އެޗްޑީސީ: މުނިސިޕަލް މުވައްޒަފުންގެ ތެރެއިން މާލޭ ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމައި ލިޔުން ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ . -- ފޮޓޯ: އެޗްޑީސީ
31 ޖެނުއަރީ 2024 - 14:13
އެޗްޑީސީގެ މުނިސިޕަލް މުވައްޒަފުންގެ ތެރެއިން މާލޭ ސިޓީ ކައުންސިލަށް ބައެއް މުވައްޒަފުން ބަދަލުކުރުމަށް އަންގައި އެކަމުގެ ލިޔުން މުވައްޒަފުންނަށް ހަވާލުކުރުމަށް ފަހު އެ ސިޓީތައް ބާތިލުކޮށްފި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒި އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ހުޅުމާލޭގެ ރަށްވެހިކަން ކައުންސިލުގެ ދަށަށް ބަދަލުކޮށް އެކަކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެޗްޑީސީން ބަލަހައްޓަމުން އައި މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރަނީ މާދަމާއިން ފެށިގެންނެވެ.
އެއާ އެކު ނިންމީ އެޗްޑީސީގައި މަސައްކަތްކުރާ މުނިސިޕަލް ހިދުމަތްދޭ މީހުން ކައުންސިލުގެ ދަށަށް ބަދަލުކުރާށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ކައުންސިލަށް ބަދަލުވާން ބޭނުމެއް ނުވެ އެވެ.
އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އޭނާއަށް ކައުންސިލަށް ބަދަލުވުމަށް އަންގައި، އެކަމުގެ ލިޔުން އިއްޔެ ހަވާލުކުރި އެވެ. އެކަމަކު ކައުންސިލަށް ޓްރާންސްފާކުރަން ފޮނުވި ލިޔުން ބާތިލުކުރިކަން އަންގައި ރޭ ދަންވަރު އެކެއް ޖަހަނިކޮށް މެސެޖްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެޗްޑީސީގައި އެ މީހުން އަދާކުރަމުން އަންނަ ވަޒީފާއަށް ނުކުމެވޭނެ ކަމަށް އެ މެސެޖުގައިވެ އެވެ.
އިއްޔެ ވަނީ އެޗްޑީސީން ކައުންސިލަށް ބަދަލުވާން ބޭނުންނުވާ މީހުންނަށް ވެސް މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުން އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރަމުން އައި މުވައްޒަފުން ކުރާނެ ކަމެއް ނޯންނާނެ ކަމަށް ބުނެ ވަޒީފާ އިން ވަކިވާން އަންގައި ލިޔުމެއް ފޮނުވައިފަ އެވެ.
ތިން މަހުގެ މުސާރައާ އެކު ވަޒީފާ އިން ވަކިވުމުގެ ފުރުސަތުދީ ފޮނުވި އެ ލިޔުމުން ބާތިލުކުރިކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވެސް ނުލިބެ އެވެ.
ކައުންސިލަށް ބައެއް މުވައްޒަފުން ބަދަލުވާން ބޭނުންނުވަނީ އެ މީހުންނަށް އެޗްޑީސީގައި ލިބެމުން އައި އެލަވަންސްތަކާއި އަހަރީ ބޯނަސް ވެސް އަދި އޮތީ އެއް އަހަރުގެ މުއްދަތަކަށް ލިބޭ ގޮތަށްކަމަށްވާތީ އެވެ. ދާއިމީ ގޮތެއްގައި އެ ލިބޭނެކަމުގެ ޔަގީންކަމެއް ނެތުމުން އެކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް މިފަހުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެކަމަކު އެމީހުންނާ އެކު އެއްބަސްވުން ހަދާފައި ވަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށްވާތީ އެ ޔަގީންކަން އެމީހުންގެ ނެތެވެ.
އެޗްޑީސީގެ މުނިސިޕަލް ހިދުމަތް ދިނުމުގައި އުޅޭ 600 އަށް ވުރެ ގިނަ މުވައްޒަފުން ކައުންސިލަށް ބަދަލުކުރާނެ ކައުންސިލުން ބުނެ އެވެ.
