްކިތުގައި ގިނަވަގުތު އުޅެފައި ހުރިމީހެއްކަން. ފާއިސާ ހޯދަން ހަމަ އެކަނި އެގެނީ ޒަކާތުން ކަން. އެހެންވެ އެވާހަކަ އެކަނި އެދައްކަނީ. އަސްލު މައްސަލަ އާއި ހައްލު އަދި ނޭގޭ ޅަކުއްޖެއް
އފުޅު
31 January 2024
ސަހަރޯ! މި ޖެހުނީ އިމާމް އަކަށް ވާން!
އަލީމު
31 January 2024
އިމާމް ކަންނޫން އެއްޗެއް ދެންކިޔަވާނެ ކަމެއް ނެތް! އެ ކިޔަވައިގެން އެންމެން އައިސް ދުއާ ކޮށްލަ ކޮށްލާ ތިބީމަ ހުރިހާ ކަމެއް ވެސް ހަމަ ޖެހޭނެވިއްޔާ!
އިމްރާން ބުނި އިބްނު
31 January 2024
މަވެސް ދާނަން
އަފްރާސިޔާބު
31 January 2024
ތައިލެންޑުން އިމާމުން ގެނަސްގެން މިތަނުގެ އިމާމުން ތަމްރީން ކުރްންވީނު.
ޙިކި
30 January 2024
އަސްތާ!!
އަލީ!
30 January 2024
މިސަރުކާރު ހާދަ ތައިލެންޑާ ދޯޅުވެގެން މިއުޅެނީ ކީއްވެބާ!! އާސަންދަވެސް ތައިލެންޑާ ހިސާބަށް ފުޅާކޮށްފި.
ސީނު50
31 January 2024
ކަލެއައް ނެތެއްނު ރަނގަޅުގޮތެއް. އެމެރިކާ އައްތަ ފޮނުވަންވީ ލޮލް
ލަބީދު
30 January 2024
ސާބަހޭ.....ތުރުކީއޭ ބުނަން އުޅެނިކޮށް ތައިލެންޑޭ ބުނެވުނީއޭ
އެމީލިއޯ
30 January 2024
ތައިލެންޑު މީހުންވެސް ގުރުއާން ކިޔަވާތަ.
ލޮލްގާ
30 January 2024
ގާގަނޑެއްގަ ދަށުގަ ނިދާފަތަ. ތައިލެންޑުގަ ބައެއް ސިޓީތަކުގަ ބަންގިގޮވާ ދިވެހިރާއްޖެއަށް ދޫނުކޮށް. ތައިލެންޑްގަ 3 މިލިއަން މުސްލިމުން އުޅޭ
އައިނު
31 January 2024
އިންޑިއާގައި 120 މިލިޔަން މުސްލިމުން. އެކަމަކު އެމީހުންނަށް އެއްވެސް އެއްޗެއް އެނގޭކަމަށް ނުވޭ.
ސަލަފޭސް
30 January 2024
ދައުލަތުން ހަރަދުކޮށްގެން ބާއްވަންޖެހޭ މިނިސްޓަރީއެއްނޫން ތިކީ އުވާލަން ފެންނަނީ ތިމަސައްކަތް ކޮންމެސް ޖަމިއްޔާއަކާ ހަވާލުކުރޭ ހިލޭސާބަހަށް ތިކަން ކޮށްދޭނެ ޖަމިއްޔާތައް ހުންނާނެ