އުރީދޫގެ ހެޑް އޮފީސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
31 ޖެނުއަރީ 2024 - 20:41
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ މުބާރާތުގެ މެޗުތައް ކުރިއަށްދާ ދުވަސްދުވަހު ރެހެންދި ޓާފު ދަނޑުގައި ބަހައްޓާފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތަކަށް އެދިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާ އަކު ވެސް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ އިނާމުތައް ހިމެނެ އެވެ.
މި ޓެންޓުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓްގެ ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ގަނެގެން ޕްރޮމޯޝަނުގެ ލަކީޑްރޯ ގައި ބައިވެރި ވެވޭނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލަންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ހިންގާ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫއެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ހުޅުމާލެ، ރެހެންދި ޓާފް ދަނޑުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy