އައިކަން އޮފް ދަ ސީ ބޯޓުގެ ދަތުރުތައް ފެށީ މިދިޔަ ހޯމަ ދުވަހު -- ފޮޓޯ:ސީއެސްއައި
31 ޖެނުއަރީ 2024 - 15:39
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ ފުރަތަމަ ދަތުރު މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ފްލޮރިޑާގެ މަޔާމީން ފަށައިފި އެވެ.
ދިގުމިނުގައި 365 މީޓަރު ހުންނަ "އައިކަން އޮފް ދަ ސީސް" ގައި 7،600 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ.
ފިންލެންޑުގައި ބަނދެފައިވާ މި އުޅަނދުގެ ފުރަތަމަ ދަތުރުގައި މިކެރީބިއަން ރަށްތަކުގައި ހަތް ދުވަހަށް ދަތުރުތައް ކުރާނެ އެވެ. ބަހާމަސް ގައި ރަޖިސްޓްރީ ކޮށްފައިވާ، ދެ ބިލިއަން ޑޮލަރުގެ މި އުޅަނދުގައި ހަތް ޕޫލާއި ހަ ވޯޓަ ސްލައިޑު ހުރެ އެވެ. މީގެ އިތުރުން 40 ރެސްޓޯރެންޓާއި ލައުންޖު ވެސް ހުރެ އެވެ.
އައިކަން އޮފް ދަ ސީ: އެ ބޯޓުގައި 7،600 މީހުންނަށް ދަތުރު ކުރެވޭ -- ފޮޓޯ: ސީއެސްއައި
ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ މީހުން ބުނަނީ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭނުންކުރާ އެ ބޯޓުން ޖައްވަށް ނުރައްކާތެރި މިތޭން ފޮނުވާނެ ކަމަށެވެ. އާންމުކޮށް ބޯޓުތައް ދުއްވަނީ ތެޔޮ އަންދައިގެން ކަމަށް ވިޔަސް އައިކަން އޮފް ދަ ސީސް އިން އަންދާ އެލްއެންޖީން މިތޭން ބޭރުވެ، ޖައްވު ނުސާފުވުމުގެ ފުރުސަތު އިތުރަށް ބޮޑުވާނެ ކަމަށް އެ މީހުން ބުނެ އެވެ.
މިތޭން ގޭހަކީ ކާބަންޑައިއޮކްސައިޑަށް ވުރެ މާ ބާރުގަދަ، ދުނިޔެ ހޫނުވުމަށް އިތުރަށް މަގުފަހިކުރުވާނެ އެއްޗެކެވެ.
އައިކަން އޮފް ދަ ސީގެ ޕޫލް އޭރިއާ -- ފޮޓޯ: ސީއެސްއައި
އެމެރިކާގެ ކުންފުނި ރޯޔަލް ކެރީބިއަން އިން ބުނީ އެކުންފުނީގެ "އައިކަން އޮފް ދަ ސީސް" އަކީ 24 ޕަސެންޓު އެނާޖީ އެފިޝިއަންޓް ބޯޓެއް ކަމަށެވެ.
ކްރޫޒް އިންޑަސްޓްރީއަކީ ޓޫރިޒަމްގެ އެންމެ ބާރު ސްޕީޑުގައި ކުރިއަރާ ސެކްޓަރެވެ. ދުނިޔޭގެ އިގްތިސާދުގެ 2021 ވަނަ އަހަރު ކްރޫޒް އިންޑަސްޓްރީން 75 ބިލިއަން ޑޮލަރު ހިއްސާކޮށްފައިވެ އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއެންމެން އޮފިޝަލް
01 February 2024
ގާނާގަ ހުންނަ މިގައުމުގެ ތިމާވެށީގެ ބައްޕައަށް އަދި އެއިން ބޭރުކުރާ މިތޭންގެ ހަބަރު ނުއިވިގެން އުޅެނީ އިންޑިއާ ދިފާއުކުރަން އުޅެން ހަދައިގެން.
ދިވެހި ދިވެއްސެއް
01 February 2024
ދަރުމަވަންތަ މިސްކިތް ކައިރީ ބާއްވާފަ އޮތް ކަޅުއޮށް ފުންމި ދޯނި މިޔަށް ވުރެ 2 ގުނަ ބޮޑު.
އަލްމުދިޝް
31 January 2024
ދުނިޔޭގެ މިހިނގާ 3 ވަނަ ބޮޑުހަނގުރާމައިގެ އަސަރު ދާދިއަވަހަށް މިފަދަ އުޅަނދުތަކަށް އައުން ގާތެވެ. ސިކުއިރިޓީ ގެ ގޮތުގަ ވަޔާއި ކަނޑުން ބަޔަކުގެ ހިމާޔަށް ލިބެންޖެހެއެވެ.
ސަލީމު އިދުރީސް
31 January 2024
ދިވެހިން އިބުރަތް ހާސިލުކޮއް ކަނޑުގަ ޓަނަލު ހެދުން ހުޓާފަ އިގުތި ސޯދު ކުރިއަރުވަން އިންވެސްޓުކުރަން ވީވަގުތުމިއީ! މިހާރު ހޮލިޑެކުރާމީހުންގެ ވިސްނުމައް ބަދަލު އެބައާދޭ! ޓުއަރި ޒަމަކީ ހަމަ އެކަނި ފައިސާ ލީބޭ ވަސީލަތެއް ގޮތުގަ އޮތުން ނިމުކައް ގެނެވޭވަރު ވެރިއެއް މިގައުމައް ބޭނުމީ! މުއީޒުކަހަލަ މަތީގަ އޮފުލައި ދަޅަދައްކާ ސިއާސަކުން ގައުމު އަވަދިވެދާނެ
ތިކް
31 January 2024
ދަޢުވަތުދީގެން ރާއްޖެ ގެންނަންވީނުން