އެޗްޑީސީގެ ދަށުން ހިންގި މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ކުރިން މޭޔަރު ކަމުގައި މުއިއްޒު ހުންނެވިއިރު ހުޅުމާލޭ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން އެޗްޑީސީ އާއި ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް ދިޔަ އެވެ. އެކަމަކު ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ 2021 ގައި ބާތިލުކުރުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ނިމުނީ ހުޅުމާލެއަކީ އެޗްޑީސީގެ ބިމެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު...
02 February 2024
ދޮގެއްނޫނިއްޔާ ނަހަދަން ސަރުކާރުން ނިންމީތަ ތިވެސް ބޮޑުވައުދެއް ތިހުއްޓާލީ ހެއް ހެއް ހެއް.....
ރަތްދިދަ
31 January 2024
ޢެޗްޑީސީން ސިޓީ ކައުސންސިލްއަށް ބަދަލުކުރާ މުވައްޒަފުންނަށް، އެޗްޑީސީން ލިބެމުން ދިޔަ އެލަވެންސް އާއި ބޯނަސް ދޭކަމަށް ވާނަމަ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށްވެސް އެކަން ހަމަޖައްސަ ދޭންވާނެ. ޢެއީ އެމުވައްޒަފުންވެސް ސިޓީ ކައުންސިލަށް ބަދަލު ވުމަށްފަހު އަދާކުރާނީ އެތަނުގެ ޒިންމާ.
ހަވަރު ތިނަދޫ ބިގަރު ކައުންސިލް
31 January 2024
ހަވަރު ތިނަދޫ ސިޓީ ކައުންސިލަށް ބަދަލުވާ ކޮންމެ މީހަކަށް ތިނަދޫގެ ރަށްވެހިކަންދީ ތިނަދޫއިން ގޯއްޗެއްދިނުމަށް މި ބިގަރު ކައުންސިލުން ނިންމައިފީމެވެ =ކޮންޑިޝަނަލް ގޯތި މޭރާ=
ޅެން ބޭސް
31 January 2024
ކުރާ ކޮންމެ ކަމެއް ދެތިން ހަތަރު ފަހަރު ކުރަން ޖެހުމަށް ދިވެހިން ކިޔާ އުޅެނީ މުއިއްޒުވުން!
ކޮމްޕްލިކޭޓް
31 January 2024
ނުލާހިކު ފަސޭހައިން ކުރެވެން އޮތް ކަމެއް ސިޔާސީ ކުރިމާވާނެ ގޮތްވެފައި ތިއޮތީ. ކުންފުނިން ދެމުންއައި މުނިސިޕަލް ޚިދުމަތް ކައުންސިލްގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން، ކުންފުނީގެ މުނިސިޕަލް ޑިޕާރޓްމަންޓް އުވާލައި، މުވައްޒަފުން ވަކިކުރުމަށް ނިންމާފިކަން އަންގައި ކައުންސިލްގެ ދަށަށް ބަދަލުވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުޞަތު އޮތް ވާހަކަ އެންގީމަ ނިންމާލެވެން އޮތް ކަމެއް.
ތަކުރު...
31 January 2024
ކައުންސިލަށް މުވައްޒަފުން ބަދަލުކުރާނަމޭ މުއިއްޒު ކުރިން ބުނުއްވީ އޭރު އާބަންކޯއާ ކުޅުނު ކޯޅުން ކޯޓުން ބަލިވުމުން އެކަމުގެ ޖަޒުބާތުގައި ޖެހި ބަދަލުހިފުމެއްގެ ރޫހެއްގައި ކަމަށް ބެލެވެނީ. އެއްވެސް ވަރަކަށް ވިސްނާނުލާ މީގެން ނުކުންނާނެ ގާނޫނީ އުދަގޫތަކާ މުވައްޒަފުންގެ މަސްލަހަތުތަކަށް ރިއާޔަތް ނުކޮށް ކަންތައް ކުރަން އުޅެންޏާ ވާނީ މިހެން.
ބޮކި
31 January 2024
އަމާޒަށް ލާހޫރޭ.........
ފޫހި
31 January 2024
ރައްޔިތުންގެ މަޖުލިސް ނިމެންދެން އެ މީހުން ބައިތިއްބާނެ އެޗު ޑީސީ ގަ މަޖުލިސް އިންތިހާބުނިމުމާއެކު މާލޭ ކައުންސިލް ދަށައް ބަދަލުކުރާނެ ވޯޓް ހޯދުމުގެ ދަހިވެތިކަމުގާ