ދިރާގުން ދޭ ޓެސްލާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ޖެނުއަރީ 2024 - 13:01
ދިރާގުން ޓެސްލާ ކާރެއް ހުށަހަޅައިގެން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
މިއީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕެކޭޖަށް ސަބްސްކްރައިބްކޮށް ވެބްސައިޓުގައި ހިމެނޭ "ވިން އަ ޓެސްލާ" ލިންކުން އެންރޯލް ކޮށްގެންނެވެ.
މި ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ މޮޑެލް2ގެ ހުދުކުލައިގެ ޓެސްލާއެކެވެ. މި ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ
30 January 2024
ޓެސްލާ ލިބުނީމަ ޓަސްލާފަ ދުއްވޭ ގޮތަށްތަ މިތަނުގަ ކަންކަން ހުރީ..
ހާހަ
30 January 2024
ތި ލިބިގެން ބާއްވަނީ ކޮނއތާކު؟ދިރާގަށް ދިރާގު ކަސްޓަމަރުން ނޭނގޭ